Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ފަންވަތް ކޮލަމް

ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ބަސް އަޅުގަނޑަށް މޭރުންވީ މިހެންނެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ރައްޔިތުން ވަނީ ސަރުކާރަށް ރުހޭކަމުގެ ބަސް ދީފައި

ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2022 | އާދީއްތަ 16:01
ށ.ކޮމަންޑޫގައި ދާއިރާގެ އައު މެންބަރު އިންތިޚާބު ކުރުމަށް ރައްޔިތުން ވޯޓުލަނީ.

ށ.ކޮމަންޑޫގައި ދާއިރާގެ އައު މެންބަރު އިންތިޚާބު ކުރުމަށް ރައްޔިތުން ވޯޓުލަނީ.

ސަރުކާރަކަށް ރައްޔިތުން ދީފައިވާ ދައުރެއްގެ މެދުތެރެއިން ބައި އިލެކްޝަންތައް ބާއްވަން ޖެހުމަކީ އައު ކަމެއް ނޫނެވެ. އެއީ ދޭތެރެޔަކުން ކުރަން ޖެހޭ ކަމެކެވެ. ކޮންމެވެސް ސަބަބުތަކެއް މެދުވެރިވެގެންނެވެ. ކޮންމެވެސް ސަބަބަކާލައިގެން ގޮނޑިއެއް ހުސްވަނީ އެވެ. ގާނޫނީ ގޮޅިއަކަށް ފެތިގެން މެންބަރުކަމުގެ ޝަރުތު ގެއްލިގެން ގޮނޑި ހުސްވުމާއި މެންބަރަކު އަވަހާރަވުންފަދަ ކަމެއް މެދުވެރިވެގެން ގޮނޑި ހުސްވެގެންނެވެ. މި ދެ ސަބަބު މެދުވެރިވެގެން ބާއްވަން ޖެހުނު ބައި އިލެކްޝަންތައް ވެސް ދިވެހިން ތަޖުރިބާކޮށްފިއެވެ. އެހެންވީމާ ކަމަކީ ކިހާވަރެއްގެ ކަމެއްކަން ދިވެހިންނަށް އެނގެއެވެ. ދަނެއެވެ. ބަޔަކު ފަށަފަށައިގެން ކިޔައިދޭކަށް އައު ވާހަކައެއް ނެތެވެ. ކަމަކީ ކިހާވަރެއްގެ ކަމެއްކަން ނުދަންނަ އެކަކުވެސް ނެތެވެ.

ބައި އިލެކްޝަންތަކަކީ ސަރުކާރަށް ފަސޭހަ އިންތިޚާބުތަކަކަށް ނުވެއެވެ. އެހެންނަމަވެސް ކުރިލިބެމުން އަންނަނީ އަބަދުވެސް ސަރުކާރަށެވެ. ބައި އިލެކްޝަންތަކުން ދިވެހިންނަށް ލިބިފައިވާ ތަޖުރިބާއިން ޔަގީންވާ ކަމަކީ އެއީއެވެ. ސަރުކާރަށް ކުރިލިބުނަސް އަމާޒަށް ވާސިލްވުން ފަސޭހައެއް ނޫނެވެ. ފަސޭހަނުވުމުގެ ސަބަބުތައް ގިނަގުނައެވެ. ކޮންމެވެސް ސިޔާސަތަކާ ނުރުހިގެން ސަރުކާރުގެ ފިޔަ ކޮށައިލުމުގެ ވިސްނުން އާއްމުވުމަކީ ސަބަބެކެވެ. ހިތްހަމަނުޖެހުމެއް އޮތްކަން ފާޅުކުރަން ލިބޭ ފުރުސަތަކަށް ވުމަކީވެސް ސަބަބެކެވެ. މިހެންގޮސް ކިތަންމެ ސަބަބެކެވެ. އެހެންވީމާ ބައި އިލެކްޝަންތަކުގައި ރައްޔިތުން ތިބިގޮތް ދެއްކުމުގެ ވާދަވެރިކަމަކީ ވަރަށްވެސް ބޮޑު ވާދަވެރިކަމެކެވެ. އެއީ މިއަދު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ސަބަބުން އެކަނި އުފެދުނު ވާދަވެރިކަމެއް ނޫނެވެ.

ބައެއް މިސާލުތައް ދަންނަވައިލާނަމެވެ. ޑރ ވަހީދުގެ ރައީސްކަމުގެ ދައުރުގައި ކާށިދޫ ދާއިރާގެ ގޮނޑި ހުސްވިއެވެ. އެދާއިރާގެ މެންބަރު އިސްމާއީލް އަބްދުލްހަމީދުގެ މައްޗަށް ކޯޓުން އިއްވި ދޮޅުއަހަރަށް އަރުވައިލުމުގެ ހުކުމަކާ ގުޅިގެން ގޮނޑި ހުސްވީއެވެ. ނަތީޖާއެއްގެ ގޮތުން ބާއްވަން ޖެހުނު ބައި އިލެކްޝަނުގައި ސަރުކާރުގެ ކެންޑިޑޭޓަކަށްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރެެއްވި އަބްދުﷲ ޖާބިރެވެ. އިދިކޮޅު ކެންޑިޑޭޓަކަށްވީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި އަހުމަދު ހަލީމެވެ. ވަރަށް ވަރުގަދަ ކެމްޕޭން ކުރުންތަކާއި ވަރުގަދަ ހިފުންތަކެއް ތަމްސީލުވިއެވެ. މުޅި ގައުމުގެ ނަޒަރު އެދާއިރާއަށް އަމާޒުވިއެވެ. އެންމެފަހުން މައިދާން އަލިވެ ސައުފުވީއިރު ކުރި ހޯއްދެވީ ސަރުކާރުގެ ކެންޑިޑޭޓް ޖާބިރެވެ. ވަރަށް ކުޑަ ތަފާތަކުންނެވެ.

ކާށިދޫ ދާއިރާގެ ބައި އިލެކްޝަނުގެ ވޯޓުލުން އޮތްދުވަހު ތިމަރަފުށީ ދާއިރާގައިވެސް ވޯޓުލުން އޮތެވެ. އެދާއިރާގައި ހުންނެވި މެންބަރުގެ ދަރަނީގެ މައްސަލައިގައި ކޯޓުން އިއްވި ހުކުމަކާ ގުޅިގެން ގޮނޑި ހުސްވީއެވެ. ސަރުކާރުގެ ކެންޑިޑޭޓަކީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރެއްވި އަހުމަދު ޝަރީފެވެ. ޖޭޕީ ފަދައިން ޕީޕީއެމަކީވެސް ޑރ ވަހީދުގެ ކޯލިޝަނުގެ ޕާޓްނަރެކެވެ. އިދިކޮޅު ކެންޑިޑޭޓަކީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި މުހައްމަދު މުސްތަފާއެވެ. ވަރުގަދަ ކެމްޕޭނުކުރުންތަކާއި ހިފުންތަކަށްފަހު މައިދާނުން ހިރަފުސް އޮބި އަލިވެގެން ބަލައިލިއިރު ކުރި ހޯއްދެވީ ސަރުކާރުގެ ކެންޑިޑޭޓް އަހުމަދު ޝަރީފެވެ. ގިނަ މީހުން ހީކުރިހާ ތަފާތު ބޮޑުކޮށެއް ނޫނެވެ. ދާއިރާގެ ރޫހު ހުރިގޮތްކަމަށް ގިނަ ބަޔަކަށް ހީވެފައިއޮތް ގޮތާ ޚިލާފަށް މުހައްމަދު މުސްތަފާ ވަރަށް ބޮޑަށް ވާން ކުރެއްވިއެވެ.

ކޮމަންޑޫ ދާއިރާގައި މިހަފުތާގެ ހޮނިހިރު ދުވަހު ބޭއްވުނު ބައި އިލެކްޝަނުގެ ނަތީޖާ ފެނިގެންދިޔައީ މީގެކުރިންވެސް މިކަންކަން ހިނގަމުން އަންނަ ގޮތަށް ފެތިގެންނެވެ. ސަރުކާރުގެ ފަޅިޔަށް ކާމިޔާބުވުމުގެ ސިލްސިލާއަށް ބޮޅެއް އިތުރުވެގެންނެވެ. ކޮމަންޑޫ ދާއިރާގައި އިންތިހާއަށް ވާދަވެރިކަން އުފުލިގެންދިޔަ ކަމަށްވިޔަސް ރައްޔިތުން އެވަނީ ގޮތް ނިންމައިފައެވެ. ގިނަ ބަޔަކު ބޭނުންވީ ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ސަރުކާރަށް އެއްބާރުލުން ދިނުމަށެވެ. ސަރުކާރާއި މުޑިއަރުވައި ޖެއްސުންކޮށް ހުރަސްއަޅާނޭ މީހަކު ހޮވުމުގެ ބަދަލުގައި ރައްޔިތުން ހޮވީ މަޖިލީހުގެ 19 ވަނަ ދައުރު ނިމެންދެން ސަރުކާރަށް އެއްބާރުލުންދޭނެ މީހަކު ހޮވުމަށެވެ. ރިއާޔަތް ކުރީ 2012 ވަނަ އަހަރު ކާށިދޫ ދާއިރާގެ ރައްޔިތުންނާއި ތިމަރަފުށީ ދާއިރާގެ ރައްޔިތުންވެސް ރިއާޔަތް ކުރި ކަންކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ނަތީޖާއަކީ ސަރުކާރަށް ކާމިޔާބެއްތޯ ނުވަތަ ނާކާމިޔާބެއްތޯ ބަލައި ތަހުލީލުކޮށް ކޮންމެ ވޯޓެއްގެ މަތިންނާއި ތިރިންނާއި އަރިމަތިން ބަލަބަލައިފައި ބައެއް މީހުން ބޮޑެތި ބޮޑެތި ހުކުމްތައް ނެރެ އާއްމުކުރަމުންދާތީ އެބަފެނެއެވެ. ސަރުކާރު ބޮލާފޮށާ އެޅުނީއޭވެސް އެއްބަޔަކު އެބަކިޔައެވެ. އަޖައިބު ހީވެއެވެ. ޚާއްސަ ބަހުރުވަޔެއް ލިބިގެންވާ ޚާއްސަ ބަޔަކަށް ނޫނީ ތަހުލީލު ނުކުރެވޭކަށް މިއީ ރޮކެޓް ސައިންސް ބޭނުންވާ ޒާތުގެ ކަމެއްވެސް ނޫނެވެ. މިއީ އެއަށްވުރެ ތިލަ ކަމެކެވެ. ކޮމަންޑޫ ދާއިރާގެ ރައްޔިތުން އެބުނީ މިހެންނެވެ. މާލޭ ސިޓީ ކައުންސިލުން އެކުޅޭ ކުޅިވަރު މިދާއިރާގެ މެންބަރު ލައްވައި ކުޅުވާކަށް ބޭނުމެއް ނޫނެވެ. ބޭނުންވަނީ ރައީސް ސާލިހުގެ ސަރުކާރަށް އެެއްބާރުލުން ދީގެން މިދާއިރާއަށް ކުރިއެރުމާއި ފާގަތިކަން ގެނައުމަށެވެ.

ކޮމަންޑޫ ދާއިރާމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންއެމްއެންޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު