Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކޮމަންޑޫ ދާއިރާގެ ކެމްޕެއިން

ދެ ރައީސުން، ކެމްޕެއިނަށް ބުރާސްފަތި ދުވަހު ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވަނީ

ދެ ރައީސުން ކޮމަންޑޫއަށް ވަޑައިގަންނަވާނީ، ބުރާސްފަތި ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވެވުމަށްފަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2022 | ބުދަ 19:21
ރައީސް ސޯލިހާއި ރައީސް ނަޝީދު

ރައީސް ސޯލިހާއި ރައީސް ނަޝީދު

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއީދު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބުރާސްފަތި ދުވަހު ކޮމަންޑޫއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

އެނގިފައިވާ ގޮތުގައި ދެ ރައީސުން ކޮމަންޑޫއަށް ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާ ޖަލްސާގައި ރައީސް ރިޔާސީ ބަޔާން އިއްވެވުމަށްފަހުއެވެ.

Advertisement - newsAdvertisement

ކެމްޕެއިނަށް ކޮމަންޑޫއަށް ވަޑައިގަތުމަށްފަހު އެ ދާއިރާގައި ހިމެނޭ މަރޮއްޓާއި ފޯކައިދޫއަށް ވެސް ދެ ބޭފުޅުން އެކުގައި ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެއެވެ. މީގެކުރިން ފޯކައިދޫގައި ކެމްޕެއިން ޖަލްސާ ބޭއްވުމަށް ދެ ރައީސުން ފޯކައިދޫއަށް ވަޑައިގަތުމަށް ހަމަޖެހުނެވެ. ނަމަވެސް ފުރުމުގެ ކުރިން ހެއްދެވި ޕީސީއާރު ޓެސްޓުން ރައީސް ސޯލިހު ކޮވިޑަށް ޕޮޒިޓިވްވެވަޑައިގަތުމުން އެދަތުރުފުޅުގައި ރައީސް ސޯލިހު ބައިވެރިވެ ވަޑައިގެންފައެއްނުވެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އޮންނާނީ ފެބްރުއަރީ 5ވާ ހޮނިހިރު ދުވަހުއެވެ.

އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން މިހާރު ވެސް ކޮމަންޑޫ ދާއިރާގައި ތިއްބެވިއިރު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީން ވެސް ތާއީދުކުރަނީ އެމްޑީޕީގެ ކެންޑިޑޭޓަށެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހިމެނޭ ގޮތަށް, އެ ޕާޓީގެ ވަފުދެއް އަންނަނީ އެ ދާއިރާގައި ހަރަކާތްތެރިވަމުންނެވެ. އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ހުންނެވީ ކެމްޕޭންގައި މަރޮށީގައެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީއެ މަގާމު ފުރުއްވަމުން ގެންދެވި އެމްޑީޕީގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވުމުންނެވެ. މި ގޮނޑިއަށް ދެން ވާދަކުރަނީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން އަބްދުލް ހަންނާން އިދުރީސްއެވެ.

ކޮމަންޑޫ ދާއިރާ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮމަންޑޫ ދާއިރާގެ މެމްބަރު ހުވާކުރައްވައިފި

ކޮމަންޑޫ ދާއިރާގެ މެމްބަރު ހުވާކުރައްވައިފި

09 ފެބުރުއަރީ 2022
ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ބަސް އަޅުގަނޑަށް މޭރުންވީ މިހެންނެވެ.

ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ބަސް އަޅުގަނޑަށް މޭރުންވީ މިހެންނެވެ.

06 ފެބުރުއަރީ 2022
ނާކާމިޔާބުވި ފަރާތްތަކާއި، ކާމިޔާބުވި ފަރާތްތަކާއި، ބެލެނިވެރި ފަރާތްތަކާއި، ފާޑުކިޔާ ފަރާތްތައް

ނާކާމިޔާބުވި ފަރާތްތަކާއި، ކާމިޔާބުވި ފަރާތްތަކާއި، ބެލެނިވެރި ފަރާތްތަކާއި، ފާޑުކިޔާ ފަރާތްތައް

06 ފެބުރުއަރީ 2022
މި އިންތިޚާބުން ދައްކުވައިދެނީ ރައީސް ޞާލިޙްގެ އިގްތިސާދީ އަދި ލާމަރުކަޒު ކުރުމުގެ ވިސްނުން ދިވެހިން ބަލައިގެންފިކަން: މެންބަރު ހުސައިން

މި އިންތިޚާބުން ދައްކުވައިދެނީ ރައީސް ޞާލިޙްގެ އިގްތިސާދީ އަދި ލާމަރުކަޒު ކުރުމުގެ ވިސްނުން ދިވެހިން ބަލައިގެންފިކަން: މެންބަރު ހުސައިން

05 ފެބުރުއަރީ 2022
ކާމިޔާބީއާއެކު ހަނދާނަން އަންނަނީ މަރުހޫމް ހުސެއިންއަށް އޮތް ލޯބި: ޝާހިދު

ކާމިޔާބީއާއެކު ހަނދާނަން އަންނަނީ މަރުހޫމް ހުސެއިންއަށް އޮތް ލޯބި: ޝާހިދު

05 ފެބުރުއަރީ 2022

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު