Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލީހުގެ ޖަލްސާތަކާއި ވީޑިއޯތައް އިޝާރާތް ބަހުން

ފެށޭ ދައުރާއެކު މަޖިލީހުގެ މަސައްކަތްތައް އިޝާރާތް ބަހުންވެސް ގެނެސްދޭނެ

އެންމެ ފުރަތަމަ އިޝާރާތް ބަހުން ގެނެސްދޭނީ ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާތަކާއި މަޖިލީހުގެ ސޯޝަލް މީޑިޔާ އެކައުންޓްތަކަށް ޕޯސްޓްކުރާ ވީޑިއޯތައް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2022 | ބުދަ 00:53
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

މިއަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުޅުވުމަށް ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު ބާއްވާ ޖަލްސާ އިޝާރާތް ބަހުން ގެނެސްދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

ފެބްރުއަރީ 3 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަކީ ރިޔާސީ ބަޔާން އިއްވާ ޖަލްސާއެވެ. ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ މަސައްކަތްތައް ހުރިހާ އެންމެންނަށްވެސް އެނގޭނެ ގޮތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން މަޖިލީހުން ވަނީ މޯލްޑިވްސް ޑެފް އެސޯސިއޭޝަނާއި ބައްދަލުކޮށް އެކަން ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އެކަމާއި ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ ބުރާސްފަތި ދުވަހު ފެށޭ އައު ދައުރާއެކު މަޖިލީހުން ކުރާ ބައެއް މަސައްކަތްތައް އިޝާރާތް ބަހުން ގެނެސްދޭނެކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އެންމެ ފުރަތަމަ އިޝާރާތް ބަހުން ގެނެސްދޭނީ ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާތަކާއި މަޖިލީހުގެ ސޯޝަލް މީޑިޔާ އެކައުންޓްތަކަށް ޕޯސްޓްކުރާ ވީޑިއޯތަކެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ އިޝާރާތް ބަހުން ގެނެސްދޭނެކަމަށް ޒިޔާއު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ މަސައްކަތްތައް އިޝާރާތް ބަހުން ގެނެސްދިނުމަށް ނިންމާފައިމިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ޔޫތް ޕަލަމެންޓްގައި ބައިވެރިވި އަޑުއެހުމުން މަހުރޫމްވެފައިވާ ކުއްޖެއް ކަމުގައިވާ، ނާއިޝް އޭނާ ފަދަ އަޑުއިވުމުން މަހުރޫމްވެފައިވާ ޒުވާނުންނަށް މަޖިލީހުގެ މަސައްކަތްތައް ދެނެގަނެވޭނެ ގޮތެއް ވާނެތޯ ކުރި ސުވާލަކާ ގުޅިގެންނެވެ. އެސުވާލަށް ޖަވާބު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދުވަހު ވިދާޅުވީ އެކަން ހަމަޖެއްސުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނާއި ގުޅުންހުރި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ތަނެކެވެ. އެގޮތުން ކޮންމެ ހަފްތާއަކުވެސް ތިން ދުވަހު ޖަލްސާތައް ބާއްވާއިރު ކޮމިޓީ ބައްދަލުވުންތައް ހަފްތާގެ ހުރިހާ ދުވަހަކުހެން ކުރިޔަށް ގެންދެއެވެ.

މަޖިލީހުން ކުރާ މަސައްކަތްތައް އިޝާރާތް ބަހުން ގެނައުމަށް ނިންމާފައިވާއިރު އެކި އިދާރާތަކުން ނެރޭ ވީޑިއޯތަކާއި ބައެއް މުހިންމު އެންގުންތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކާއި ސަރުކާރުން ބާއްވާ މުހިންމު ޖަލްސާތަކާއި އަދި ހުކުރު ޚުތުބާ ފަދަ ގިނަ މީހުން ބަލާ ވީޑިއޯތައް އިޝާރާތް ބަހުންވެސް ގެނެސްދެމުންދެއެވެ.

ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު