Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫއޭއީ އަށް ހޫތީން ދޭ ހަމަލާތައް

އިސްރާއީލްގެ ރައީސް ޔޫއޭއީއަށް ވަޑައިގެންނެވުމާ ދިމާކޮށް ހޫތީން މިސައިލެއް ފޮނުވާލައިފި

1 ފެބުރުއަރީ 2022 | އަންގާރަ 03:16

ސްޕޯކްސްމަން ވަނީ ޔޫއޭއީގައި ދިރިއުޅޭ ފަރާތްތަކުން އެގައުމުގެ މުހިންމު ހެޑްކުއަރޓަރތަކާއި ފެސިލިޓީތަކަށް ނުދިޔުމަށް ބުނެ އިންޒާރުދީފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 ފެބުރުއަރީ 2022 | އަންގާރަ 03:16
އިސްރާއީލްގެ ބޮޑުވަޒީރު ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން

އިސްރާއީލްގެ ބޮޑުވަޒީރު ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން

އިސްރާއީލްގެ ރައީސް އައިސާކް ހަރޒޮގް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިން އެގައުމަށް އަމާޒުކޮށް ފޮނުވާލި ބެލެސްޓިކް މިސައިލެއް ބްލޮކް ކޮށްލާފައިވާކަމަށް ޔޫއޭއީން ބުނެފިއެވެ.

މިއީ ފާއިތުވި ދެ ހަފްތާތެރޭގައި ހޫތީ ހަނގުރާމަވެރިން ޔޫއޭއީއަށް ފޮނުވާލި މިފަދަ ތިން ވަނަ ހަމަލާއެވެ. ހަމަލާ އާ ގުޅޭގޮތުން ވާހަކަދައްކަމުން ހޫތީންގެ ސްޕޯކްސްމަން ވިދާޅުވީ އަބޫދާބީއަށް އަމާޒުކޮށް މިސައިލެއް ފޮނުވާލާފައިވާކަމަށެވެ. ސްޕޯކްސްމަން ވަނީ ޔޫއޭއީގައި ދިރިއުޅޭ ފަރާތްތަކުން އެގައުމުގެ މުހިންމު ހެޑްކުއަރޓަރތަކާއި ފެސިލިޓީތަކަށް ނުދިޔުމަށް ބުނެ އިންޒާރުވެސް ދީފައެވެ.

ހޫތީން ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު އަބޫދާބީގެ ތެޔޮވަޅުތަކަށް އަމާޒުކޮށް ފޮނުވާލި ޑްރޯން ހަމަލާގައި ތިން މީހަކު ވަނީ މަރުވެފައެވެ. އެހަމަލާ އާ ގުޅިގެން ޔަމަނުގައި ސައުދީ ކޯލިޝަނުން ދެމުންގެންދާ ހަމަލާތައް ވަނީ ވަރުގަދަކޮށްފައެވެ. ޔޫއޭއީއަކީ ސައުދީ ކޯލިޝަންގައި ހިމެނޭ ގައުމެކެވެ.

މިހަމަލާތައް އެމެރިކާއިން ކުށްވެރިކޮށްފައިވާއިރު އެމެރިކާއިން އަންނަނީ ކޮންމެ ދުވަހަކުހެން ޔޫއޭއީއަށް އޮތް ނުރައްކަލުގެ މިންވަރާއި ގުޅޭގޮތުން އެގައުމާ މަޝްވަރާކުރަމުންނެވެ.

ޔޫއޭއީގެ ސީނިއަރ އޮފިޝަލަކު މިހަމަލާތައް ސިފަކުރެއްވީ ބޭނުމެއްނެތް ރުޅިއެރުވުމެއްގެ ގޮތުގައެވެ. މިފަދަ ހަމަލާތައް ދީގެން ޔޫއޭއީ ޓެސްޓްކުރުމަށް ކުރަމުންދާ ކަންކަމަކީ ހެދޭ ގޯހެއްކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޔޫއޭއީން ބުނެފައިވަނީ މިސައިލްގެ ބައިތައް ވެއްޓިފައިވަނީ މީހުން ދިރިނޫޅޭ ހިސާބަކަށް ކަމަށެވެ.

އިސްރާއީލްގެ ރައީސް ޔޫއޭއީއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ސަލާމަތީ ކަންކަމާއި ދެގައުމުގެ ގުޅުމާއި ގުޅޭގޮތުން ޔޫއޭއީގެ ޕްރިންސް ޝެއިޚް މުހައްމަދު ބިން ޒަޔެދް އަލް ނަހްޔާން އާ މަޝްވަރާ ކުރައްވާފައިވެއެވެ.

ޔޫއޭއީއިޒްރޭލް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
29 ނޮވެމްބަރު 2025

ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 ނޮވެމްބަރު 2025
ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
11 ނޮވެމްބަރު 2025

ފަލަސްތީނު ރައްޔިތުންނަށް އަމާޒު ކޮށް މަރުގެ އަދަބު ދެވޭ ބިލެއްގެ ފުރަތަމަ ކިޔުން އިޒްރޭލުގެ ޕާލިމެންޓުން ފާސް ކޮށްފި

11 ނޮވެމްބަރު 2025
ފަލަސްތީނު ރައްޔިތުންނަށް އަމާޒު ކޮށް މަރުގެ އަދަބު ދެވޭ ބިލެއްގެ ފުރަތަމަ ކިޔުން އިޒްރޭލުގެ ޕާލިމެންޓުން ފާސް ކޮށްފި
10 ނޮވެމްބަރު 2025

2014 ވަނަ އަހަރު މަރާލި އިސްރާއިލުގެ ސިފައިންގެ މީހެއް ހަށިގަނޑު ހަވާލުކުރާނެ ކަމަށް ހަމާސްއިން ބުނެފި

10 ނޮވެމްބަރު 2025
2014 ވަނަ އަހަރު މަރާލި އިސްރާއިލުގެ ސިފައިންގެ މީހެއް ހަށިގަނޑު ހަވާލުކުރާނެ ކަމަށް ހަމާސްއިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް