Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުރީގެ ޗީފް ޝިޔާމުގެ މައްސަލަ

ކުރީގެ ޑިފެންސް ޗީފް ޝިޔާމްގެ ކޮރަޕްޝަން މައްސަލައިގެ އަޑުއެހުން ދައުލަތުން އެދިގެން ކެންސަލް

އޭނާގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 ޖެނުއަރީ 2022 | ހޯމަ 05:16
ކުރީގެ ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް

ކުރީގެ ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯރސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ބައްޕާފުޅު އެމްއެންޑީއެފްގެ ވީ.އައި.ޕީ އިމާރާތެއްގައި ދިރިއުޅުއްވި މައްސަލައިގައި އުފުލާފައިވާ ދައުވާގެ އަޑުއެހުން ދައުލަތުން އެދިގެން ކެންސަލްކޮށްފިއެވެ.

މި މައްސަލައިގައި ޝިޔާމްގެ މައްޗަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާގެ އަޑުއެހުން ތާވަލު ކޮށްފައި އޮތީ ހޯމަ ދުވަހުގެ ހެނދުނު 09:00 އަށެވެ. ނަމަވެސް، އަޑުއެހުން ކެންސަލްކުރީ ދައުލަތުން ފޮނުވާފައިވާ ސިޓީއަކާއި ގުޅިގެންކަމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު ރާއްޖެއެމްވީއަށް ވިދާޅުވިއެވެ.

ރާއްޖެއެމްވީ އާއި ވާހަކަ ދައްކަވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ދައުލަތުން ފޮނުވި ސިޓީއަކީ ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތަކާއި ގުޅޭގޮތުން ވާހަކަ ދައްކާ އަޑުއެހުމަށް ދެފަރާތަށް ދޭންޖެހޭ 5 ދުވަހުގެ ނޯޓިސް ނުދީ މައްސަލަ ތާވަލު ކުރުމުގެ ސަބަބުން ފޮނުވާފައިވާ ސިޓީއެއް ކަމަށެވެ. އެގޮތުން ދައުލަތަށް ކޯޓު އަމުރު ލިބިފައިވަނީ ބުރާސްފަތި ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގެ އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 15 ނޮވެމްބަރު 2021 ގައެވެ. އެ އަޑުއެހުމަށް ޝިޔާމްގެ އިތުރުން، ނޫސްވެރިންވެސް ހާޒިރުކޮށްގެން ކުރިއަށް ގެންދާ ގޮތަށް އޮތީ ހަމަޖެހިފައެވެ. އެހެންނަމަވެސް، ނޫސްވެރިއަކު ޝަރީއަތުގެ މަޖިލީހަށް ވަނުމުން ޝިޔާމް ވަނީ ނޫސްވެރިން ވަނުމަށް ބޭނުންފުޅުނުވާކަމަށް ވިދާޅުވެ، ނުރުހުން ފާޅުކުރައްވާފައެވެ. އަދި އެ އަޑުއެހުން ކަވަރުކުރަން ހާޒިރުވި ނޫސްވެރިޔާ ނެރެން ކޯޓު އޮފިސަރުގެ ކިބައިންވެސް ޝިޔާމް އެދިވަޑައިގަތެވެ. އެހެންނަމަވެސް، އޮންނަ އުސޫލުގެ މަތިން، ނޫސްވެރިޔާއަށް އަޑުއެހުމުގައި ބައިވެރިވުމުގެ ފުުރުސަތު ކޯޓުން ވަނީ ދީފައެވެ.

މީގެއިތުރުން، މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި، ދައުވާއަށް އޭނާ އިންކާރު ކުރައްވާފައިވީ ނަމަވެސް، 15 ނޮވެމްބަރުގައި ވަކީލަކާއެކު ބޭއްވި މި އަޑުއެހުމުގައި ދައުވާތައް ސާފުވެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޑުއެހުން ނިމުމަށްފަހުވެސް ޝިޔާމް ވަނީ އޭނާގެ މައްސަލައިގެ އަޑުއެހުންތަކަށް ނޫސްވެރިން ވަނުމަށް ބޭނުންފުޅުނުވާކަމަށް ވިދާޅުވެފައެވެ. އަދި ޝަރީއަތުގެ މަޖިލީހަށް ވަން ނޫސްވެރިޔާގެ ފޮޓޯވެސް އޭނާ ވަނީ ފަހުން ނަންގަވާފައެވެ.

ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގައި ވަނީ އަޑުއެހުމެއް އާންމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދިއުމަށް ފަނޑިޔާރަށް ނިންމެވިދާނެ ހާލަތްތަކެއް ބަޔާންކޮށްފައެވެ. އެގޮތުން ދައުވާ ލިބޭ ފަރާތުން ހަމައެކަނި އެދުމަކީ އަޑުއެހުން ސިއްރު ކުރެވޭ ސަބަބެއް ނޫނެވެ. ދައުވާ ލިބޭ ފަރާތް އެދުމުން ޝަރީއަތުން އެސަބަބުތަކަށް ރިއާޔަތްކޮށް، ގޮތް ނިންމުގެ ފުރުސަތު ފަނޑިޔާރަށް ލިބިވަޑައިގަންނަވާނެއެވެ.

މި މައްސަަލައަކީ ޝިޔާމް ޗީފް އޮފް ޑިފެންސް ފޯރސްގެ މަގާމުގައި ހުންނެވިއިރު، ކ. ވިލިނގިލީގައި ހުންނަ ކޯސްޓްގާޑުގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހުންނަ ބިމުގައި ހުރި ވީއައިޕީ ގެއެއްގައި، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ތެރޭގައި (އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް) އޭނާގެ ބައްޕަ ދިރިއުޅުއްވުމަށް ބަހައްޓަވައި، އެ މުއްދަތުގައި އޭނާގެ ބައްޕާފުޅު ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކާއި ހަވާލުކުރެއްވި މައްސަލައެކެވެ.

މި މައްސަލައާއި ގުޅިގެން ޝިޔާމުގެ މައްޗަށް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާއި ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

އެމްއާރްސީސީގެ ވީއައިޕީ ގޭގައި ހުރެފައިވަނީ ޝިޔާމް އަންގައިގެން ކަމާއި، ތަހުގީގަށް ހޯދާފައިވާ ލިޔުންތަކުން ޝިޔާމުގެ ބައްޕާފުޅު ސިފައިންގެ މަރުކަޒެއްގައި ދިރިއުޅުއްވުން ހުއްދަކުރާ ޤާނޫނެއް، ގަވާއިދެއް ނުވަތަ އުސޫލެއް ނެތުމުން އޭނާ އެތަނުގައި ދިރިއުޅޭނެ ހައިސިއްޔަތެއް ނެތްކަން އޭސީސީން މި މައްސަލައިގެ ތަހުގީގާއި ގުޅޭގޮތުން ފާހަގަކޮށްފައިވެއެވެ.

ކުރީގެ ޗީފް އޮފް ޑިފެންސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2023

މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގައި މީހުން ބޭތިއްބުމަށް ލިޔެކިޔުމުން ވަކި އުސޫލެއް ނެތް: ހެކިވެރިޔާ

12 ނޮވެމްބަރު 2023
މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގައި މީހުން ބޭތިއްބުމަށް ލިޔެކިޔުމުން ވަކި އުސޫލެއް ނެތް: ހެކިވެރިޔާ
27 މާރިޗު 2022

ޓެކްނިކަލް މައްސަލައެއްގެ ސަބަބުން، ކުރީގެ ޑިފެންސް ޗީފް ޝިޔާމްގެ ކޮރަޕްޝަން މައްސަލަ ކުރިއަށް ނުގެންދެވުނު

27 މާރިޗު 2022
ޓެކްނިކަލް މައްސަލައެއްގެ ސަބަބުން، ކުރީގެ ޑިފެންސް ޗީފް ޝިޔާމްގެ ކޮރަޕްޝަން މައްސަލަ ކުރިއަށް ނުގެންދެވުނު
15 ނޮވެމްބަރު 2021

ކުރީގެ ޗީފް، ޝިޔާމްގެ ކޮރަޕްޝަން މައްސަލައިގެ އަޑުއެހުމަށް ނޫސްވެރިން ވަނުމުން ކޯފާ އިސްކުރައްވައިފި

15 ނޮވެމްބަރު 2021
ކުރީގެ ޗީފް، ޝިޔާމްގެ ކޮރަޕްޝަން މައްސަލައިގެ އަޑުއެހުމަށް ނޫސްވެރިން ވަނުމުން ކޯފާ އިސްކުރައްވައިފި
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު