Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު

މޮނިޓަރިންގ ގައި 32 ރަށެއް

އެންމެ ގިނަ ދުވަސްވަންދެން މޮނިޓަރިންގ ގައި އޮތް ދެ ރަށަކީ ކ.މާފުއްޓާއި ހއ.އިހަވަންދޫ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2022 | ހުކުރު 21:15
ގދ. ތިނަދޫ

ގދ. ތިނަދޫ

ކޮވިޑް-19ގެ ހާލަތާއި ގުޅިގެން މިވަގުތު 32 ރަށެއް މޮނިޓަރިންގ ގައި އޮތްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭއިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނަ ދުވަސްވަންދެން މޮނިޓަރިންގ ގައި އޮތް ދެ ރަށަކީ ކ.މާފުއްޓާއި ހއ.އިހަވަންދޫއެވެ. މީގެތެރެއިން މާފުށި މޮނިޓަރިންގ އަށް ލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ހއ.އިހަވަންދޫ މޮނިޓަރިންގ އަށް ލާފައިވަނީ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހުއެވެ. ބާކީ ހުރި ރަށްތައް މޮނިޓަރިންގ އަށް ލާފައިވަނީ ހިނގަމުންދާ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އެގޮތުން މިހާރު މޮނިޓަރިންގ ގައި ހުރި ރަށްތަކަށް ބަލާލާއިރު ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު ހދ.ނޮޅިވަރަމްފަރު މޮނިޓަރިންގ އަށް ލާފައިވާއިރު ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ށ.ފުނަދޫ، ބ.ދަރަވަންދޫ އަދި ދ.ބަނޑިދޫ އާއި ލ.ގަން ވަނީ މޮނިޓަރިންގ އަށް ގެނެސްފައެވެ. ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު މޮނިޓަރިންގ އަށް ލާފައިވާ ރ.އުނގޫފާރާއި ގދ.ގައްދޫގެ އިތުރުން ހދ.ހަނިމާދޫ އަދިވެސް އޮތީ މޮނިޓަރިންގ ގެ ހާލަތުގައެވެ.

ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ކ.ގުރައިދޫ އާއި ބ.އޭދަފުށި ވަނީ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައެވެ. ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ހއ.ދިއްދޫ މޮނިޓަރިންގ އަށް ލިއިރު 21 ވަނަ ދުވަހު ތ.ގުރައިދޫ ވަނީ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައެވެ. ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު 7 ރަށެއް މޮނިޓަރިންގ އަށް ލާފައިވެއެވެ. އެއީ ބ.ގޮއިދޫ، ޅ.ކުރެންދޫ، ހދ.ކުޅުދުއްފުށި، ލ.ދަނބިދޫ، ލ.ހިތަދޫ، ށ.ކަނޑިތީމު އަދި ވ.ކެޔޮދޫއެވެ.

23 ވަނަ ދުވަހު ނ.ކުޑަފަރި އަދި ގދ.ތިނަދޫ ވަނީ މޮނިޓަރިންގ އަށް ލާފައެވެ. 24 ވަނަ ދުވަހު 4 ރަށެއް މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައިވެއެވެ. އެއީ ގދ.މަޑަވެލި، އދ.މަހިބަދޫ، ދ.ކުޑަހުވަދޫ އަދި ދ.ހުޅުދެލިއެވެ.

ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައިވަނީ 3 ރަށެކެވެ. އެއީ ގދ.ވާދޫ، ށ.މިލަންދޫ އަދި ގއ.ކޮލަމާފުށިއެވެ. ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ނ.މާޅެންދޫ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައިވާއިރު އެންމެފަހުން ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބ.ކެންދޫ ވަނީ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑް-19ށް ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވަމުން އަންނައިރު މިވަގުތުގެ އެކްޓިވް ކޭހުގެ އަދަދު ހުރީ 17،777 ގައެވެ. އަދި ރާއްޖެއިން މުޅި ޖުމްލަ 130،599 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

ކޮވިޑް-19މާފުށިއިހަވަންދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ގާކުނޑި އަޅައިގެން އިހަވަންދޫ ހިއްކި ސަރަހައްދު ހިމާޔަތް ކުރަން ފަށައިފި!

ގާކުނޑި އަޅައިގެން އިހަވަންދޫ ހިއްކި ސަރަހައްދު ހިމާޔަތް ކުރަން ފަށައިފި!

06 ނޮވެމްބަރު 2025
މުޒާހަރާތައް ހުއްޓުވޭނެ ގޮތެއް މާފުށީ ކައުންސިލު ރައިސް ސަލާހު ރައީސް މުއިއްޒު އަށް ކިޔައިދެއްވައިފިިި

މުޒާހަރާތައް ހުއްޓުވޭނެ ގޮތެއް މާފުށީ ކައުންސިލު ރައިސް ސަލާހު ރައީސް މުއިއްޒު އަށް ކިޔައިދެއްވައިފިިި

24 އޮކްޓޯބަރު 2025
މިނިސްޓަރު އިހްސާނަށް ކުރެވޭނެ ކަމަކީ ޒުވާން ކުދިންގެ ފޯނު ހިފެހެއްޓުން: ޒިޔާދު

މިނިސްޓަރު އިހްސާނަށް ކުރެވޭނެ ކަމަކީ ޒުވާން ކުދިންގެ ފޯނު ހިފެހެއްޓުން: ޒިޔާދު

11 އޮކްޓޯބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު