Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދެ ކޮމަންޑޫ ގުޅާލުން

ދެ ކޮމަންޑޫ ގުޅާލާއިރު އިޤްތިސާދީ މަސައްކަތްތައް ކުރިއަށްދާނެ ގޮތް ޕްލޭންކޮށް ރައްޔިތުންނާއި މަޝްވަރާ ކުރާނެ: ރައީސް

3 ފެބުރުއަރީ 2022 | ބުރާސްފަތި 09:20

ކޮމަންޑޫގެ ކުރިއެރުމަށް ވަރަށް ގިނަ ކަންތައްތައް ކުރުމަށް ސަރުކާރުން ނިންމާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 3 ފެބުރުއަރީ 2022 | ބުރާސްފަތި 09:20
ރައީސް ސާލިހު އަދި ރައީސް ނަޝީދު ށ. ކޮމަންޑޫއަށް ކުރައްވާ ދަތުރުފުޅު

ރައީސް ސާލިހު އަދި ރައީސް ނަޝީދު ށ. ކޮމަންޑޫއަށް ކުރައްވާ ދަތުރުފުޅު

ދެ ކޮމަންޑޫ ގުޅާލާއިރު އިޤްތިސާދީ މަސައްކަތްތައް ކުރިއަށްދާނެ ގޮތް ޕްލޭންކޮށް ރައްޔިތުންނާއި މަޝްވަރާކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ށ. ކޮމަންޑޫ ދައިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުއަށް ތާއިދު ހޯއްދެއްވުމަށް އެރަށުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު އެތަނުގައި އިޤްތިސާދީ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ޕްލޭން ކުރަމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ މަޝްވަރާއާއެކު އެކަންތައްތައް ކުރިއަށްގެންދަވާނެ ކަމަށެވެ.

އެޖެންޑާ 19 ގެ ދަށުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް މިސަރުކާރުން ފުއްދަވަމުން ގެންދަވާކަމަށާއި އަދި ކޮމަންޑޫއަށް ވެވަޑައިގަންނަވާފައިވާ ވައުދުތައް ވެސް އެބަހުރި ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ރަށުގެ ބަނދަރު ތަރައްޤީ ކުރުމާއި އައިސް ލިބޭނެ ގޮތާއި ދެ ކޮމަންޑޫ ގުޅާލަން ރައްޔިތުން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮމަންޑޫގެ ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށް ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދެއްވާނެކަމަށެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދާއެކު އެދާއިރާގެ ރައްޔިތުންނަށް ވެވަޑައިގަންނަވާފައިވާ ވައުދުތައް ފުއްދެވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެދާއިރާގެ ގޮނޑި ކާމިޔާބު ނުކުރެވުނަސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތުމާއެކު ސަރުކާރުގެ އަމާޒަކީ ދާއިރާގެ ކުރިމަގާއި ތަރައްޤީއަށް މަސައްކަތް ކޮށްދިނުން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުކޮމަންޑޫ ދާއިރާ

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
13 އޯގަސްޓު 2023

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް
11 އޯގަސްޓު 2023

އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު

11 އޯގަސްޓު 2023
އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު
10 އޯގަސްޓު 2023

ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް

10 އޯގަސްޓު 2023
ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް
10 އޯގަސްޓު 2023

އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް

10 އޯގަސްޓު 2023
އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް
10 އޯގަސްޓު 2023

ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ

10 އޯގަސްޓު 2023
ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ
16 ޖުލައި 2023

ދިއްގަރު ރައްޔިތުންނަށް ރައީސް ދެއްވީ މި ދައުރާާއި އަންނަ ދައުރަށްވެސް އުފާވެރި ޚަބަރުތަކެއް

16 ޖުލައި 2023
ދިއްގަރު ރައްޔިތުންނަށް ރައީސް ދެއްވީ މި ދައުރާާއި އަންނަ ދައުރަށްވެސް އުފާވެރި ޚަބަރުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް