Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމެރިކާއިން ރާއްޖެއަށް ވެކްސިން ހަދިޔާކުރުން

އެމެރިކާއިން ރާއްޖެއަށް ވެކްސިން ހަދިޔާކުރުމުން ޝާހިދުގެ ޝުކުރު

29 ޖެނުއަރީ 2022 | ހޮނިހިރު 08:23

މި ވެކްސިންތަކަކީ ބޫސްޓަރ ޝޮޓް ޖެހުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ޖެނުއަރީ 2022 | ހޮނިހިރު 08:23
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު- މިނިސްޓަރ ޝާހިދު ވިދާޅުވީ މި ވެކްސިންތަކަކީ ރާއްޖޭގެ އެންމެންނަށް ބޫސްޓަރ ޝޮޓް ޖެހުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު- މިނިސްޓަރ ޝާހިދު ވިދާޅުވީ މި ވެކްސިންތަކަކީ ރާއްޖޭގެ އެންމެންނަށް ބޫސްޓަރ ޝޮޓް ޖެހުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް

އދ.ގެ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާއިން އިއްޔެ ދިވެހިރާއްޖެއަށް ވެކްސިން ހަދިޔާކުރުމާގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެމެރިކާ ސަރުކާރަަށް ޝުކުރު އަދާ ކުރައްވައިފިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ 210،600 ޑޯޒްގެ ފައިޒަރ ވެކްސިން އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދިނުމާ ގުޅިގެން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއާއި އެމެރިކާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

Advertisement - newsAdvertisement

ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނީ އެމެރިކާއިން ރާއްޖެއަށް 210,600 ޑޯޒްގެ ފައިޒަރ ވެކްސިން ފޯރުކޮށްދީފައިވަނީ ކޮވިޑް-19އިން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެމެރިކާއިން ދެމުންދާ އެއްބާރުލުމުގެ ތެރެއިން ކަމަށެވެ. އަދި ކޮވެކްސްއާއި ޔުނިސެފް ފަދަ ފަރާތްތަކާއި ގުޅިގެން އެމެރިކާ މި މަސައްކަތުގައި ދެމިއޮންނާނެ ކަމަށާއި، ވަކިން ހާއްސަކޮށް އޭޝިއާ ބައްރުގައި އޮމިކްރޯން ވޭރިއަންޓް އިތުރުވެފައިވާ ދަނޑިވަޅުގައި މި މަސައްކަތުގައި ދެމިއޮންނާނެ ކަމަށް އެމްބަސީން ބުނެފައިވެއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ މި ވެކްސިންތަކަކީ ރާއްޖޭގެ އެންމެންނަށް ބޫސްޓަރ ޝޮޓް ޖެހުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.

އެމެރިކާއިން މިހާތަނަށް 4 ލައްކައަށްވުރެ ގިނަ ޑޯޒްގެ ވެކްސިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި މީގެ އިތުރުންވެސް ކޮވިޑް-19އާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެމެރިކާ ސަރުކާރުގެ އެހީތެރިކަން ދަނީ ލިބެމުންނެވެ.

މި ބަލިމަޑުކަން ފެށުނީންސުރެ އެމެރިކާއިން ދަނީ ރާއްޖެއާއެކު ކޮވިޑް-19އާ ދެކޮޅަށް މަސައްކަތް ކުރަމުންނެވެ. މިހާތަނަށް އެމެރިކާއިން ވަނީ ގާތްގަނޑަކަށް 440,000 ޑޯޒް ފައިޒާ ވެކްސިނާއި، 1 މިލިއަން އެމެރިކާ ޑޮލަރުގެ އިމަރޖެންސީ ސަޕްލައިއާއި، ތަމްރީނާއި، އެންމެ ބޭނުންޖެހިފައިވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވެދީފައެވެ. ތަކެތީގެ އެހީގެ ގޮތުގައި މިނިސްޓްރީ އޮފް ހެލްތަށް 60 ވެންޓިލޭޓަރު ހަދިޔާކުރުމުގެ އިތުރުން، 100,000 ރެޕިޑް ޑައިގްނޯސްޓިކް ޓެސްޓްވަނީ ފޯރުކޮށްދީފައެވެ.

އަދި މަދަނީ ޖަމިއްޔާތަކާ ގުޅިގެން އިޖުތިމާއީ ރައްކާތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތަށް ވަނީ އެހީތެރިވެދީފައެވެ. މިގޮތުން ކޮވިޑުން ރައްކާތެރިވުމަށް ހޭލުންތެރިކަމުގެ ކެމްޕޭން ހިންގުން ހިމެނެއެވެ. މީގެއިތުރުން މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ރާއްޖޭގެ އިގުތިސާދު އިއާދަކުރުމަށް ދިވެހި ސަރުކާރަށް ފަންނީ އެހީ ފޯރުކޮށްދީފަވެއެވެ.

އެމެރިކާޢަބްދުﷲ ޝާހިދު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
10 ނޮވެމްބަރު 2025

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް
06 ނޮވެމްބަރު 2025

އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

06 ނޮވެމްބަރު 2025
އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް