Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާ އައުޓް ކެމްޕޭން

އިންޑިއާ އައުޓް ކެމްޕޭނަކީ ވަކި އިމެއް ނެތި ކުރުމަށް ދޫކޮށްލެވެން އޮތް ކަމެއް ނޫން، މަޖިލީހުން ބަލާނެ

29 ޖެނުއަރީ 2022 | ހޮނިހިރު 07:00

އެމައްސަލަ ހުށައަޅައިފިނަމަ ބަލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ޖެނުއަރީ 2022 | ހޮނިހިރު 07:00
އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ކެމްޕެއިންގެ ތެރެއިން

އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ކެމްޕެއިންގެ ތެރެއިން

އިންޑިއާ އައުޓް ކެމްޕޭނަކީ ވަކި އިމެއް ނެތި ކުރުމަށް ދޫކޮށްލެވެން އޮތް ކަމެއް ނޫން ކަމަށާއި، އެކަން މަޖިލީހުން ބަލާނެކަމަށް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

ރާއްޖެއާ ދޭދޭ ގައުމުތަކުގެ ގުޅުމަށް ބުރޫއަރާ ގޮތަށް އިންޑިއާ އައުޓް ކެމްޕޭން ހިންގުމަށް ފުރުސަތު ނުދޭނެކަމަށް ސަރުކާރުން ބުނި ނަމަވެސް، މިހާތަނަށް އެކަމަށް މާބޮޑު ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އަދި ދުވަހެއް ދުވަހަކަށް އިންޑިއާ އައުޓް ކެމްޕޭން ފުޅާ ކުރަމުންދާއިރު، އެކަމާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބިގޭ ވިދާޅުވީ، އެއީ އާންމުންގެ ތެރޭގައިވެސް އަދި ރައްޔިތުންގެ މަޖިލީހުގައިވެސް މަޝްވަރާ ކުރެވޭ މައުޟޫއެއް ކަމަށެވެ. އެގޮތުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަންކަމާއި، ދިވެހި ރައްޔިތުންނަށް ނިކަމެތިކަން ލިބިދާނެ ކަންކަން މިއީ ބަލައިގަނެވޭ ކަމެއް ނޫންކަމަށް ބިގޭ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ވަކިން ޚާއްސަކޮށް ގައުމެއްގެ ވެރިކަން ކުރައްވާފައި ދައުލަތުން އިނާޔަތްތައް ނަންގަވަމުން ގެންދަވާ ބޭފުޅަކު އެގޮތަށް އުޅުއްވުމަކީ ރައްޔިތުން ބަލައިގަންނަ ކަމެއް ނޫންކަމަށްވެސް ބިގޭ ވިދާޅުވިއެވެ.

ބިގޭ ވިދާޅުވީ، ގައުމާއި ދޭތެރޭގައި ވިސްނާ ފިކުރުކުރާ އަދި ގައުމުދެކެ ލޯބިވާ ރައްޔިތުން މި ކަންކަން ބަލައިނުގަންނާނެ ކަމަށެވެ. އަދި އިންޑިއާ އައުޓް ހަރަކާތަކީ ވަކި ސިޔާސީ ވިސްނުމެއްގައި ކުރަމުންގެންދާ ކަމެއްގެ ގޮތުގައި ރައްޔިތުންވެސް ދެކޭކަމަށް ބިގޭ ވިދާޅުވިއެވެ.

އޭގެ އިތުރުން، ގައުމީ ސަލާމަތަށް ބަލާއިރު، އިދިކޮޅުގެ ހަރަކާތަކީ ވަކި އިމެއް ނެތި ކުރުމަށް ދޫކޮށްލެވޭން އޮތް ކަމެއް ނޫންކަމަށްވެސް ބިގޭ ވިދާޅުވިއެވެ. އަދި އެ މަޝްވަރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރޭގައި މިހާރު ކުރެވެމުންދާކަންވެސް ބިގޭ ފާހަގަ ކުރެއްވިއެވެ. މިވަގުތު އެވާހަކަތައް ކުރިއަށްދަނީ ނުރަސްމީ މަޝްވަރާތަކެއްގެ ގޮތުގައިކަމަށާއި, މަޖިލިސް ޗުއްޓީ ނިމުމުން އެކަމުގެ ރަސްމީ މަސައްކަތް ފެށިގެންދާނެކަމަށް ދޭހަވާ މޭރުމުން ބިގޭ ވަނީ ވާހަކަ ދައްކަވާފައެވެ.

ބިގޭ ވިދާޅުވީ، 3 ފެބްރުއަރީގައި މަޖިލިސް ޖަލްސާތައް އަލުން ފެށުމުން މެމްބަރުންގެ މެދުގައި މަޝްވަރާކޮށް މިކަންކަމާގުޅިގެން ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ގަބޫލުކުރެެއްވޭކަމަށެވެ.

ބިގޭ އެހެން ވިދާޅުވެފައިވާއިރު، "އިންޑިއާ އައުޓް" ކެމްޕެއިންގެ ސަބަބުން ދިމާވާ ގެއްލުންތަކުގެ މައްސަލަ އެއްވެސް ފަރާތަކުން ޖައްސައިފިނަމަ އެމައްސަލަ ބަލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އެގޮތުން އެއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް އެމްއެންޑީއެފުން ނުވަތަ ކަމާގުޅުންހުރި އިދާރާއަކުން އަންގައިފިނަމަ، އެކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އީސީން އަޅާނެކަމަށްވެސް ވަނީ ބުނެފައެވެ.

އިންޑިއާ އައުޓްރައީސް ޔާމީން

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

އިތުރަށް ކިޔާލަން

18 އޯގަސްޓު 2025

މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި

18 އޯގަސްޓު 2025
މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި
23 ޑިސެމްބަރު 2024

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން
30 އޮކްޓޯބަރު 2024

ޔާމީނުގެ ފަރާތުން ހުށަހެޅުއްވި "އިންޑިއާ އައުޓް" ގަރާރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

30 އޮކްޓޯބަރު 2024
ޔާމީނުގެ ފަރާތުން ހުށަހެޅުއްވި "އިންޑިއާ އައުޓް" ގަރާރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
25 އޮކްޓޯބަރު 2024

މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

25 އޮކްޓޯބަރު 2024
މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން
24 އޮކްޓޯބަރު 2024

ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

24 އޮކްޓޯބަރު 2024
ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
22 އޮކްޓޯބަރު 2024

މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެއްޖެ، އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް - ޔާމީން

22 އޮކްޓޯބަރު 2024
މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެއްޖެ، އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް - ޔާމީން
13 އޮކްޓޯބަރު 2024

ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން މިހާރުވީ އިތުރު، ޑޯނިޔާ ވެސް އެބަ ދުއްވާ- ހަނިމާދޫ ކައުސިލްގެ ނައިބު

13 އޮކްޓޯބަރު 2024
ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން މިހާރުވީ އިތުރު، ޑޯނިޔާ ވެސް އެބަ ދުއްވާ-  ހަނިމާދޫ ކައުސިލްގެ ނައިބު
09 އޮކްޓޯބަރު 2024

ސިފައިންނާއެކު އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް ގެންނަން ސަރުކާރުން އެއްބަސްވެއްޖެ

09 އޮކްޓޯބަރު 2024
ސިފައިންނާއެކު އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް ގެންނަން ސަރުކާރުން އެއްބަސްވެއްޖެ
08 އޮކްޓޯބަރު 2024

މުއިއްޒުގެ ފަޚުރުވެރި އިންޑިއާ ދަތުރުފުޅުން ހާސިލްވީ މަލާމާތާ ފުރައްސާރަ ނޫންތޯ؟

08 އޮކްޓޯބަރު 2024
މުއިއްޒުގެ ފަޚުރުވެރި އިންޑިއާ ދަތުރުފުޅުން ހާސިލްވީ މަލާމާތާ ފުރައްސާރަ ނޫންތޯ؟
07 އޮކްޓޯބަރު 2024

މޯދީގެ މެސްކޮޓް ހަދައިގެން އިންޑިއާ އައުޓް ގޮވި ރައީސް މުއިއްޒު ދެއްވީ ރާއްޖެ އަންނަން މޯދީއަށް ދައުވަތު

07 އޮކްޓޯބަރު 2024
މޯދީގެ މެސްކޮޓް ހަދައިގެން އިންޑިއާ އައުޓް ގޮވި ރައީސް މުއިއްޒު ދެއްވީ ރާއްޖެ އަންނަން މޯދީއަށް ދައުވަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް