Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުނި މެނޭޖްކުރުމުގެ ބިލް

ކުނި މެނޭޖްކުރުމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި

ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ފެބްރުއަރީ 12 ގެ ނިޔަލަށް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2022 | އާދީއްތަ 05:53
ވެމްކޯ ކުނި އުކާލުން

ވެމްކޯ ކުނި އުކާލުން

ކުނި މެނޭޖްކުރުމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައިވާކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ބުނެފިއެވެ.

"ކުނި މެނޭޖްކުރުމުގެ ބިލް" މިއީ ރާއްޖޭގައި ކުނި މެނޭޖްކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވާ ހިންގާ، ބެލެހެއްޓުމަށްޓަކައި، ކުނި މެނޭޖްކުރުމުގެ އުސޫލުތަކާއި މިންގަނޑުތަކާއި، އިޖުރާއަތްތައް ކަނޑައެޅުމުގެ ގާނޫނެވެ. މިއީ ކުނީގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށާއި، ކުނި މެނޭޖްކުރުމާއި، ކުނި މެނޭޖްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމާއި، މިކަންކަމަށް އާންމުން އިތުރަށް ހޭލުންތެރިކުރުވުމުގެ ގާނޫނެކެވެ.

Advertisement - newsAdvertisement

ކުނި މެނޭޖްކުރުމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައިވާއިރު، ކުނި މެނޭޖްކުރުމުގައި އިސްކަންދޭންޖެހޭނެ ކަންކަމާއި، މިކަން ކުރުމުގައި ބަލަންޖެހޭ ތަރުތީބުތައް މި ގާނޫނުގެ ޑްރާފްޓުގައި ބަޔާންކޮށްފައިވެއެވެ. މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭނީ ސަރުކާރުން ކަނޑައަޅާ ސިޔާސަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި މިކަމުގެ ސިޔާސަތުތައް ކަނޑައެޅުން ކުރިއަށްގެންދާނީ ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން އެންވަޔަރަންމެންޓް މިނިސްޓަރެވެ. މި ސިޔާސަތުތައް ތަންފީޒުކުރާނީ ކަމާބެހޭ އޮތޯރިޓީންނާއި، ކައުންސިލްތަކުންނާއި، އެޖެންސީންނެވެ.

މި ގާނޫނުގައިވާ ގޮތުން ރާއްޖޭގައި ކުނި އުފެއްދުން މަދުކުރުމަށް ކޮންމެ 5 އަހަރުން އެއް އަހަރު ކުނި މަދުކުރުމުގެ ގައުމީ ލަނޑުދަނޑީގެ ޕްލޭން ކަނޑައަޅައި އާންމުކުރުމަކީ މިނިސްޓަރުގެ މަސްއޫލިއްޔަތެކެވެ. މި ޕްލޭންގައި ކުނި މެނޭޖްކުރުމުގެ ޤައުމީ ސިޔާސަތާއި، މި ސިޔާސަތު ތަންފީޒުކުރާނެ ސްޓްރެޓެޖީތަކާއި، ލަނޑުދަނޑިތަކާއި، އާންމު ކުންޏާއި، ކޮންސްޓްރަކްޝަން ކުންޏާއި، ނުރައްކާތެރި ކުންޏާއި، ޚާއްސަ ކުނި މެނޭޖްކުރާނެ ގޮތްތަކާއި، ރަށު ފެންވަރުގައާއި، ސަރަހައްދީ ފެންވަރުގައި ކުނި މެނޭޖްކުރާނެ ގޮތްތައް ހިމަނަންޖެހެއެވެ. ގާނޫނަށް އަމަލުކުރަން ފަށާތާ 12 މަސްދުވަހުގެ ތެރޭގައި މި ޕްލޭން އާންމުކުރުމަކީ މިނިސްޓަރުގެ ޒިންމާއެކެވެ.

މީގެ އިތުރުން ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި އުފައްދާ ތަކެއްޗާއި، އެތަކެތިން އުފެދޭ ކުންޏަކީ އެ އެއްޗެއް އުފެއްދި، ނުވަތަ އެ އެއްޗެއް އެތެރެކުރި މީހެއްގެ ޒިންމާއެއް ކަމަށް ގާނޫނުގައިވެއެވެ. މީގެ އިތުރުން ސިނާއީ ދާއިރާއަކުން ކުރާ މަސައްކަތެއްގެ ސަބަބުން ރާއްޖޭގައި ކުނި އުފެއްދުމަށް މެދުވެރިވާނެކަމަށް ފެންނަ ނަމަ އެ ފަރާތަކާއެކު ކުނި މަދުކުރުމުގެ އެއްބަސްވުމަކަށް ދާނެ ކަމަށާއި، އެއްބަސްވުމާއި އެއްގޮތަށް ކަންކަން ތަންފީޒުކުރަމުންދޭތޯ ބަލާނެ ކަމަށް މި ގަވައިދުގައި ވެއެވެ.

ކުނި އުފެއްދުން މަދުކުރުމަށް ބާރުއެޅުމަށް ތިމާވެއްޓާ ރައްޓެހި ތަކެތި ވިއްކުމަށް ހިތްވަރު ދިނުމުގެ ގޮތުން، އެތަކެތިން ކަސްޓަމްސް ޑިއުޓީގެ ލުއިތައް ދިނުމަށް ވަނީ ނިންމާފައެވެ. އަދި ކުނިން ހަކަތަ އުފެއްދުމަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއުތައް ކުރިއެރުވުމަށާއި، އެކަންކަމަށް ހިތްވަރު ދިނުމަށް، މިކަމަށް ބޭނުންވާ ތަކެތި ރާއްޖެއަށް އެތެރެކުރުމުގައިވެސް ކަސްޓަމްސްއިން ނަގާ ޑިއުޓީން ލުއިތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. ކަސްޓަމްސް ޑިއުޓީ ލުއިތައް ދެވޭނެ ބާވަތްތައް ކަނޑައަޅާނީ މިނިސްޓްރީންނެވެ.

ކުނި މެނޭޖްކުރުމުގެ ކަންކަން ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ހިންގާނެ ގޮތުގެ ޕްލޭން ތައްޔާރުކޮށް ފާސްކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިގެންދަނީ ކައުންސިލްތަކާއެވެ. އަދި ސަރަހައްދީ ފެންވަރުގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ދޭންވާނީ އެ ޚިދުމަތްދޭ ފަރާތަކުން ތައްޔާރު ކުރާ އޮޕަރޭޝަން ޕްލޭންއަކާއި އެއްގޮތަށް ކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި ރިސޯޓުތަކާއި ޓޫރިސްޓު ހޮޓާތަކާއި ސިނާއީ އެހެނިހެން ތަންތަނުގައި އުފައްދާ ކުނި މެނޭޖްކުރުމުގެ ޕްލޭން ތައްޔާރުކޮށް ތަންފީޒުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

ކުނި މެނޭޖްކުރުމުގެ ޚިދުމަތް ދިނުމުގައި އެ ސަރަހައްދެއްގައި މި މަސައްކަތަށް ކަނޑައަޅާފައިވާ ޕްލޭން އާއި އެއްގޮތަށް އެ ޚިދުމަތް ދިނުމަކީ ކުނި މެނޭޖްކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުގެ ޒިންމާއެކެވެ. އަދި ތިމާވެށި ތަޣައްޔަރު ވެދާނެފަދަ ގޮތަކަށް ކުނި ގެންގުޅުމާއި، އެއް ތަނުން އަނެއްތަނަށް އުފުލުގެ ހަރަކާތްތައް ހިންގައިގެން ނުވާނެ ކަމަށް މި ގަވައިދުގައި ބަޔާންކޮށްފައިވެއެވެ. އަދި މިކަން ކުރަން ޖެހޭނީ އެފަރާތްތަކަށް ދޫކޮށްފައިވާ ހުއްދައެއްގައި ބަޔާންކުރާ ގޮތެއްގެ މަތިން ކަމަށް ގަވައިދުގައި ވަނީ ބުނެފައެވެ. އަދި ރާއްޖެއަށް ކުނި އެތެރެކުރުމަކީ މަނާކަމެއް ކަމަށާއި، މިނިސްޓްރީން ދޫކުރާ ހުއްދައެއް އޮވެގެން ނޫނީ ރާއްޖެއިން ކުނި ބޭރުކުރުމަކީވެސް މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ނުރައްކާތެރި ކުނި މެނޭޖްކުރުމުގައި ޚާއްސަ އިސްކަމެއް ދީގެން އެކަން ކުރުމަށް ނުރައްކާތެރި ކުނީގެ ލިސްޓެއް މިނިސްޓްރީން އާންމުކުރަންޖެހެއެވެ. އަދި ނުރައްކާތެރި ކުންޏާއި ޚާއްސަ ކުނި ވެއްޓަށް ބޭރުވުމުން ހިނގާފާނެ ހާދިސާއަކަށް ބަލައި، މިކަމުގައި ޤައުމީ ފެންވަރުގައި އަމަލުކުރާނެ ގޮތް ބަޔާންކުރާ ޕްލޭނެއްވެސް މިނިސްޓްރީން އެކުލަވާލަން ޖެހެއެވެ.

މި ގަނޫނުގައި ބަޔާންކުރާ ކަންކަމާ ޚިލާފުވެއްޖެނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. މިގޮތުން ޖޫރިމަނާ އަދަދުތައް 5،000 އާއި 100،000،000 (ސަތޭކަ މިލިއަން) އާއި ހަމައަށް ދެމިގެންދެއެވެ.

މި ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައިވަނީ ފެބްރުއަރީ 12 ގެ ނިޔަލަށެވެ. ބިލަށް ޚިޔާލު ހުށަހެޅުމަށް މިނިސްޓްރީން އާންމުކޮށްފައިވާ ފޯމުގައި ބަޔާންކޮށްފައިވާ ބައިތައް ފުރިހަމަކުރުމަށްފަހު އެ ފޯމު އީމެއިލް މެދުވެރިކޮށް މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީކުނި

ކޮމެންޓް

އިތުރަށް ކިޔާލަން

ކުނީގެ މައްސަލައަކީ ސިޓީ ކައުންސިލާ ހަވާލުވި އިރުވެސް ހައްލު ނުވެ އޮތް މައްސަލައެއް - އާޒިމް

ކުނީގެ މައްސަލައަކީ ސިޓީ ކައުންސިލާ ހަވާލުވި އިރުވެސް ހައްލު ނުވެ އޮތް މައްސަލައެއް - އާޒިމް

29 އެޕްރީލު 2024
މާލޭގައި އާއްމުކޮށް ކުނި އަޅާ 10 ތަނެއް އާއްމުކޮށްފި

މާލޭގައި އާއްމުކޮށް ކުނި އަޅާ 10 ތަނެއް އާއްމުކޮށްފި

23 މާރިޗު 2024
މަގުމަތީ ކުނި ބަހައްޓަމުންދާ ފަރާތްތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ހޮޓްލައިނެއް ޤާއިމުކޮށްފި

މަގުމަތީ ކުނި ބަހައްޓަމުންދާ ފަރާތްތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ހޮޓްލައިނެއް ޤާއިމުކޮށްފި

23 މާރިޗު 2024
ރޯދަމަހު ދުވާލަކު އެތައް ޓަނުގެ ކުނި: ހޭލުންތެރިވާނީ ކޮންއިރަކު؟

ރޯދަމަހު ދުވާލަކު އެތައް ޓަނުގެ ކުނި: ހޭލުންތެރިވާނީ ކޮންއިރަކު؟

18 މާރިޗު 2024
މަގުމައްޗަށް ކުނި އަޅާ މީހުން ހޯދާ ޖޫރިމަނާ ކުރަނީ

މަގުމައްޗަށް ކުނި އަޅާ މީހުން ހޯދާ ޖޫރިމަނާ ކުރަނީ

14 މާރިޗު 2024

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު