Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޓީސީސީ

ޚާއްސަ އެހީއަށް ބޭނުންވާ 30 އަށްވުރެ ގިނަ މުވައްޒަފުން އެމްޓީސީސީގެ ވަޒީފާތަކުގައި މިހާރުވެސް އެބަތިބި

1 ފެބުރުއަރީ 2022 | އަންގާރަ 09:00

މިއަހަރު މި ޕްރޮގްރާމްގެ ދަށުން 140 މީހުން ތަމްރީނުކުރުމަށް ފުރުސަތު ހުޅުވިގެންދާނެ

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 1 ފެބުރުއަރީ 2022 | އަންގާރަ 09:00
ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ޚާއްސަ އެހީއަށް ބޭނުންވާ 30 އަށްވުުރެ ގިނަ މުވައްޒަފުން މިހާރުވެސް އެމްޓީސީސީގެ ވަޒީފާގައި އެބަތިބި ކަމަށާއި އަދިވެސް ފުރުސަތު އެބައޮތް ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނިން ކުރިއަށްގެންދާ ‘ހުނަވަރު’ ޕްރޮގްރާމުގެ އިތުރު ބުރެއް ފެށުމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެ ކުންފުނީގެ ހުރިހާ ވަޒީފާތަކަށް ވެސް އެންމެނަށް މަރުޙަބާ ކިޔާ ކަމަށެވެ. އަދި އެއްވެސް ތަފާތު ކުރުމެއް އެކުންފުނިން ނުގެންގުޅޭނެ ކަމަށެވެ.

Advertisement - newsAdvertisement

އާޒިމް އިތުރަށް ވިދާޅުވީ އެމްޓީސީސީގެ ވަޒީފާގައި މިހާރު ތިބި ޚާއްސަ އެހީއަށް ބޭނުންވާ މުވައްޒަފުންނަށް ވެސް އެހެން މުވައްޒަފުންނެކޭ އެއްވަރުގެ މުސާރައާއި އެލަވަންސް ވެސް ލިބޭނޭ ކަމަށެވެ. އަދި އެކުންފުނީގެ ހުރިހާ ވަޒީފާއަށް މުވައްޒަފުން ނެރެނީ ފުރިހަމަ ތަމްރީނު ދިނުމަށްފަހުގައި ކަމަށެވެ.

ހުނަވަރު ޕްރޮގްރާމްގެ މަޤްސަދަކީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުމެވެ. ހުނަވަރު ޕްރޮގްރާމް ބެހިގެން ވަނީ 2 ބަޔަކަށެވެ. އެއީ ހުނަވަރު ލައިސެންސިންގ ޕްރޮގްރާމާއި ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމެވެ. މިއަހަރު މި ޕްރޮގްރާމްގެ ދަށުން 140 މީހުން ތަމްރީނުކުރުމަށް ފުރުސަތު ހުޅުވިގެންދާނެއެވެ. މި ޕްރޮގްރާމްގެ ދަށުން ވެލްޑިންގ، މެރިން އަދި ޓަގް މެކޭނިކް މަސައްކަތް، ހެވީ ވެހިކަލް އޮޕަރޭޓަރުން، ޓިންކަރުން އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒް ކުރުން ފަދަ ދާއިރާތަކަށް މީހުން ތަމްރީން ކުރެވިގެންދާނެއެވެ.

މިޕްރޮގްރާމްގެ ދަށުން ކޮންމެ ބައިވެރިޔަކުވެސް 3 މަސް ދުވަހުގެ މުއްދަތަށް ތަމްރީން ކުރެވިގެންދާނެއެވެ. އަދި މި ޕްރޮގްރާމްގެ ބައިވެރިންނަށް 5000 ރުފިޔާގެ އެލަވަންސެއް ކޮންމެ މަހަކު ލިބޭނެއެވެ.

މާލެ ސިޓީ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

05 ޑިސެމްބަރު 2025
މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!
28 ނޮވެމްބަރު 2025

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް
24 ނޮވެމްބަރު 2025

12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

24 ނޮވެމްބަރު 2025
12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި
16 ނޮވެމްބަރު 2025

"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 ނޮވެމްބަރު 2025
"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
18 އޮކްޓޯބަރު 2025

ހުޅުމާލޭގެ އެޕާޓްމެންޓެއްގައި ރޯވެ، ކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދައިފި

18 އޮކްޓޯބަރު 2025
ހުޅުމާލޭގެ އެޕާޓްމެންޓެއްގައި ރޯވެ، ކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދައިފި
12 އޮކްޓޯބަރު 2025

"އެކި ފަރާތްތަކުން ވަކިވަކިން ލެންޑްޔޫސް ޕްލޭން ހެދުމުން އޮޅުން އަރާ، ކައުންސިލާއި ނުގުޅި މާލޭގެ ލޭންޑްޔޫސް ޕްލޭނެއް ނުހެދޭނެ"

12 އޮކްޓޯބަރު 2025
"އެކި ފަރާތްތަކުން ވަކިވަކިން ލެންޑްޔޫސް ޕްލޭން ހެދުމުން އޮޅުން އަރާ، ކައުންސިލާއި ނުގުޅި މާލޭގެ ލޭންޑްޔޫސް ޕްލޭނެއް ނުހެދޭނެ"
03 އޮކްޓޯބަރު 2025

ސަރުކާރު ޑިފެންސަށް، އިދިކޮޅުން ގޯލު ޖަހަން ފަށައިފި

03 އޮކްޓޯބަރު 2025
ސަރުކާރު ޑިފެންސަށް، އިދިކޮޅުން ގޯލު ޖަހަން ފަށައިފި
01 އޮކްޓޯބަރު 2025

މާލެ ސިޓީގެ ބިމާބެހޭ މައުލޫމާތު ހިމެނޭ 'ލޭންޑް އިންފޮމޭޝަން ސިސްޓަމް' ތަޢާރަފުކޮށްފި

01 އޮކްޓޯބަރު 2025
މާލެ ސިޓީގެ ބިމާބެހޭ މައުލޫމާތު ހިމެނޭ 'ލޭންޑް އިންފޮމޭޝަން ސިސްޓަމް' ތަޢާރަފުކޮށްފި
30 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ އަންޑަރ ގްރައުންޑް ޕާކިންގ ހަގީގަތަކަށް ނުވި

30 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ އަންޑަރ ގްރައުންޑް ޕާކިންގ ހަގީގަތަކަށް ނުވި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް