Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކެނެޑާ އާއި އެމެރިކާ ގުޅޭ ބޯޑަރު ސަރަހައްދު

ކެނެޑާ އާއި އެމެރިކާ ގުޅޭ ބޯޑަރު ސަރަހައްދުގައި ގަދަ ފިނީގެ ސަބަބުން މަރުވި އިންޑިޔާ އާއިލާ ދެނެގަނެވިއްޖެ

މިއާއިލާ ބޯޑަރު ހުރަސްކުރުމަށް މަސައްކަތްކޮށްފައިވަނީ ފައިމަގުގައި ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު އެންމެ ބޮޑަށް ފިނި މޫސުމުގެ އަސަރު ކުރި ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2022 | ހޮނިހިރު 02:41
ގަދަ ފިނީގެ ސަބަބުން މަރުވި އިންޑިޔާގެ އާއިލާ

ގަދަ ފިނީގެ ސަބަބުން މަރުވި އިންޑިޔާގެ އާއިލާ

އެމެރިކާ އާއި ކެނެޑާ ބޯޑަރު ގުޅޭ ސަރަހައްދާއި ކައިރިން މިދިޔަ ހަފްތާގައި ގަދަ ފިނީގެ ސަބަބުން މަރުވެފައިވާ އިންޑިޔާގެ އާއިލާ ދެނެގަނެވިފައިވާކަމަށް ކެނެޑާގެ އޮފިޝަލުން ބުނެފިއެވެ.

ގަދަ ފިނީގެ ސަބަބުން މިމީހުން މަރުވެފައި ތިއްބާ ފެނިފައިވަނީ މެނަޓޯބާ ސަރަހައްދުންނެވެ. އޮޓާވާގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މަރުވެފައިވަނީ އުމުރުން 39 އަހަރުގެ ޖަގްދިޝް ބަލްދޭވްބައި ޕަޓޭލް އާއި އުމުރުން 37 އަހަރުގެ ވައިޝާލިބެން ޖަގްދިޝްކުމާރު ޕަޓޭލް އާއި އުމުރުން 11 އަހަރުގެ ވިހާންގީ ޖަގްދޭޝްކުމާރު ޕަޓޭލް އާއި އުމުރުން އެންމެ ތިން އަހަރުގެ ދަރްމިކް ޖަގްދޭޝްކުމާރު ޕަޓޭލްއެވެ.

ހައި ކޮމިޝަންގެ ބަޔާނުގައި ބުނެފައިވަނީ މިމީހުންގެ ތިމާގެ މީހުންނަށް މިހާރު މިކަން އަންގާފައިވާކަމަށެވެ. ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެއްތަނުން އަނެއްތަަނަށް ދަތުރުކުރާއިރު އަދި އެހެން ގައުމަކަށް ހިޖުރަކުރާނަމަ އެގައުމަކަށް ދެވެނީ ރައްކާތެރި ، ގާނޫނާ އެއްގޮތަށް އޮތް މަގަކުންތޯ ޔަގީންކުރާނަމަ މިފަދަ ހިތާމަވެރި ހާދިސާތައް ނުހިނގާނެކަމަށެވެ.

މިކަން ތަހުގީގުކުރާ ފަރާތްތަކުން ބުނެފައިވަނީ މިއާއިލާ ބޯޑަރު ހުރަސްކުރުމަށް މަސައްކަތްކޮށްފައިވަނީ ފައިމަގުގައި ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު އެންމެ ބޮޑަށް ފިނި މޫސުމުގެ އަސަރު ކުރި ދުވަހު ކަމަށެވެ.

އޮފިޝަލުން ބުނެފައިވަނީ އެމީހުން ދަތުރުކުރަމުންދިޔައީ 18 މީހުން ހިމެނޭ ގްރޫޕަކާއެކު ކަމަށެވެ. ނަމަވެސް ފަހުން އެމީހުން ގްރޫޕުން ވަކިވި ފަހުން ފިނީގެ ތޫފާނަކާ ކުރިމަތިވީކަމަށް އޮފިޝަލުން ބުނެއެވެ.

ރޯޔަލް ކެނޭޑިއަން މައުންޓެޑް ޕޮލިސް (އާރުސީއެމްޕީ)ން ބުނެފައިވާ ގޮތުގައި އެމީހުންނަށް ބެލެވޭ ގޮތުގައި މިއާއިލާ ކެނެޑާއަށް އައިސްފައިވަނީ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. ފުރަތަމަ އެމީހުން އައީ ޓޮރަންޓޯ އަށެވެ. އެއަށްފަހު އެމަރސަން އަށް ދެން މެނަޓޯބާ އަށެވެ. މެނަޓޯބާއަށް މިއާއިލާ އައިސްފައިވަނީ ޖެނުއަރީ 18 ހިސާބުގައި ކަމަށް ބެލެވޭކަމަށްވެސް ކެނެޑާ ފުލުހުން ބުނެއެވެ.

ކްރިމިނަލް އޮޕަރޭޝަން އޮފިސަރ ރޮބް ހިލް ވިދާޅުވީ ބެލެވޭ ގޮތުގައި މިމީހުން އެސަރަހައްދަށް ގެނައުމަށްފަހު އެތާނގައި ބައިތިއްބާފައި މިމީހުން ގެނައި މީހުން ދިޔައީއެވެ. އެއީ އެސަރަހައްދުން އެއްވެސް ދުއްވާ އެއްޗެއް ފެނިފައިނުވާތީ ކަމަށް ރޮބް ވިދާޅުވިއެވެ.

އިންޑިޔާގެ ކޮންސިޔުލޭޓުގެ ޚާއްސަ ޓީމެއް ކެނެޑާގެ މިމައްސަލަ ތަހުގީގުކުރަމުން އަންނަ ޓީމާއެކު އަންނަނީ މަސައްކަތްކުރަމުންނެވެ. މެނަޓޯބާގެ ފުލުހުން ބުނާގޮތުގައި މިމީހުންގެ ހަށިގަނޑު ފެނުނީ އެމެރިކާގެ ބޯޑަރު ސަރަހައްދު ޕެޓްރޯލްކުރި އެޖެންޓުންތަކެއް އިންޑިޔާ ބައެއް އެސަރަހައްދުން އެމީހުންގެ ބެލުމުގެ ދަށަށް ގެނައިކަމަށް ބުނިފަހުންނެވެ.

ކުޑަކުދިންނާއި ގުޅުންހުރި އެއްޗެހިތަކެއް އަޅާފައިވާ ބެކްޕެކެއް އަޅުވައިގެން ހުރި މީހަކު ތަހުގީގު ޓީމުން ހޯދާފައިވާއިރު އެމީހާ ތަހުގީގުގައި ބުނެފައިވަނީ އެބެކްޕެކަކީ 18 މީހުންގެ ގްރޫޕުން ވަކިވި މީހުންގެ ބެކްޕެކެއްކަމަށެވެ.

މިމައްސަލަ ތަހުގީގުކުރާ ފަރާތްތަކުން ބުނާ ގޮތުގައި ބެލެވެނީ މިއީ އިންސާނީ ވަގުފާރީގެ ސްކީމެއްގެ ތެރެއިން ހިނގާފައިވާ ކަމެއްކަމަށެވެ.

އަނެއްކޮޅުން އިންޑިޔާގެ ގުޖުރާތުގައި ޓްރެވަލް އެންޑް ޓޫރިޒަމް ކުންފުންޏެއް ހިންގަމުންދިޔަ ހަ މީހަކު މިހާދިސާ އާ ގުޅިގެން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ގާނދީނަގަރްގެ ފުލުހުންގެ އޮފިޝަލެއް ކަމުގައިވާ އޭކޭ ޖަލާލު ވިދާޅުވީ ގާނޫނާއި ގަވާއިދާ ޚިލާފަށް މިއާއިލާ އެސަރަހައްދަށް ފޮނުވާލި މީހުން ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. ގުޖުރާތު ޕޮލިސްގެ ޑިރެކްޓަރ ޖެނެރަލް އަޝިޝް ބާޓިއާ ވިދާޅުވީ ތަހުގީގުގައި މިހާރު މަސައްކަތްކުރަނީ މިގްރޫޕް އެސަރަހައްދަށް ފޮނުވާލުމަށް ޓްރެވެލް އެޖެންޓެއްގެ އެހީތެރިކަން ހޯދާފައިވޭތޯއެވެ.

ފުލުސް އޮފިސަރ އޭކޭ ޖަލާލު ވިދާޅުވީ އިންސާނީ ވަގުފާރީގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައި ކަމަށާއި މިކަމުގައި ސިޔާސީ މީހުންވެސް ބައިވެރިވާކަމަށެވެ. އަދި ބައެއް މީހުން އެމެރިކާ އަށާއި ކެނެޑާއަށް ދިޔުމަށް އެމީހުންގެ އަތުގައި ހުންނަ ބިމާއި ގެވެސް ވިއްކާކަމަށް ޖަލާލު ވިދާޅުވިއެވެ.

އިންޑިޔާގައި ވަޒީފާގެ ފުރުސަތުތައް ހަނިވުމާއެކު އެތައް ބަޔަކު ދަނީ ކެނެޑާއަށް ހިޖުރަކުރަމުންނެވެ. އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑަރ ޕެޓްރޯލުން ބުނާގޮތުގައި ކެނެޑާ މަގުން އެމެރިކާއަށް އެތެރެވަނީ މަދުބައެކެވެ. އެގޮތުން 2009 ވަނަ އަހަރު 6806 މީހުން ބޯޑަރ ހުރަސްކޮށް އެމެރިކާއަށް ވަނުމަށް މަސައްކަތްކޮށްފައިވާއިރު އެ އަދަދު 2021 ގައި ހުރީ 916ގައެވެ.

އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑަރ ޕެޓްރޯލުން ވަނީ 2019 ވަނަ އަހަރު ބޯޑަރު ހުރަސްކޮށް އެމެރިކާއަށް އެތެރެވާން މަސައްކަތްކުރި 339 އިންޑިޔާ މީހުން ހައްޔަރުކޮށްފައެވެ. 2020 ވަނަ އަހަރު އެއަދަދު ވަނީ 41ށް ތިރިވެފައެވެ.

އިންޑިއާއެމެރިކާކެނެޑާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު