Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮމަންޑޫ ބައި އިލެކްޝަން

ބައި އިލެކްޝަންގެ ވޯޓު ގުނުމަށްފަހު ވަގުތީ ނަތީޖާ އިއުލާނުކުރާނީ އެ މަރުކަޒެއްގައި: އީސީ

ޖުމުލަ ނަތީޖާ އިއުލާނު ކުރާނީ މާލޭގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2022 | ހޮނިހިރު 09:34
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއެކު އަންނަ މަހުގެ 5 ވަނަ ދުވަހު ތިން ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވޭ

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއެކު އަންނަ މަހުގެ 5 ވަނަ ދުވަހު ތިން ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވޭ

ފެބްރުއަރީގައި ބާއްވާ ބައި-އިލެކްޝަންތަކުގައި ވޯޓުލާ މަރުކަޒުގައި ވޯޓު ގުނުމަށްފަހު އެ މަރުކަޒެއްގެ ވަގުތީ ނަތީޖާ އެ މަރުކަޒެއްގައި އިޢުލާަނު ކުރާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

ހޮނިހިރު ދުވަހު އީސީން ބުނީ، އެހެން އިންތިޚާބުތަކެކޭ އެއްގޮތަށް، 2022 ފެބުރުއަރީ 5 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންތަކުގައިވެސް ވޯޓުލާ މަރުކަޒުގައި ވޯޓު ގުނުމަށްފަހު އެ މަރުކަޒެއްގެ ވަގުތީ ނަތީޖާ އެ މަރުކަޒެއްގައި އިއުލާނު ކުރާނެ ކަމަށެވެ. އަދި ހަމަ އެދުވަހު ދާއިރާތަކުގެ ޖުމްލަ ވަގުތީ ނަތީޖާވެސް އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކުރާނެކަމަށް އީސީން މައުލޫމާތުދެއެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، ވޯޓުލާ ނިމުމުން ކޮންމެ ފޮއްޓެއްގެ ވޯޓު ގުނައި، ވޯޓުލާ މަރުކަޒުގައި ނަތީޖާ އިއުލާނު ކުރާނެ ކަމަށެވެ. އެގޮތުން ކޮމަންޑޫ އިންތިޚާބަށް ބަލާއިރު، ކޮމަންޑޫގައި ބަހައްޓާފައިވާ 2 ފޮއްޓާއި، ފޯކައިދޫގައި ބަހައްޓާފައިވާ 2 ފޮށީގެ އިތުރުން، މަރޮށީގައި ބަހައްޓާފައިވާ ފޮއްޓަކާއި، މާލޭގައި ބަހައްޓާފައިވާ 2 ފޮށި ހިމެނޭކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ، ވޯޓު ގުނައި ވަގުތީ ނަތީޖާ އިއުލާނު ކުރުމަށްފަހު، ޖުމުލަ ނަތީޖާ އިއުލާނު ކުރާނީ މާލޭގައި ކަމަށެވެ.

ކޮމަންޑޫ ދާއިރާއަށް ތިން ކެނޑިޑޭޓެއް ވާދަކުރެއެވެ. އެއީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރަޝީދާއި، އިދިކޮޅު ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާދަމާއި، ދާދި ފަހުން އުފެއްދި ސިޔާސީ ޕާޓީ އެމްއެންޕީގެ ފަރާތުން ވާދަކުރާ އަބްދުލްހަންނާން އިދުރީސްއެވެ.

ކޮމަންޑޫ ދާއިރާގައި ހިމެނޭ ތިން ރަށްކަމަށްވާ ކޮމަންޑޫއާއި، ފޯކައިދޫ އަދި މަރޮށި ހިމެނޭ އެ ދާއިރާގައި 3،316 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިގެންވެއެވެ. 

ބައި އިލެކްޝަންތަކުގައި ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައިވަނީ އެ ދާއިރާތަކުގެ ރަށްތަކުގެ އިތުރުން މާލޭގައި ހުންނަ, އިންތިޚާބުތަކާބެހޭ މައި މަރުކަޒުގައެވެ. މި އިންތިޚާބަށް ހުރިހާ ޕާޓީއަކުންވެސް ގެންދަނީ ފުޅާ ދާއިރާއެއްގައި ކެމްޕޭން ކުރަމުންނެވެ. މި ކެމްޕޭން ޙަރަކާތްތަކުގައިވެސް ގިނަ ބަޔަކު ބައިވެރިވަމުންދެއެވެ.

ކޮމަންޑޫ ބައި އިލެކްޝަންކޮމަންޑޫ ދާއިރާ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮމަންޑޫ ދާއިރާގެ މެމްބަރު ހުވާކުރައްވައިފި

ކޮމަންޑޫ ދާއިރާގެ މެމްބަރު ހުވާކުރައްވައިފި

09 ފެބުރުއަރީ 2022
އިންތިޚާބާ ގުޅޭ 9 ޝަކުވާއެއް ހުށަހަޅާފައިވޭ، އެއްވެސް މައްސަލައެއްގައި ހެއްކެއް ނެތް: ފުއާދު

އިންތިޚާބާ ގުޅޭ 9 ޝަކުވާއެއް ހުށަހަޅާފައިވޭ، އެއްވެސް މައްސަލައެއްގައި ހެއްކެއް ނެތް: ފުއާދު

08 ފެބުރުއަރީ 2022
ކޮމަންޑޫ ބައި އިލެކްޝަން- ދާއިމީ ނަތީޖާއިންވެސް ކާމިޔާބު ހޯއްދެވީ ރާޝިދު

ކޮމަންޑޫ ބައި އިލެކްޝަން- ދާއިމީ ނަތީޖާއިންވެސް ކާމިޔާބު ހޯއްދެވީ ރާޝިދު

07 ފެބުރުއަރީ 2022
އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުން ހޯމަ ދުވަހު

އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުން ހޯމަ ދުވަހު

06 ފެބުރުއަރީ 2022
ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ބަސް އަޅުގަނޑަށް މޭރުންވީ މިހެންނެވެ.

ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ބަސް އަޅުގަނޑަށް މޭރުންވީ މިހެންނެވެ.

06 ފެބުރުއަރީ 2022

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު