Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހަނުހުރުމުގެ ޙައްޤު

ސުޕްރީމް ކޯޓުން "ހައްޔަރު" އަދި "ބަންދު" މާނަ ކުރެއްވި ގޮތުން ޤާނޫނުގެ މަޤްސަދު ޙާސިލުވޭތޯ ސުވާލެއް

ސުޕްރީމް ކޯޓުން އެގޮތަށް ނިންމާފައިވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމާއި ގުޅޭ މައްސަލައެއްގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2022 | އާދީއްތަ 06:29
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަނީ

ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަނީ

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ހަނުހުރުމުގެ ޙައްޤު ހަނިވާނީ، ހަމައެކަނި ބަންދުގައި ހުންނަ ޙާލަތުގައި އެކަނިކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމުގެ ސަބަބުން އެ ޤާނޫނުގެ މަޤްސަދުތައް ޙާސިލުވޭތޯ ސުވާލު އުފެދޭކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ނިންމާފައިވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމާއި ގުޅޭ މައްސަލައެއްގައި މިދިޔަ އަހަރު ކޮށްފައިވާ ޙުކުމެއްގައެވެ. މި މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ޙުކުމުގައި ނިންމާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ހަނުހުރުމުގެ ޙައްޤު ހަނިކުރެވޭނީ ހަމައެކަނި ބަންދުގައި ހުންނަ ޙާލަތުގައި އެކަނި ކަމަށެވެ.

Advertisement - newsAdvertisement

އެކަމާއި ގުޅިގެން ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ލިޔުމެއްގައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ ފަހަތުން އަންނަ މާއްދާތަކުގައި ބަޔާންވެގެންވާ ޙައްޤުތައް، ބަންދުކުރެވޭ އަދި ހައްޔަރު ކުރެވޭ މީހާއަށް އެމާއްދާތަކުގައި ބަޔާންކޮށްފައިވާ މިންވަރަށް ހިފެހެއްޓޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، އެ ޤާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހާއަށް، އެ ޙައްޤު އެއްވެސް މިންވަރަކަށް ލިބިގެން ނުވާކަމަށް އޭގެ ޖެހިގެން އަންނަ މާއްދާގައި ބަޔާން ކޮށްފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ. އެމާއްދާގައި ހައްޔަރު ކުރެވޭ މިހާގެ ވާހަކައެއް ނޯވެއެވެ.

ޝަމީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ޤާނޫނު ހެދިއިރު، ބަސްމަގު ބަހައްޓާފައިވާ ގޮތް ތިލަވުމުގެ ސަބަބުން، ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައިވެސް ލަފްޒީ ގޮތުން ޤާނޫނުގައި އޮތް އިބާރާތަށް ބަލައި ސުޕްރީމް ކޯޓުން މާނަކުރެއްވީ، ހަނުހުރުމުގެ ޙައްޤު ހަނިވާނީ، ހަމައެކަނި ބަންދުގައި ހުންނަ ޙާލަތުގައި އެކަނި ކަމަށެވެ. ނަމަވެސް ހައްޔަރު ކުރުމާއި ބަންދު ކުރުމަކީ ތަފާތު ދެކަމެއްކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، ކޯޓު އަމުރެއް އޮވެގެން ފުލުހަކު ގޮސް، ކުށުގެ ތުހުމަތުގައި ހުންނަ މީހަކު ފުރަތަމަ ކުރާނީ ހައްޔަރު ކަމަށެވެ.

އަދި އެއަށްފަހު، އެމީހަކީ ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަމަށް، އެމައްސަލަ ތަޙްޤީޤު ކުރާ ޑިޕާޓްމަންޓެއްގެ އިސްވެރިއަކު ނުވަތަ އެވަގުތު ފުލުހުންގެ މަރުކަޒުގައި ހުންނަ މީހަކު ނިންމުމުން އެ ކުރެވެނީ ބަންދު ކަމަށް ޝަމީމް ވިދާޅުވިއެވެ.

މީގެއިތުރުން، ބަންދުކުރުމަށްފަހު، ބަންދާމެދު ގޮތެއް ނިންމުމަށް 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ޖެހުނު ނަމަވެސް، ހައްޔަރު ކުރުމަށްފަހު، ބަންދުނުކޮށް ދޫކޮށްލާނަމަ، ފަނޑިޔާރެއް ކުރި މައްޗަށް ގެންދާކަށް ނުޖެހެއެވެ. ޝަމީމް ވިދާޅުވާ ގޮތުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުން ބާރު އަޅަނީވެސް، ކޮންމެހެން ހައްޔަރުކޮށް ބަންދުކުރަން ނުޖެހޭނަމަ، މީހުން ބަންދުނުކޮށް ތަޙުޤީޤު ފުރިހަމަކުރަން ކަމަށެވެ.

އެހެންނަމަވެސް، ހަނުހުރުމުގެ ޙައްޤު ހިފެހެއްޓޭނީ ބަންދުގައި ބަހައްޓައިގެން ބަޔާން ނަގާ ޙާލަތުގައި އެކަނި ކަމަށް ސުޕްރީމް ކޯޓުން މާނަކުރުމުގެ ނަތީޖާއަކީ، އެއްގޮތަކަށްވެސް ހައްޔަރު ނުކޮށް ބަޔާން ނަގާ ޙާލަތާއި، ހައްޔަރަށް ނުވާ ގޮތަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ބަޔާން ނަގާ ޙާލަތާއި، ހައްޔަރުކޮށްގެން، ނަމަވެސް ބަންދުނުކޮށް (ހައްޔަރު ކުރާ ވަގުތުން ފެށިގެން 24 ގަޑިއިރާ ހަމައަށް އޮތް ވަގުތުގައި) ބަޔާން ނަގާ ޙާލަތުގައި، އެކުށްތަކުގެ ތުހުމަތުގައި ތިބޭ މީހުންނަށް ހަނުހުރެވުން ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވަނީ އެގޮތަށް މާނަ ކުރުމުގެ ސަބަބުން ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ މަޤްސަދުތައް ޙާސިލުވޭތޯވެސް ސުވާލު ކުރައްވާފައެވެ.

މީގެއިތުރުން، އާންމު އުސޫލަކުން ދަށު ކޯޓުގައި ނުދައްކާ ޤާނޫނީ ނުކުތާއެއް، ސުޕްރީމް ކޯޓުގައި ދެއްކުމުގެ ފުރުޞަތު ނުދެއްވި ނަމަވެސް، މި މައްސަލައިގައި ދަށު ކޯޓުގައި ނުނަގާ ޤާނޫނީ ނުކުތާއަކަށް ސުޕްރީމް ކޯޓުން ގޮތެއް ނިންމެވުމުން އެ ޤާނޫނީ ނުކުތާ، ތިން މަރްޙަލާގެ ކޯޓުތަކުގައި ޓެސްޓުކުރުމަށް ޤާނޫނު އަސާސީ ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދޭ ޙައްޤަށް ހުރަސް އެޅިފައި އޮތްކަމަށް ބެލުމުގެ ފުރުޞަތެއް އޮތްކަމަށް ޕީޖީ ދެކިވަޑައިގަންނަވައެވެ.

ޝަމީމް އިތުރަށް ވިދާޅުވީ، ހަމައެކަނި މީހެއްގެ އިއުތިރާފުގެ މައްޗަށް ބަލައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން މިހާރު ދައުވާ ނުކުރައްވާ ކަމަށެވެ. އޭނާގެ ބަޔާނަށް ބުރަދަންދެވޭނެ ގޮތެއް ޤާނޫނުގައި ބަޔާންކޮށްފައިވެސް ނޯންނަކަން ފާހަގަ ކުރައްވައި ޝަމީމް ވަނީ މިމައްސަލައިގައި ސުޕްރީމް ކޯޓުން ޤާނޫނު މާނަކުރެއްވި ގޮތުން ޢަމަލީ ގޮތުން ތަފާތު ނަތީޖާއެއް ނުކުންނާނެކަމެއް މެދުވެރި ނުވާކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް، ޤާނޫނު މާނަ ކުރައްވާއިރު ބަލަންޖެހޭ ގިނަ ކަންކަން ހުންނާނެކަން ޝަމީމް ފާހަގަ ކުރެއްވިއެވެ. އެގޮތުން ނޫނަކަށް ޢަމަލު ކުރަން ފެށުނު ކޮންޓެކްސްޓާއި، މާނަ ކުރައްވަން އެހީ ހޯދާ އެހެނިހެން ވަޞީލަތްތަކުގެ ޚާއްޞަ ސިފަތަކާއި، މިކަމުން، އެޤާނޫނު ފާސްކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ވިސްނުންފުޅު ހުރި ގޮތް މިއީ ބަލަންޖެހޭ ކަންކަން ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްހުސައިން ޝަމީމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

02 ނޮވެމްބަރު 2025
ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

26 އޮކްޓޯބަރު 2025
ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

19 އޮކްޓޯބަރު 2025
ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް

ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް

29 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު