Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮމަންޑޫ ތަރައްގީކުރުން

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކޮމަންޑޫ އުވާލަން އުޅުއްވި: ރައީސް ނަޝީދު

3 ފެބުރުއަރީ 2022 | ބުރާސްފަތި 11:56

ރައީސް މައުމޫން ވެރިކަމުގައި ކަންކަން ހިނގާފައިވާ އޮތް ރައްޔިތުން ހަނދާނެއް ނުނެތޭ

އަމްނާ އިމާދު
އަމްނާ އިމާދު | 3 ފެބުރުއަރީ 2022 | ބުރާސްފަތި 11:56
ދެ ރައީސުން ށ. ކޮމަންޑޫގައި

ދެ ރައީސުން ށ. ކޮމަންޑޫގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ށ. ކޮމަންޑޫ އުވާލަން އުޅުއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޮމަންޑޫގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓްގެ ކެމްޕެއިންގައި ކޮމަންޑޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ނަޝީދު ވިދާޅުވީ, މިފަހަރުގެ ބައި އިލެކްޝަންގައި ކޮމަންޑޫ ގޮނޑިއަށް ސިޔާސީ ފަރާތްތަކުން މާ ބޮޑަށް ޝައުގުވެރިކަން ބަހައްޓަވާ ކަމަށާއި، ނަމަވެސް މީގެ ކުރިން ހިނގާފައިވާ ކަންކަމަށް ބަލަން ޖެހޭ ކަމަށެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ 30 އަހަރުގެ ދިގު ވެރިކަމުގައި ކަންކަން ހިނގާފައިވާ އޮތް ގޮތް ރައްޔިތުން ހަނދާން ނުނެތޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޑިމޮކްރަސީގެ އެންމެ މުހިންމު ބޭނުމަކީ ގިނަގިނައިން އިންތިޚާބު އޮތުންކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ, އެމްޑީޕީން ވެރިކަމުގެ ނިޒާމަށް ބަދަލު ގެނައީ ރައްޔިތުންގެ ގާތަށް އައުމަށް އެދޭތީ ކަމަށާއި އެއީ ގައުމެއް ތަރައްގީ ކުރުމުގައި އެންމެ ރަނގަޅު ގޮތްކަމުގައިވާތީ ކަމަށެވެ.

މިއަދުގެ ހާލަތަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި ވެސް އެމްޑީޕީ ކެންޑިޑޭޓަށް ވޯޓު ދިނުމަށް އެދޭ ކަމަށާއި، ތިލަފަތަށް ވޯޓު ދޭންޖެހޭ ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ޑިމޮކްރަސީ އަދި އިސްލާމް ދީނުގެ މަތިވެރި އުސޫލުތެރެއިން ހުރިހާ ކަމެއް ކުރިއަށް ގެންދާއިރު، އެއްވެސް ރަށެއް ބާކީ ކުރުމެއް ނެތި، އަތޮޅުތެރެ ތަރައްގީ ކުރަމުންދާ ކަމަށެވެ. މިއަދު ރާއްޖެއަކީ ބައިނަލްއަގުވާމީ ދުނިޔެއާ ގުޅިލާމެހިފައިވާ ގައުމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރާއްޖެ މިއޮތީ އަނެއްކާ ވެސް ހަތަރު އަގޮޅިއެއްގެ ކަންމަތީގައި ކަމަށާއި، އެމިސްރާބު ގެންދާނީ ޚަރާބުގެ މިސްރާބަށްތޯ ނުވަތަ ސަަލާމަތުގެ އައްސޭރިއަށްތޯ ނިންމާނީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ, ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މަސައްކަތްކޮށްފައިވަނީ ކޮމަންޑޫ އުވާލުމަށް ކަމަށާއި، އެމަނިކުފާނުގެ ދައުރުގައި ކޮމަންޑޫއަށް ވަޑައިގަންނަވާ ރައްޔިތުންނާ ބައްދަލުކޮށްފައިނުވާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ޖަޒީރާ ވެރިކަމާއެކު މިއަދު މަންޒަރު ބަދަލުވަމުންދާ ކަމަށާއި، އަސާސީ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކަށަވަރުވަމުންދާ ކަމަށެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ ޓެކްސް ވެސް އިތުރުވެ ސަރުކާރަށް އެންމެހައި ކަންކަން ކުރުމަށް ފަސޭހަވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމަންޑޫއަށް އިޝާރަތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ, ދެކޮމަންޑޫ އެއްކޮށްލުމާއެކު 10،000 މީހުންގެ އާބާދީއަކަށް އިތުރުވާނެ ކަމަށާއި، ވަރުގަދަ އިގުތިސާދީ ސެންޓަރަކަށްވާނެ ކަމަށެވެ. ވަރުގަދަ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ތަރައްގީ ވެގެންދާއިރު، ރައީސް ޔާމީންގެ ގަޓުހުރި ޚުދުމުޚުތާރު ވެރިކަމަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ށ.ކޮމަންޑޫރައީސް ނަޝީދު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2025

ރައީސް މުއިއްޒު ކޮމަންޑޫ ރައްޔިތުންނަށް: ރިޔާސީ ކެންޕޭންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މިއަހަރު ވެސް ދެއްވީ އެއަރޕޯޓު ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން

15 އޮކްޓޯބަރު 2025
ރައީސް މުއިއްޒު ކޮމަންޑޫ ރައްޔިތުންނަށް: ރިޔާސީ ކެންޕޭންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މިއަހަރު ވެސް ދެއްވީ އެއަރޕޯޓު ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން
29 އެޕްރީލު 2024

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

29 އެޕްރީލު 2024
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
12 ނޮވެމްބަރު 2023

ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ

12 ނޮވެމްބަރު 2023
ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ
08 އޮކްޓޯބަރު 2023

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި

08 އޮކްޓޯބަރު 2023
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި
17 ސެޕްޓެމްބަރު 2023

ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި

17 ސެޕްޓެމްބަރު 2023
ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި
10 ސެޕްޓެމްބަރު 2023

ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގަން ނިންމައިފި

10 ސެޕްޓެމްބަރު 2023
ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގަން ނިންމައިފި
26 ޖޫން 2023

ށ. ކޮމަންޑޫގެ ބިން ހިއްކުގެ މަސައްކަތް ޖުލައި މަހު ނިމޭނެ: އާޒިމް

26 ޖޫން 2023
ށ. ކޮމަންޑޫގެ ބިން ހިއްކުގެ މަސައްކަތް ޖުލައި މަހު ނިމޭނެ: އާޒިމް
24 މެއި 2023

މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތައް ފިޝަރީޒް މިނިސްޓްރީގައި ނެތްކަމަށް ބުނުމުން ނަޝީދުގެ ފާޑުކިޔުން ވަޒީރަށް

24 މެއި 2023
މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތައް ފިޝަރީޒް މިނިސްޓްރީގައި ނެތްކަމަށް ބުނުމުން ނަޝީދުގެ ފާޑުކިޔުން ވަޒީރަށް
08 މެއި 2023

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

08 މެއި 2023
ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
07 އެޕްރީލު 2023

މެމްބަރު ގާސިމާއި ކުރީގެ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

07 އެޕްރީލު 2023
މެމްބަރު ގާސިމާއި ކުރީގެ ރައީސް ނަޝީދު ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް