Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްރިކާ ކަޕް އޮފް ނޭޝަންސް

ކެމަރޫނާއި ބުރްކީނާ ފާސޯ ސެމީއަށް

ބުރްކީނާ ފާސޯ މޮޅުވީ ޓިއުނީޝިއާ އަތުން 1-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2022 | އާދީއްތަ 07:36
ކެމަރޫނާއި ގެމްބިއާ ބައްދަލުކުރި މެޗުގެ ތެރެއިން

ކެމަރޫނާއި ގެމްބިއާ ބައްދަލުކުރި މެޗުގެ ތެރެއިން

އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކުއާޓާ ފައިނަލުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ކެމަރޫނާއި ބުރްކީނާ ފާސޯ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ސެމީގެ ޖާގައެއް ކެމަރޫން ހޯދީ ގެމްބިއާ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މި މެޗުގައި ކެމަރޫނުން މޮޅު ކުޅުމެއް ދެއްކައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައެއް ނުވެއެވެ. އެކަމަކު ދެވަނަ ހާފުގެ ފަށައިގެން 12 މިނެޓުގެ ތެރޭގައި ކެމަރޫނުން ވަނީ މެޗުގައި ފެނިގެންދިޔަ ދެ ލަނޑުވެސް ކާމިޔާބުކޮށްފައެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ކެމަރޫނުން ލީޑު ނެގިއިރު، ކޮލިންސް ފައި ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކާލް ޓޯކޯ އެކަމްބީއެވެ.

އަދި އޭގެ ހަތް މިނެޓު ފަހުން ކެމަރޫނުން ލީޑު ފުޅާކުރިއިރު، މާޓިން ހޯންގުލާ ދިން ބޯޅައަކުން މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓޯކޯ އެކަމްބީއެވެ. އޭގެ ފަހުންވެސް މި މެޗުގައި ކެމަރޫނުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ގެމްބިއާއަށް މުޅި މެޗުގައިވެސް ކެމަރޫނުގެ ގޯލާ އަމާޒުކޮށް ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

މި މެޗުން މޮޅުވެ މުބާރާތުގެ ސެމީއަށް ކެމަރޫން ދަތުރުކުރިއިރު، ސެމީގެ ފުރަތަމަ މެޗުގައި ކެމަރޫން ކުޅެން ޖެހޭނީ ކުއާޓާގައި މިސްރާއި މޮރޮކޯ ކުޅޭ ކުއާޓާ ފައިނަލް މެޗުން މޮޅުވާ ޓީމަކާއެވެ.

މީގެ އިތުރުން މި މުބާރާތުގެ ސެމީގެ ޖާގައެއް ބުރްކީނާ ފާސޯއިން ހޯދީ ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޓިއުނީޝިއާ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބުރްކީނާ ފާސޯއިން ވަނީ ލީޑު ނަގާފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އުފެއްދި ކައުންޓަ އެޓޭކެއްގައި އޭރިއާ ތެރެއަށް ވަދެ މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑަންގޯ އުއްޓާރާއެވެ.

އޭގެ ފަހުން މެޗުގެ ދެވަނަ ހާފުގައި އުއްޓާރާއަށް ރެފުރީ ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް އުއްޓާރާ ކުރި ފައުލަކާ ގުޅިގެން ރެފުރީ އޭނާއަށް އެންމެ ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ވަނީ އެ ނިންމުން ބަދަލުކޮށް، ރަތް ކާޑެއް ދައްކާފައެވެ.

މި މެޗުން މޮޅުވެ މުބާރާތުގެ ސެމީއަށް ބުރްކީނާ ފާސޯ ދަތުރުކުރިއިރު، ސެމީގައި އެ ޓީމު ކުޅޭނީ އެކުއަޓޯރިއަލް ގިނީ އާއި ސެނެގާލް ކުޅޭ ކުއާޓާ ފައިނަލް މެޗުން މޮޅުވާ ޓީމަކާއެވެ.

އެފްރިކާ ކަޕް އޮފް ނޭޝަންސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކުޅުންތެރިން މަރުވެދާނެހެން ހީވުމުން ކޯޗު އެދިގެން ބޯޓު ތިރިކޮށްފި

ކުޅުންތެރިން މަރުވެދާނެހެން ހީވުމުން ކޯޗު އެދިގެން ބޯޓު ތިރިކޮށްފި

12 ޖެނުއަރީ 2024
އެފްރިކާ – އޭޝިޔާ ކަޕް: ސިޓީ ނޫން ހުރިހާ ޓީމަކަށް ބޮޑު ގެއްލުމެއް

އެފްރިކާ – އޭޝިޔާ ކަޕް: ސިޓީ ނޫން ހުރިހާ ޓީމަކަށް ބޮޑު ގެއްލުމެއް

03 ޖެނުއަރީ 2024
އާސެނަލް މިޑްފީލްޑަރ ޕާޓޭ އަށް އެފްރިކަޕް ކަޕް ނުކުޅެވޭނެ

އާސެނަލް މިޑްފީލްޑަރ ޕާޓޭ އަށް އެފްރިކަޕް ކަޕް ނުކުޅެވޭނެ

03 ޖެނުއަރީ 2024
އެފްރިކާ ކަޕުގެ ފެޝަނާއި ކެމަރޫނުގެ އަތްކެނޑި ޖާޒީ

އެފްރިކާ ކަޕުގެ ފެޝަނާއި ކެމަރޫނުގެ އަތްކެނޑި ޖާޒީ

02 ޖެނުއަރީ 2024
ސަލާހް އެފްރިކާ ކަޕަށް، ލިވަޕޫލް ކަންބޮޑެއްނުވޭ!

ސަލާހް އެފްރިކާ ކަޕަށް، ލިވަޕޫލް ކަންބޮޑެއްނުވޭ!

31 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު