Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ތައްޔާރީތައް

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މޮނިޓަރަކަށް ވުމަށް އެދުމުގެ މުއްދަތު ހަމަވެއްޖެ

ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވަނީ އަންގާރަ ދުވަހުގެ 14:00ގައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 1 ފެބުރުއަރީ 2022 | އަންގާރަ 11:18
ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބު 2021

ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބު 2021

މިމަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މޮނިޓަރަކަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވެއްޖެއެވެ.

މޮނިޓަރުންނަށް ވުމަށް އެދުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ)ން ހުޅުވާލީ ހޯމަ ދުވަހުއެވެ. އަދި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވަނީ އަންގާރަ ދުވަހުގެ 14:00ށެވެ. މިދާއިރާގެ ބައި އިލެކްޝަނުގައި މޮނިޓަރުންނަށްވުމުގެ ފުރުސަތު އީސީން ހުޅުވާލާފައިވަނީ ދާއިރާގެ ރައްޔިތުން މާލޭގައި ވޯޓުލުމަށް އިތުރު ވޯޓު ފޮށްޓެއް ބަހައްޓަން އެކޮމިޝަނުން ނިންމާފައިވާތީއާއި، ގިނަ އަދަދެއްގެ މީޑިއާތަކުން މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ބޭނުންވާކަމަށް މިހާރުވެސް އެދެމުންދާތީކަމަށް އީސީން ބުންޏެވެ.

Advertisement - newsAdvertisement

މި ބައި އިލެކްޝަން މޮނިޓަރ ކުރުމުގެ ހުއްދަ ދެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއްކަމުގައި ވުމުގެ އިތުރުން, ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވާނަމައެވެ. އަދި މީޑިއާތަކުން މޮނިޓަރަކަށްލާ މީހަކީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގައި ރަޖިސްޓަރީކޮށްފައިވާ ރޭޑިއޯ/ޓީވީ ސްޓޭޝަނެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވާން ޖެހޭނެއެވެ. އަދި މިފަރާތްތަކަކީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ވެގެން ނުވާނެއެވެ.

ކޮމަންޑޫ ދާއިރާއަށް 3 ކެނޑިޑޭޓެއް ވާދަކުރެއެވެ. އެއީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރަޝީދާއި، އިދިކޮޅު ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާދަމާއި، ދާދި ފަހުން އުފެއްދި ސިޔާސީ ޕާޓީ އެމްއެންޕީގެ ފަރާތުން ވާދަކުރާ އަބްދުލްހަންނާން އިދުރީސްއެވެ.

ކޮމަންޑޫ ދާއިރާގައި ހިމެނޭ ތިން ރަށްކަމަށްވާ ކޮމަންޑޫއާއި، ފޯކައިދޫ އަދި މަރޮށި ހިމެނޭ އެ ދާއިރާގައި 3،316 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިގެންވެއެވެ. 

ބައި އިލެކްޝަންތަކުގައި ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައިވަނީ އެ ދާއިރާތަކުގެ ރަށްތަކުގެ އިތުރުން މާލޭގައި އިސްކަންދަރު ސްކޫލުގައެވެ. އިސްކަންދަރު ސްކޫލުގައި ދެ ފޮއްޓެއް ބެހެއްޓުމަށް މިހާރު ވަނީ ނިންމާފައެވެ. މިއާއެކު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޖުމްލަ 7 ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ.

ކޮމަންޑޫ ދާއިރާކޮމަންޑޫ ބައި އިލެކްޝަން

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2022

ކޮމަންޑޫ ދާއިރާގެ މެމްބަރު ހުވާކުރައްވައިފި

09 ފެބުރުއަރީ 2022
ކޮމަންޑޫ ދާއިރާގެ މެމްބަރު ހުވާކުރައްވައިފި
08 ފެބުރުއަރީ 2022

އިންތިޚާބާ ގުޅޭ 9 ޝަކުވާއެއް ހުށަހަޅާފައިވޭ، އެއްވެސް މައްސަލައެއްގައި ހެއްކެއް ނެތް: ފުއާދު

08 ފެބުރުއަރީ 2022
އިންތިޚާބާ ގުޅޭ 9 ޝަކުވާއެއް ހުށަހަޅާފައިވޭ، އެއްވެސް މައްސަލައެއްގައި ހެއްކެއް ނެތް: ފުއާދު
07 ފެބުރުއަރީ 2022

ކޮމަންޑޫ ބައި އިލެކްޝަން- ދާއިމީ ނަތީޖާއިންވެސް ކާމިޔާބު ހޯއްދެވީ ރާޝިދު

07 ފެބުރުއަރީ 2022
ކޮމަންޑޫ ބައި އިލެކްޝަން- ދާއިމީ ނަތީޖާއިންވެސް ކާމިޔާބު ހޯއްދެވީ ރާޝިދު
06 ފެބުރުއަރީ 2022

އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުން ހޯމަ ދުވަހު

06 ފެބުރުއަރީ 2022
އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުން ހޯމަ ދުވަހު
06 ފެބުރުއަރީ 2022

ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ބަސް އަޅުގަނޑަށް މޭރުންވީ މިހެންނެވެ.

06 ފެބުރުއަރީ 2022
ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ބަސް އަޅުގަނޑަށް މޭރުންވީ މިހެންނެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު