Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެކްސިންގެ ހަމަހަމަކަން

ވެކްސިންގެ ހަމަހަމަކަން ޤާއިމް ކުރުމަށް ޝާހިދު ކުރައްވާ މަސައްކަތަށް ޓެޑްރޯސްގެ ތައުރީފް

އާއްމު މަޖިލީހުގެ ރައީސް ޝާހިދުގެ ލީޑަރޝިޕަށް ފުރިހަމައަށް ތާއީދުކުރައްވާކަމަށް ޓެޑްރޯސް ވިދާޅުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 ޖެނުއަރީ 2022 | ހުކުރު 07:44
ޓެޑްރޯސް - ޝާހިދު ކުރައްވާ މަސައްކަތަށް އޭނާ ވަނީ ތައުރީފް ކުރައްވާފައި

ޓެޑްރޯސް - ޝާހިދު ކުރައްވާ މަސައްކަތަށް އޭނާ ވަނީ ތައުރީފް ކުރައްވާފައި

ވެކްސިން އިކުއިޓީ، ނުވަތަ ވެކްސިންގެ ހަމަހަމަކަން ޤާއިމްކުރުމަށް އދ. ގެ ޢާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ފެއްޓެވި ކެމްޕޭނަށް ޑަބްލިޔުއެޗްއޯގެ ވެރިޔާ ތާއީދު ކުރައްވައިފިއެވެ.

މިކަމާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުނިޔޭގެ އެންމެނަށް ހަމަހަމަކޮށް ވެކްސިން ލިބޭނެ ފުރުސަތު ހޯދައިދިނުމަށް ޢާއްމު މަޖިލީހުގެ ރައީސް ފައްޓަވާފައިވާ މަސައްކަތައް މަރުޙަބާ ވިދާޅުވާކަމަށާއި، މިކަމުގައި ޢާއްމު މަޖިލީހުގެ ރައީސް ޝާހިދުގެ ލީޑަރޝިޕަށް ފުރިހަމައަށް ތާއީދުކުރައްވާކަމަށެވެ.

އދ. ގެ ޢާއްމު މަޖިލީހުގެ ރައީސްކަމާއި ހަވާލުވެވަޑައިގެންނެވި ދުވަހު އދ. ގައި އޮންނަ 193 ޤައުމާއި މުޚާތަބުކުރައްވައި އެންމެ ފުރަތަމަ ދެއްވި ތަޤުރީރުގައިވެސް ކޮވިޑް-19 ގެ ވެކްސިން ދުނިޔޭގެ އެންމެނަށް ހަމަހަމަ ގޮތެއްގައި ލިބިދިނުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ. 2022 ވަނަ އަހަރުގެ އައު އަހަރުގެ ޝިއާރެއްގެ ގޮތުގައި ޝާހިދު ފެއްޓެވި ‘#ވެކްސިންއިކުއިޓީ’ ކެމްޕޭންގައި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކާއި ޖަމިއްޔާތަކުންވެސް ވަނީ ބައިވެރިވެފައެވެ.

މި ފެށޭ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އދ. ގެ ޢާއްމު މަޖިލީހުގެ ރައީސްގެ އިސްނެންގެވުމުގެ މަތިން ޤައުމުތަކުގެ އެންމެ އިސްވެރިންގެ ފެންވަރުގެ ބައްދަލުވުމެއް މިކަމާ ބެހޭ ގޮތުން ބޭއްވުމަށް އދ. އިން ވަނީ އިއުލާންކޮށްފައެވެ.

އދ. ގެ ޢާއްމު މަޖިލީހުގެ ޖަލްސާތައް މިއަހަރަށް ފެށުމަށް ބޭއްވި ފުރަތަމަ ބައްދަލުވުމުގައި، ޝާހިދު ވިދާޅުވީ މިއާލަމީ ވަބާއަށް ނިމުމެއް ގެނައުމަށް އޮތް އެންމެ މުޖައްރިބު މަގަކީ އެންމެންނަށް ވެކްސިން ކަށަވަރުކޮށްދިނުން ކަމުގައިވީ ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެކްސިން ލިބުމުގެ ތަފާތުކަން އޮންނަހާ ހިނދަކު މި ބަލިމަޑުކަން ދާނީ ކުރިއަށް ކަމަށެވެ. ޝާހިދު ވިދާޅުވީ އާ ވޭރިއެންޓުތައް ދާނީ ފެންމަތިވަމުން ކަމަށާއި، ބައެއް ވޭރިއެންޓުތައް ވަރަށް ނުރައްކާވެ، ނޫނީ ވެކްސިންތަކަށް ނުކަތާވަރު ވެދާނެ ކަމަށެވެ. މީގެ ސަބަބުން މިހާތަނަށް ކޮވިޑް-19 އާއި ދެކޮޅަށް ކުރި ހުރިހާ މަސައްކަތެއް ފެނަށް ދިޔުމުގެ ބިރު އެބައޮތް ކަމަށާއި، މި ސައިކަލް ފުނޑުކޮށްލެވެން އޮތީ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ވަގުތުން ވެކްސިން ލިބޭގޮތް ހަދައިގެން ކަމަށެވެ.

ޝާހިދު ވިދާޅުވީ މިހާރު މުޅި ބައިނަލްއަޤުވާމީ ޚަބަރުތަކުގެ ފަލަ ސުރުޚީން ޖާގަ ހޯދަނީ ކޮވިޑް-19 ގެ ބަލިމަޑުކަން ކަމުގައި ވެދާނެ ކަމަށެވެ. ނަމަވެސް ހިތަށް ތަސައްލީއެއް ލިބިގެންދަނީ ކޮންމެ ބަލިމަޑުކަމެއް ވެސް ކޮންމެވެސް އިރަކުން ނިމެނޭކަން އެނގޭތީ ކަމަށެވެ. އަދި ކޮވިޑުން އަރައިގަތުމަށް އަމާޒު ހިފާފައި އޮތްއިރު، އަދަށްވުރެ ރަނގަޅު މާދަމާއެއް ބިނާކުރުމަށް ވެސް ސަމާލުކަން ދޭންޖެހޭ ކަމަށެވެ.

އެކަން ކުރާއިރު، ފުރަތަމަ އިސްކަމެއްގެ ގޮތުގައި ބަލަންވީ މި ބަލިމަޑުކަމުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ކޮމިއުނިޓީތަކަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. އޭގެތެރެއިން އެންމެ ގިނަ މީހުން ދިރިއުޅެނީ އެލްޑީސީ އާއި، އެލްއެލްޑީސީ އަދި އެސްއައިޑީ ޤައުމުތަކުގައި ކަމަށާއި، ބައިނަލްއަޤުވާމީ މުޖުތަމައަށް ގޮވާލަނީ، އެ ޤައުމުތަކުން ކޮވިޑް-19 އިން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް ބާރުދީ، ފުނޑުފުނޑުވެފައިވާ އެމީހުންގެ އިޤްތިޞާދު އަލުން ބިނާކުރުމަށް އެހީވެދިނުމަށް ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ޢަބްދުﷲ ޝާހިދުޓެޑްރޯސް އަދަނޮމްކޮވިޑް-19 ވެކްސިން

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް
04 އޮކްޓޯބަރު 2025

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

04 އޮކްޓޯބަރު 2025
ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު
03 އޮކްޓޯބަރު 2025

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު
03 އޮކްޓޯބަރު 2025

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު
13 ސެޕްޓެމްބަރު 2025

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު