Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭސީސީއަށް މެމްބަރުން ހޮވުން

އޭސީސީގެ މެމްބަރުކަމަށް 34 ފަރާތަކުން ކުރިމަތިލައިފި

2 ފެބުރުއަރީ 2022 | ބުދަ 07:10

މައްސަލަތައް ބެލުމާމެދު ގޮތެއް ނިންމާނީ ކޮމިޝަނުގެ މެމްބަރުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 ފެބުރުއަރީ 2022 | ބުދަ 07:10
އޭސީސީގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު

އޭސީސީގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުކަމަށް 34 ފަރާތަކުން ކުރިމަތިލައިފިއެވެ.

އޭސީސީގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އެގޮތުން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނާއިބު ރައީސް ފާތުމަތު އަނޫލާ އާއި މެންބަރު އައިޝަތު އަބްދުﷲ އެދުވަހު ވަނީ އިސްތިއުފާ ދެއްވާފައެވެ.

މިބޭފުޅުން އިސްތިއުފާ ދެއްވުމުގެ ކުރީގައި މެންބަރު އިބްރާހިމް ޝަކީލާއި މެންބަރު އަލީ އަޝްރަފް ވަނީ މެންބަރުން ވަކިކުރުމުގެ މަރުހަލާ ފަށަން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމުމާއެކު އިސްތިއުފާ ދެއްވާފައެވެ.

އޭސީސީއަށް މެމްބަރުން ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު ހަމަވެފައިވާއިރު، 34 ފަރާތަކުން ކުރިމަތިލާފައިވާކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ. އެ ފަރާތްތަކުގެ ނަންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަދި މަޖިލީހަށް ފޮނުވާފައެއް ނުވެއެވެ. ނަމަވެސް ވަރަށް އަވަހަށް ނަންތައް މަޖިލީހަށް ފޮނުވާނެކަމަށް އިތުބާރު ހުރި މަސްދަރަކުން ވަނީ ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދެއްވާފައެވެ.

އޭސީސީގައި މެމްބަރެއް ނެތި މި ދާ މުއްދަތުގައިވެސް އެ ކޮމިޝަނަށް ގިނަ މައްސަލަތަކެއް ދަނީ ހުށައެޅެމުންނެވެ. އެގޮތުން 27 ޖެނުއަރީގެ ނިޔަލަށް ބަލާއިރުވެސް އިތުރު 58 މައްސަލަ އެކި ފަރާތްތަކުން ކޮމިޝަނަށް ވަނީ ހުށައަޅާފައެވެ. އެހެންނަމަވެސް، މައްސަލަތައް ބެލުމާމެދު ގޮތެއް ނިންމާނީ ކޮމިޝަނުގެ މެމްބަރުންކަމަށްވުމާއެކު، އެ މައްސަލަތައް ދަނީ ކޮމިޝަނުގައި ފުނި ޖެހެމުންނެވެ. މިވަގުތު ކޮމިޝަނުގައި ކުރިއަަށްދަނީ ހަމައެކަނި އިދާރީ ގޮތުން ކުރިއަށް ގެންދަންޖެހޭ މަސައްކަތްތައް އެކަންޏެވެ.

އޭސީސީގެ މެމްބަރުންގެ ޕާފޯމެންސް އޮޑިޓެއް ހަދައި އޮޑިޓް ރިޕޯޓާއި ގުޅިގެން މެމްބަރުން ވަކިކުރުމުގެ ކުރިން ޖަވާބުދާރީ ވުމަށް އޭސީސީގެ މެމްބަރުންނަށް 5 ދުވަހުގެ މުއްދަތެއް ދިނެވެ. އެއަށްފަހު އޭސީސީގައި އޭރު ތިއްބެވި މެމްބަރުންވެސް ވަކިކުރުމަށް ކޮމިޓީން ނިންމީއެވެ.

އޭސީސީގެ މެމްބަރުން ވަކި ކުރުމަށްޓަކައި، އެކުލަވާލި އޮޑިޓްގައި ހިމެނޭ ކަންކަމުގެ މައްޗަށް ތައްޔާރު ކުރެވުނު ރިޕޯޓުގައި މައިގަނޑު ގޮތެއްގައި 10 ކަމެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން ފާހަގަކޮށްފައިވަނީ އޭސީސީގެ މެމްބަރުންގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރެވި، ޒިންމާ އަދާ ނުކުރެވިފައި ވާކަމަށެވެ. މަސައްކަތް ކުރުމަށް މުއްދަތު ދީ، އެ މުއްދަތުތައް ފަހަނައަޅައި ދިޔައިރު ވެސް މަސައްކަތްތައް ނިމިފައިނުވާ ކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންއޭސީސީ

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
20 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

20 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް
17 ނޮވެމްބަރު 2025

ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!

17 ނޮވެމްބަރު 2025
ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!
12 ނޮވެމްބަރު 2025

އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް

12 ނޮވެމްބަރު 2025
އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް
10 ނޮވެމްބަރު 2025

ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް

10 ނޮވެމްބަރު 2025
ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް
09 ނޮވެމްބަރު 2025

މަޖިލިސް މެންބަރުންނާއި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ޕްރޮޖެކްޓް ބަހާލި މައްސަލަ ހޯމަ ދުވަހު އެމްޑީޕީ އިން އޭސީސީ އަށް ހުށަހަޅަނީ

09 ނޮވެމްބަރު 2025
މަޖިލިސް މެންބަރުންނާއި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ޕްރޮޖެކްޓް ބަހާލި މައްސަލަ ހޯމަ ދުވަހު އެމްޑީޕީ އިން އޭސީސީ އަށް ހުށަހަޅަނީ
02 ނޮވެމްބަރު 2025

މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

02 ނޮވެމްބަރު 2025
މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި
28 އޮކްޓޯބަރު 2025

ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

28 އޮކްޓޯބަރު 2025
ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް
26 އޮކްޓޯބަރު 2025

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް
19 އޮކްޓޯބަރު 2025

3 ރަށެއްގައި އަޅަން ހަމަޖެއްސި ހޮސްޕިޓަލްތައް، މަޖިލިސް އިންތިހާބާއި ދިމާކޮށް އަބްދުއްރަހީމާއި ސައުދާގެ ދާއިރާ އަށް ބަދަލުކުރި މައްސަލަ އޭސީސީ އަށް

19 އޮކްޓޯބަރު 2025
3 ރަށެއްގައި އަޅަން ހަމަޖެއްސި ހޮސްޕިޓަލްތައް، މަޖިލިސް އިންތިހާބާއި ދިމާކޮށް އަބްދުއްރަހީމާއި ސައުދާގެ ދާއިރާ އަށް ބަދަލުކުރި މައްސަލަ އޭސީސީ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް