Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑްރަގް ޓްރެފިކިންގ

ރާއްޖެ އައި ބްރެޒިލް ބައެއްގެ އަތުން 21 މިލިއަން ރުފިޔާގެ ކޮކެއިން

5 ފެބުރުއަރީ 2022 | ހޮނިހިރު 13:48

އެތަކެތި ފެނިފައިވަނީ ވައިގެ މަގުން، ބްރެޒިލްއިން ރާއްޖެއައި އެ ގައުމުގެ ދެ ރައްޔިތުންގެ އަތުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ފެބުރުއަރީ 2022 | ހޮނިހިރު 13:48
ރާއްޖެ އައި ބްރެޒިލް ބައެއްގެ އަތުން 21 މިލިއަން ރުފިޔާގެ ކޮކެއިން ވަނީ އަތުލައިގެންފައި

ރާއްޖެ އައި ބްރެޒިލް ބައެއްގެ އަތުން 21 މިލިއަން ރުފިޔާގެ ކޮކެއިން ވަނީ އަތުލައިގެންފައި

ރާއްޖެ އައި ބްރެޒިލް ބައެއްގެ އަތުން ގިނަ އަދަދެއްގެ ކޮކެއިން އަތުލައިގެންފިއެވެ.

އެކަމާ ގުޅޭގޮތުން ކަސްޓަމްސްއިން ބުނީ، އެތަކެތި ފެނިފައިވަނީ ވައިގެ މަގުން ބްރެޒިލް އިން ރާއްޖެއައި އެ ގައުމުގެ ދެ ރައްޔިތުންގެ އަތުން ކަމަށެވެ. އެގޮތުން ފެބްރުވަރީ 4 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 21 އަހަރުގެ ބްރެޒިލް ފިރިހެނަކާއި އުމުރުން 23 އަހަރުގެ ބްރެޒިލް އަންހެނަކާމެދު ޝައްކުކުރެވިގެން މި ދެ ފަސިންޖަރުންގެ ލަގެޖް ކަސްޓަމްސްއިން ވަނީ އިތުރަށް ބަލައި ފާސްކޮށްފައެވެ.

Advertisement - newsAdvertisement

ކަސްޓަމްސްއިން މައުލޫމާތު ދޭ ގޮތުގައި މި ދެ ފަސިންޖަރުންގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފައެވެ. އަދި ފުރަތަމަ މަރުހަލާގައި މިތަކެތި ކަސްޓަމްސްއިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ވަނީ ޕޮޒިޓިވް ވެފައެވެ.

އޭގެ އިތުރުން، 21 އަހަރުގެ ފިރިހެން މީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 1.760 ކިލޯގުރާމް ހުރި އިރު، 23 އަހަރުގެ އަންހެންމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 2.503 ކިލޯގްރާމް ހުއްޓެވެ. އަދި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 4.263 ކިލޯގުރާމް ހުރިކަމަށް ކަސްޓަމްސްއިން ބުނެއެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 21،315،000.00 (އެކާވީސް މިލިއަން ތިންސަތޭކަ ފަނަރަ ހާސް) ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ. އަދި މިމައްސަލަތަކުގައި ޝާމިލްވާ ދެމީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކޮށްފައެވެ.

މަސްތުވާތަކެތިކަސްޓަމްސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

11 ޑިސެމްބަރު 2025
ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި
08 ޑިސެމްބަރު 2025

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

08 ޑިސެމްބަރު 2025
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި
20 ނޮވެމްބަރު 2025

ވޭޕް ކުރުމާއި އެ ގެންގުޅުން މަނާކުރި ފަހުން 53،300 ތަކެތި ހިފަހައްޓާފައިވޭ: ކަސްޓަމްސް

20 ނޮވެމްބަރު 2025
ވޭޕް ކުރުމާއި އެ ގެންގުޅުން މަނާކުރި ފަހުން 53،300 ތަކެތި ހިފަހައްޓާފައިވޭ: ކަސްޓަމްސް
09 ނޮވެމްބަރު 2025

އުނބަށް ނުޖަހައި ހަމަ އެއްކަމެއްވެސް މުއިއްޒަށް ނުކުރެވެނީތަ؟

09 ނޮވެމްބަރު 2025
އުނބަށް ނުޖަހައި ހަމަ އެއްކަމެއްވެސް މުއިއްޒަށް ނުކުރެވެނީތަ؟
09 ނޮވެމްބަރު 2025

މަޙްމޫދު ރިޔާޒްގެ ވަޒީފާ އަލުން އިއާދަކުރައްވާ، ރައީސް މުއިއްޒު އުނބަށް ޖައްސަވައިފި

09 ނޮވެމްބަރު 2025
މަޙްމޫދު ރިޔާޒްގެ ވަޒީފާ އަލުން އިއާދަކުރައްވާ، ރައީސް މުއިއްޒު އުނބަށް ޖައްސަވައިފި
09 ނޮވެމްބަރު 2025

މަހްމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރުމަށް ލަފާ ދޭން ނިންމައިފި

09 ނޮވެމްބަރު 2025
މަހްމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރުމަށް ލަފާ ދޭން ނިންމައިފި
28 އޮކްޓޯބަރު 2025

ބޮންޑެޑް ވެއަރހައުސް އިން ގެއްލުވާލި ސިނގިރޭޓަށް 14 ދުވަހުގެ ތެރޭ 47 މިމިއަން ރުފިޔާ ދައްކަން ހުކުމެއް

28 އޮކްޓޯބަރު 2025
ބޮންޑެޑް ވެއަރހައުސް އިން ގެއްލުވާލި ސިނގިރޭޓަށް 14 ދުވަހުގެ ތެރޭ 47 މިމިއަން ރުފިޔާ ދައްކަން ހުކުމެއް
27 އޮކްޓޯބަރު 2025

ހޯމް މިނިސްޓަރު އިހުސާނު އަށް 241 ކޮމެޓީގެ ދެ އެންގުމެއް!

27 އޮކްޓޯބަރު 2025
ހޯމް މިނިސްޓަރު އިހުސާނު އަށް 241 ކޮމެޓީގެ ދެ އެންގުމެއް!
24 އޮކްޓޯބަރު 2025

ސަރުކާރުގެ އިސްފަރާތެއްގެ އެހީގައި ވަގަަށްނެގިކަމަށް ތުހުމަތުކުރެވޭ ސިނގިރޭޓް ކޮންޓެއިނަރުތައް އުފުލިކަމަށް ބެލެވޭ ދޯނީގެ ކައްޕި ހައްޔަރުކޮށްފި؛ ކޯޓުން ނިންމީ އޭނާ 7 ދުވަހަށް ބަންދުކުރަން

23 އޮކްޓޯބަރު 2025

ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި

23 އޮކްޓޯބަރު 2025
ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް