Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެޑްމިންޓަން ޓީމު އެކުލަވާލުން

ކުލަބުތަކާ ގުޅިގެން ގައުމީ ބެޑްމިންޓަން ޓީމު އެކުލަވާލަނީ

29 ޖެނުއަރީ 2022 | ހޮނިހިރު 15:15

ބީއޭއެމުން ވަނީ ބެޑްމިންޓަން މުބާރާތްތަކުގައި އެންމެ ހަރަކާތްތެރި ކްލަބްތަކާ ބައްދަލުކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް | 29 ޖެނުއަރީ 2022 | ހޮނިހިރު 15:15
ގައުމީ ބެޑްމިންޓަން މުބާރާތުގެ ތެރެއިން

ގައުމީ ބެޑްމިންޓަން މުބާރާތުގެ ތެރެއިން

މަޑަގަސްކަރާގައި އަންނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ކްލަބްތަކާއި ގުޅިގެން ގައުމީ ބެޑްމިންޓަން ޓީމެއް އެކުލަވާލުމުގެ މަޝްވަރާތަކެއް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ކުރިޔަށް ގެންގޮސްފިއެވެ.

މި މަހު 22 ވަނަ ދުވަހު ބީއޭއެމް އިން ވަނީ ބެޑްމިންޓަން މުބާރާތްތަކުގައި އެންމެ ހަރަކާތްތެރި ކްލަބްތަކާ ބައްދަލުކޮށް އަންނަ އަހަރު ބޭއްވާ އައިއޯއައިޖީ ގައި ވާދަކުރަން ވަރުގަދަ ގައުމީ ބެޑްމިންޓަން ޓީމެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ.

އެގޮތުން ކްލަބްތަކުންވެސް ގައުމީ ޓީމުގެ ޓްރަޔަލްގައި ބައިވެރިވެ، ހުރިހާ ކްލަބެއް ޝާމިލުވާ ގޮތަށް އެންމެ ރަނގަޅު ގައުމީ ޓީމެއް އެކުލަވާލުމަށް ކްލަބުތަކުންވެސް ވަނީ ތާއިދުކޮށްފައެވެ. ބީއޭއެމުން ބުނީ ވަރުގަދަ ބެޑްމިންޓަން ގައުމީ ޓީމެއް އެކުލަވާލަން ކްލަބްތަކާއި އެކަޑަމީތަކާ ގުޅިގެން މި ކުރާ މަސައްކަތުގައި އެއް އަމާޒެއްގައި މަސައްކަތް ކުރަން އިލްތިމާސްކުރާ ކަމަށެވެ.

ބީއޭއެމާއިއެކު މި ބައްދަލުވުމުގައި ބައިވެރިވި ކްލަބްތަކުގެ ތެރޭގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ސީއެސް ސްޕޯޓްސްގެ އިތުރުން ރިވައިވަލް ސްޕޯޓްސް ކްލަބް ހިމެނެއެވެ. މީގެ ތެރެއިން ރިވައިވަލް ސްޕޯޓްސް ކްލަބުން އަންނަނީ ބީއޭއެމްގެ އެހީގައި ބައިނަލްއަގްވާމީ މުބާރާތްތަކުގައިވެސް ވާދަކުރަމުންނެވެ.

އައިއޯއައިޖީއަކީ ބީއޭއެމުން ކޮންމެ ފަހަރަކުވެސް ދުރާލާ ޕްލޭންތަކަކާއެކު ބައިވެރިވަމުން އަންނަ މުބާރާތެކެވެ. އެންމެ ފަހުން ބޭއްވި އައިއޯއައިޖީގައި ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނޭ އާމިނަތު ނަބީހާ ވަނީ އަންހެން ސިންގަލްސްގެ ބައިން ރަން މެޑަލް ހޯދާފައެވެ. މީގެ އިތުރުން ބެޑްމިންޓަނުން މިދިޔަ އަހަރުތަކުގައި ވަނީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ރުހުން ލިބިފައިވާ މުބާރާތްތަކުގައި ވެސް ރަން މެޑަލް ހޯދައިފައެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން 2023 ވަނަ އަހަރުގެ އައިއޯއައިޖީގައި ކްލަބްތަކާ ގުޅިގެން ގައުމީ ޓީމެއް އެކުލަވާލުމުގެ އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރުގެ ގޭމްސްގައި ޓީމު އިވެންޓް ބައިން ރަން މެޑަލެއް ހޯދުމެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

01 މެއި 2025

ބެޑްމިންޓަން އެސޯސިއޭޝަންގެ ޤައުމީ ހައިސިއްޔަތު ނަގައި، ސަސްޕެންޑު ކޮށްފި

01 މެއި 2025
ބެޑްމިންޓަން އެސޯސިއޭޝަންގެ ޤައުމީ ހައިސިއްޔަތު ނަގައި، ސަސްޕެންޑު ކޮށްފި
22 މާރިޗު 2024

އޭސީސީ ވަނުމުން ބެޑްމިންޓަން އިންތިހާބު ހުއްޓާލައިފި

22 މާރިޗު 2024
އޭސީސީ ވަނުމުން ބެޑްމިންޓަން އިންތިހާބު ހުއްޓާލައިފި
21 މާރިޗު 2024

އޭސީސީން ވެސް އެންގީ ބެޑްމިންޓަން އިންތިޚާބު މަޑު ޖައްސާލުމަށް

21 މާރިޗު 2024
އޭސީސީން ވެސް އެންގީ ބެޑްމިންޓަން އިންތިޚާބު މަޑު ޖައްސާލުމަށް
19 މާރިޗު 2024

ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޭސީސީން ތަހުގީގުކުރަނީ

19 މާރިޗު 2024
ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޭސީސީން ތަހުގީގުކުރަނީ
19 މާރިޗު 2024

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރަނީ އަޖުފާން އަދި އިޝްފާން

19 މާރިޗު 2024
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރަނީ އަޖުފާން އަދި އިޝްފާން
18 މާރިޗު 2024

ބެޑްމިންޓަން އެސޯސިއޭޝަންގެ އަސާސީ ޤަވާއިދަށް ބަދަލު ގެންނަން އަންގައިފި

18 މާރިޗު 2024
ބެޑްމިންޓަން އެސޯސިއޭޝަންގެ އަސާސީ ޤަވާއިދަށް ބަދަލު ގެންނަން އަންގައިފި
14 މާރިޗު 2024

ކޮމިޝަނަރު އެންގީ ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިޚާބު މަޑު ޖައްސާލުމަށް!

14 މާރިޗު 2024
ކޮމިޝަނަރު އެންގީ ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިޚާބު މަޑު ޖައްސާލުމަށް!
13 މާރިޗު 2024

ބެޑްމިންޓަންގެ އިންތިޚާބު އައްޑޫގައި ބާއްވާތީ ކުލަބުތަކުގެ ކަންބޮޑުވުން

13 މާރިޗު 2024
ބެޑްމިންޓަންގެ އިންތިޚާބު އައްޑޫގައި ބާއްވާތީ ކުލަބުތަކުގެ ކަންބޮޑުވުން
13 މާރިޗު 2024

ބެޑްމިންޓަން އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ އައްޑޫގައި ބާއްވަން ނިންމައިފި

13 މާރިޗު 2024
ބެޑްމިންޓަން އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ އައްޑޫގައި ބާއްވަން ނިންމައިފި
30 އޯގަސްޓު 2023

އައިއޯއައިޖީ: ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން ގަދަ 16 އަށް

30 އޯގަސްޓު 2023
އައިއޯއައިޖީ: ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން ގަދަ 16 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް