Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން

ކާމިޔާބީއާއެކު ހަނދާނަން އަންނަނީ މަރުހޫމް ހުސެއިންއަށް އޮތް ލޯބި: ޝާހިދު

މި އިންތިޚާބު ކާމިޔާބު ކުރުމުން ދޭހަވަނީ ރައީސް ޞާލިޙްގެ ޖަރީރާ ރާއްޖެ މެނިފެސްޓޯ ބަލައިގެންފައިވާ މިންވަރު

އަތޫފް އާތިފް
އަތޫފް އާތިފް | 5 ފެބުރުއަރީ 2022 | ހޮނިހިރު 23:23
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި މުޙައްމަދު ރާޝިދުގެ ކެމްޕެއިންގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި މުޙައްމަދު ރާޝިދުގެ ކެމްޕެއިންގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ

ށ. ކޮމަންޑޫ ދާއިރާގެ ގޮނޑި ބޮޑު ތަފާތަކުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެނޑިޑޭޓު މުޙައްމަދު ރާޝިދު (ރާޑޯ) ކާމިޔާބު ކުރެއްވުމާއެކު ހަނދާނަށް އަންނަނީ އެދާއިރާގެ ކުރީގެ މެމްބަރު އަލްމަރުހޫމް ހުސެއިން ވަހީދަށް އޮތް ލޯބި ކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާޝިދަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ޚާރިޖީ ވަޒީރު ޝާހިދު ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ "ޖަޒީރާ ރާއްޖެ" މެނިފެސްޓޯ ރައްޔިތުން ބަލައިގެންފައިވާކަން ކަމަށެވެ. އަދި މިއީ ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މި ކާމިޔާބީއާއެކު ހަނދާނަށް އަންނަނީ ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ވަހީދަށް އެ ދާއިރާ ރައްޔިތުންގެ އޮތް ލޯބިކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދަށް ވަނީ 1398 ވޯޓު ލިބިވަޑައިގެންފައެވެ. ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއަށް ލިބިވަޑައިގަތީ 1160 ވޯޓެވެ. އެމްއެންޕީ ކެންޑިޑޭޓް އަބްދުލްހަންނާން އިދުރީސަށް ލިބިވަޑައިގަތީ 324 ވޯޓެވެ.

ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަން ބާއްވާފައިމިވަނީ އެދާއިރާގެ މެމްބަަރަކަށް ހުންނެވި ހުސައިން ވަހީދު އަވަހާރަވުމުންނެވެ. މީގެ ކުރީގެ އިންތިޚާބުތަކުގައި ވެސް ކޮމަންޑޫ ދާއިރާގެ ގޮނޑި ފުރުއްވާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ހުސައިން ވަހީދުގެ ކުރިން އެ ދާއިރާގެ މެމްބަރަކަށް ހުންނެވީ އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު)އެވެ.

ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދުކޮމަންޑޫ ދާއިރާރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
25 އޮކްޓޯބަރު 2024

ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

25 އޮކްޓޯބަރު 2024
ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު
11 ނޮވެމްބަރު 2023

ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޢުދުވާންތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސްގެ ހާއްސަ މަންދޫބު ޢަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓުގައި ގޮވާލައްވައިފި

31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު