Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާ އައުޓް ކެމްޕޭން

އިންޑިއާ އައުޓް ކެމްޕޭންގައި ރައްޔިތުން ބައިވެރިވަނީ ހިތާ ދެކޮޅަށް: ބިގޭ

29 ޖެނުއަރީ 2022 | ހޮނިހިރު 06:47

އިންޑިއާ އައުޓް ކެމްޕޭނުގައި ރައްޔިތުން ބައިވެރިވަނީ ހިތުގެ އަޑިން އެކަން ގަބޫލުކޮށްގެނެއް ނޫން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ޖެނުއަރީ 2022 | ހޮނިހިރު 06:47
އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)- ބިގޭ ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ރައްޔިތުންވެސް އިންޑިއާ އައުޓް ކެމްޕޭންގައި ބައިވެރިވަނީ ހިތާ ދެކޮޅަށް ކަމަށް

އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)- ބިގޭ ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ރައްޔިތުންވެސް އިންޑިއާ އައުޓް ކެމްޕޭންގައި ބައިވެރިވަނީ ހިތާ ދެކޮޅަށް ކަމަށް

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕޭންގައި ރައްޔިތުން ބައިވެރިވަނީ ހިތާ ދެކޮޅަށްކަމަށް އަލިފުށީ ދާއިރާގެ މެމްބަރުމުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބިގޭ ވިދާޅުވީ، ރައީސް ޔާމީނު އިސްވެ ހުންނަވައި ކުރިއަށް ގެންދަވާ އިންޑިއާ އައުޓް ކެމްޕޭނުގައި ރައްޔިތުން ބައިވެރިވަނީ ހިތުގެ އަޑިން އެކަން ގަބޫލުކޮށްގެނެއް ނޫން ކަމަށެވެ. އެގޮތުން ކޮމަންޑޫ ދާއިރާގެ ރައްޔިތުންވެސް އެ ކެމްޕޭންގައި ބައިވެރިވަނީ ހިތާ ދެކޮޅަށްކަމަށް ބިގޭ ވިދާޅުވިއެވެ. އެކަން އެ ދާއިރާގެ ރައްޔިތުންގެ ވާހަކައިންވެސް އެނގިގެންދާކަން ބިގޭ ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

ބިގޭ ވިދާޅުވީ، ބޭސްފަރުވާ ކުރުމާއި ޒަރޫރީ އެކި ކަންކަމަށް އަބަދުވެސް ދިވެހިން އިންޑިއާއަށް ދާން ޖެހޭ ކަމަށެވެ. ވީއިރު މި ހަރަކާތުގެ ސަބަބުން އިންޑިއާއަށް ދާން ފަސްޖެހޭ މިންވަރަށް އާންމު ރައްޔިތުން ކަންބޮޑުވާކަމަށް ބިގޭ ވިދާޅުވިއެވެ. ޚުދު އެ ހަރަކާތްތަކުގައި ބައިވެރިވާ ރައްޔިތުންގެވެސް އެ ކަންބޮޑުވުން އޮންނަކަމަށް ބިގޭ ވިދާޅުވިއެވެ. ކަން އެހެން އޮތް އިރުވެސް، ބައެއް ފަރާތްތަކުން މި ހަރަކާތުގައި ހިތާ ދެކޮޅަށްވެސް ބައިވެރިވަމުންދަނީ ހަމައެކަނި އިދިކޮޅުގެ ލީޑަރޝިޕްގެ އެދުމުގެ މަތިންކަންވެސް ބިގޭ ފާހަގަ ކުރެއްވިއެވެ.

ބިގޭ އެހެން ވިދާޅުވެފައިވާއިރު، އިންޑިއާ އައުޓް ކެމްޕެއިނަކީ ކުރީގެ ރައީސް ޔާމީނަށް ތާއީދު ހޯދުމަށް ހިންގާ ކެމްޕެއިނެއް ކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. މިއީ 2018ގެ އިންތިޚާބުން ރައީސް ޔާމީން ބަލިވުމުން، ތާއީދު ހޯދުމުގެ ބޭނުމުގައި ކުރަމުން އަންނަ ކަމެއް ކަމަށް ޕޮލިސީ ރިސާރޗް ގްރޫޕުން ދާދިފަހުން ބުނެފައިވެއެވެ.

އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމުން މިނިވަންވެވަޑައިގަތުމާއެކު "އިންޑިއާ އައުޓް" ހަރަކާތް ގެންދަނީ ދުވަހެއް ދުވަހަކަށް ފުޅާ ކުރައްވަމުންނެވެ. އެގޮތުން އެކި ރަށްރަށަށް ވަޑައިގެން އެ ކެމްޕޭން ހިންގަމުން ގެންދާއިރު، އިންޑިއާ އަސްކަރިއްޔާ މި ގައުމުން ބޭރު ކުރުމުގެ ނަމުގައި ފެށި ހަރަކާތް މިހާރު ވަނީ ބަދަލުވާން ފަށާފައެވެ. އެގޮތުން އަމިއްލަ ގޭގޭގައިވެސް އިންޑިއާ އައުޓް ޖެހުމަށް ރައީސް ޔާމީން ގޮވާލައްވާފައިވާއިރު، މިއީ ސިޔާސީ ގޮތުން ވަކި މަގުސަދެއް ހާސިލު ކުރުމަށް ހިންގަމުން ގެންދާ ހަރަކާތެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ.

"އިންޑިއާ އައުޓް" ކެމްޕެއިންގެ ސަބަބުން ދިމާވާ ގެއްލުންތަކުގެ މައްސަލަ އެއްވެސް ފަރާތަކުން ޖައްސައިފިނަމަ އެމައްސަލަ ބަލާނެކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ބުނެފައެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ, އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރިއަށްގެންދާ އިންޑިއާ އައުޓް ކެމްޕެއިނުގެ ސަބަބުން ގައުމުގެ އާންމު މަސްލަހަތަށް ބުރޫއަރާފާނެކަމަށް ހޯމް މިނިސްޓްރީން އަންގައިފިނަމަ، އެމައްސަލަ އެކޮމިޝަނުން ބަލާނެކަމަށެވެ.

އަދި ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތަކީ އިލެކްޝަންސް ކޮމިޝަނަށް ވާއިރު، އެފަދަ މައްސަލައެއް ހުށަހަޅައިފިނަމަ އެމައްސަލަ ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް ފުއާދު ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންއިންޑިއާ އައުޓް

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

އިތުރަށް ކިޔާލަން

18 އޯގަސްޓު 2025

މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި

18 އޯގަސްޓު 2025
މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި
23 ޑިސެމްބަރު 2024

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން
30 އޮކްޓޯބަރު 2024

ޔާމީނުގެ ފަރާތުން ހުށަހެޅުއްވި "އިންޑިއާ އައުޓް" ގަރާރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

30 އޮކްޓޯބަރު 2024
ޔާމީނުގެ ފަރާތުން ހުށަހެޅުއްވި "އިންޑިއާ އައުޓް" ގަރާރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
25 އޮކްޓޯބަރު 2024

މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

25 އޮކްޓޯބަރު 2024
މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން
24 އޮކްޓޯބަރު 2024

ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

24 އޮކްޓޯބަރު 2024
ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
22 އޮކްޓޯބަރު 2024

މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެއްޖެ، އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް - ޔާމީން

22 އޮކްޓޯބަރު 2024
މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެއްޖެ، އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް - ޔާމީން
13 އޮކްޓޯބަރު 2024

ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން މިހާރުވީ އިތުރު، ޑޯނިޔާ ވެސް އެބަ ދުއްވާ- ހަނިމާދޫ ކައުސިލްގެ ނައިބު

13 އޮކްޓޯބަރު 2024
ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން މިހާރުވީ އިތުރު، ޑޯނިޔާ ވެސް އެބަ ދުއްވާ-  ހަނިމާދޫ ކައުސިލްގެ ނައިބު
09 އޮކްޓޯބަރު 2024

ސިފައިންނާއެކު އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް ގެންނަން ސަރުކާރުން އެއްބަސްވެއްޖެ

09 އޮކްޓޯބަރު 2024
ސިފައިންނާއެކު އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް ގެންނަން ސަރުކާރުން އެއްބަސްވެއްޖެ
08 އޮކްޓޯބަރު 2024

މުއިއްޒުގެ ފަޚުރުވެރި އިންޑިއާ ދަތުރުފުޅުން ހާސިލްވީ މަލާމާތާ ފުރައްސާރަ ނޫންތޯ؟

08 އޮކްޓޯބަރު 2024
މުއިއްޒުގެ ފަޚުރުވެރި އިންޑިއާ ދަތުރުފުޅުން ހާސިލްވީ މަލާމާތާ ފުރައްސާރަ ނޫންތޯ؟
07 އޮކްޓޯބަރު 2024

މޯދީގެ މެސްކޮޓް ހަދައިގެން އިންޑިއާ އައުޓް ގޮވި ރައީސް މުއިއްޒު ދެއްވީ ރާއްޖެ އަންނަން މޯދީއަށް ދައުވަތު

07 އޮކްޓޯބަރު 2024
މޯދީގެ މެސްކޮޓް ހަދައިގެން އިންޑިއާ އައުޓް ގޮވި ރައީސް މުއިއްޒު ދެއްވީ ރާއްޖެ އަންނަން މޯދީއަށް ދައުވަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް