Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިކަން ތަރައްގީކުރުން

އެއްވެސް ސަރުކާރަކުން އިންވެސްޓްނުކުރާ މިންވަރަށް މި ސަރުކާރުން ވަނީ މަސްވެރިކަމަށް އިންވެސްޓްކޮށްފައި: ފައުޒީ

5 ފެބުރުއަރީ 2022 | ހޮނިހިރު 10:35

ފާއިތުވި ދިޔަ 3 އަހަރުގެ ތެރޭގައި މިފްކޯގެ މުވައްޒަފުން ކޮށްފައިވާ މަސައްކަތްތަކަށް ޝުކުރު ހައްގު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ފެބުރުއަރީ 2022 | ހޮނިހިރު 10:35
މިފްކޯގެ އެމްޑީ އިސްމާއީލް ފައުޒީ- ތަރައްގީގެ މަސައްކަތްތައް ނިމޭއިރު މިފްކޯގެ ސްޓޯރޭޖް ކެޕޭސިޓީ 13،000އެއްހާ ޓަނަށް އިތުރުވެގެންދާނެ ކަމަށްވެސް ފައުޒީ ވަނީ ވިދާޅުވެފައި

މިފްކޯގެ އެމްޑީ އިސްމާއީލް ފައުޒީ- ތަރައްގީގެ މަސައްކަތްތައް ނިމޭއިރު މިފްކޯގެ ސްޓޯރޭޖް ކެޕޭސިޓީ 13،000އެއްހާ ޓަނަށް އިތުރުވެގެންދާނެ ކަމަށްވެސް ފައުޒީ ވަނީ ވިދާޅުވެފައި

އެއްވެސް ސަރުކާރަކުން އިންވެސްޓް ނުކުރާ މިންވަރަށް މި ސަރުކާރުން މަސްވެރިކަމަށް އިންވެސްޓް ކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޯޕަރޭޝަން (މިފްކޯ)ގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މެދުތެރޭގައި އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށް، މުޅިން ވަކި ކުންފުންޏަކަށް ހަދަން ނިންމަވާފައިވާކަމަށް ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެއެވެ. ހަމައެއާއެކު، 118 ދޯންޏެއްގައި މަސް ފިނިކުރާ ނިޒާމް ހަރުކުރުމަށް މިއަހަރުގެ ތެރޭގައި 59 މިލިއަން ރުފިޔާގެ ލުއި ލޯން ދޫކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ. އަދި އަންނަ މާޗް މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން މިފްކޯއަށް މަސް ގަންނަ އަގު ބޮޑުވާނެކަންވެސް މިއީ ރައީސްގެ ރިޔާސީ ބަޔާނުގައި ހާމަކުރައްވާފައިވާ ކަންކަމެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ފައުޒީ ވިދާޅުވީ، ފާއިތުވި ދިޔަ 3 އަހަރުގެ ތެރޭގައި މިފްކޯގެ މުވައްޒަފުން ކޮށްފައިވާ މަސައްކަތްތަކަށް ޝުކުރު ހައްގު ކަމަށެވެ.

ފައުޒީ ވިދާޅުވީ، ރައީސްގެ ރިޔާސީ ބަޔާނުގައި މިފްކޯގެ ވާހަކަ ހިމަނުއްވާފައިވާއިރު، މިފްކޯއާ ގުޅުންހުރި ގިނަ ކަންތައްތަކެއް ކުރެއްވުމުގެ ވާހަކަ ހިމަނުއްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މިފްކޯ ވަކި ކުންފުންޏަކަށް ހައްދަވާ ވާހަކަވެސް ހިމަނުއްވާފައިވާއިރު، މިއީ މަސްވެރިންނަށްވެސް އުއްމީދީ ވާހަކަތަކެއް ކަމަށެވެ.

ފައުޒީ ވިދާޅުވީ، މި ސަރުކާރު އައިއިރު މިފްކޯއަށް ނުހަނު ބޮޑެތި ގޮންޖެހުންތައް ހުރި ކަމަށެވެ. އޭގެ ތެރޭގައި މަސްވެރިންނަށް ދޭންޖެހޭ ފައިސާއާއި ގުޅޭ ގިނަ ޝަކުވާތަކެއް ހުރި ނަމަވެސް، މި ސަރުކާރު އައިސް މަސްވެރިންނަށް ދޭންޖެހޭ 39 މިލިއަން ރުފިޔާ ދީފައިވާކަމަށް ފައުޒީ ވިދާޅުވިއެވެ. ހަމައެއާއެކު، މިފްކޯގެ ކެޕޭސިޓީއަށްވެސް އޭރު ގޮންޖެހުންތައް ހުރިނަމަވެސް، އެކަންކަން ހައްލު ކުރުމަށްވެސް މި ސަރުކާރުން ހަރުދަނާ މަސައްކަތްތަކެއް ކުރެވިފައިވާކަން ފައުޒީ ފާހަގަ ކުރެއްވިއެވެ. ފައުޒީ ވިދާޅުވާ ގޮތުގައި އެއްވެސް ސަރުކާރަކުން މަސްވެރިކަމަށް އިންވެސްޓް ނުކުރާ މިންވަރަށް މި ސަރުކާރުން ވަނީ މަސްވެރިކަމަށް އިންވެސްޓްކޮށްފައެވެ. އެގޮތުން އެއް ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް އިންވެސްޓްކޮށްގެން މި ސަރުކާރުން މަސްވެރިކަން ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަން ފައުޒީ ފާހަގަ ކުރެއްވިއެވެ.

ފައުޒީ ވިދާޅުވީ މި ސަރުކާރުން މަސްވެރިކަމަށް ވީ ވައުދު ފުއްދަމުން ގެންދާ ކަމަށާއި، އެ މަންޒަރުވެސް ފެންނަމުންދާކަމަށެވެ. ފާއިތުވި 3 އަހަރުވެސް 2.6 ބިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާކަން ފާހަގަ ކުރައްވަމުން ފައުޒީ ވަނީ މިފްކޯއާއި ގުޅިގެން މަސްވެރިންވެސް ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވާފައެވެ.

ތަރައްގީގެ މަސައްކަތްތައް ނިމޭއިރު މިފްކޯގެ ސްޓޯރޭޖް ކެޕޭސިޓީ 13،000އެއްހާ ޓަނަށް އިތުރުވެގެންދާނެ ކަމަށްވެސް ފައުޒީ ވަނީ ވިދާޅުވެފައެވެ.

މިފްކޯ ތަރައްގީކުރުމަށް، ސައޫދީ ފަންޑުގެ ދަށުން 1 ބިލިއަން ރުފިޔާގެ މަޝްރޫއުތަކެއް ހިންގަން ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަސް ކާފު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފައުޒީ ވިދާޅުވީ މިފްކޯ ތަރައްގީކުރުމަށް މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ނުގެންގުޅޭ ވަރުގެ ޕްލޭނެއް މި ސަރުކާރުން ގެންގުޅޭ ކަމަށެވެ.

މަސްވެރިންމިފްކޯ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

21 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

21 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު
15 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި

15 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި
15 އޮކްޓޯބަރު 2025

ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި

15 އޮކްޓޯބަރު 2025
ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި
30 ސެޕްޓެމްބަރު 2025

މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި

30 ސެޕްޓެމްބަރު 2025
މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި
27 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ

27 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ
22 ސެޕްޓެމްބަރު 2025

މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ

22 ސެޕްޓެމްބަރު 2025
މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ
07 ސެޕްޓެމްބަރު 2025

ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި

07 ސެޕްޓެމްބަރު 2025
ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި
19 އޯގަސްޓު 2025

ތުޅާދޫ މަސްވެރިންގެ މުޒާހަރާ ހުއްޓުވާލީ، މަސްވެރިންގެ އަތުން މެމްބަރު ހަންނާނު ބޮޑު އަގުގައި މަސްގަނެގެން

19 އޯގަސްޓު 2025
ތުޅާދޫ މަސްވެރިންގެ މުޒާހަރާ ހުއްޓުވާލީ، މަސްވެރިންގެ އަތުން މެމްބަރު ހަންނާނު ބޮޑު އަގުގައި މަސްގަނެގެން
08 ޖުލައި 2025

"2 ޓަނަށް ވުރެ ގިނަ މަސް ކަނޑަށް އަޅާލުމުގެ ކުރިން ކެޕްޓަން ކައިރީ ކަލާކޮއްޓަކައި ގޮވައި ރޮއި އާދޭސް ކުރިން"

08 ޖުލައި 2025
"2 ޓަނަށް ވުރެ ގިނަ މަސް ކަނޑަށް އަޅާލުމުގެ ކުރިން ކެޕްޓަން ކައިރީ ކަލާކޮއްޓަކައި ގޮވައި ރޮއި އާދޭސް ކުރިން"
02 ޖުލައި 2025

ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނުވުމުން މަޖިލީހަށް ކުއްލި މައްސަލައެއް

02 ޖުލައި 2025
ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނުވުމުން މަޖިލީހަށް ކުއްލި މައްސަލައެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް