Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެސްޓީއޯގެ މިދިޔަ އަހަރުގެ 4ވަނަ ކުއާޓަރގެ ރިޕޯޓު

އެސްޓީއޯގެ 4 ވަނަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ

27 ޖެނުއަރީ 2022 | ބުރާސްފަތި 18:10

2021 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 10 ބިލިއަން ރުފިޔާ ލިބިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 27 ޖެނުއަރީ 2022 | ބުރާސްފަތި 18:10
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ހެޑް އޮފީސް

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ހެޑް އޮފީސް | ރާއްޖެއެމްވީ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ 4 ވަނަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެސްޓީއޯއިން އާއްމުކޮށްފައިވާ 2021 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރގެ ތަފާސްހިސާބުތަކަށް ބަލާއިރު، 4 ވަނަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 3.3 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓަރއާ އަޅާބަލާއިރު 31 އިންސައްތައިގެ ކުރިއެރުމެކެވެ. ކުންފުނިން ކުރަމުން ގެންދާ ވިޔަފާރިތައް ރަނގަޅުވުމާއެކު 2021 ވަނަ އަހަރުގެ އެއް ކުއާޓަރއިން އަނެއް ކުއާޓަރއަށް ޖުމްލަ އާމްދަނީ ވަނީ އިތުރުކުރެވިފައެވެ. އެހެންކަމުން 2021 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 10 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލައިއިރު 41 އިންސައްތައިގެ ކުރިއެރުމެކެވެ.

މީގެ މައިގަނޑު ސަބަބަކީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އިތުރުވުމާއި އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލައި 26 އިންސައްތަ އިތުރުވެފައިވުމެވެ. އަދި އެސްޓީއޯއިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރައި މި ވިޔަފާރިތަކުން ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން އެސްޓީއޯގެ ޖުމްލަ އާމްދަނީ އިތުރުކުރެވުމާއެކު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 1.5 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލައި 7 އިންސައްތައިގެ ކުރިއެރުމެކެވެ. ޖުމްލަ ފައިދާ އިތުރުވުމާއި ހިންގުމުގެ ޚަރަދު އެއްވަރެއްގައި ހިފެހެއްޓުމާއެކު, ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 628 މިލިއަން ރުފިޔާ ލިބިފައެވެ. އަދި ފައިނޭންސް ކުރުމުގެ ޚަރަދުވަނީ 20 މިލިއަން ކުޑަކުރެވިފައެވެ.

ޓެކްސްއަށް ކެނޑުމަށްފަހު މިކުއާޓާރގެ ސާފު ފައިދާއަކީ 131 މިލިއަން ރުފިޔާއެވެ. ޓެކުހަށް ކެނޑުމުގެ ކުރިން، މުޅި އަހަރުގެ ސާފުފައިދާގެ ގޮތުގައި ވަނީ 571 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލައި 32 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއެކު ހިންގުމުގެ ޚަރަދު އެއްވަރެއްގައި ހިފެހެއްޓުމާއި ފައިނޭންސް ކުރުމުގެ ޚަރަދު ކުޑަކުރެވުން ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު މިއަހަރުގެ ސާފު ފައިދާއަކީ 478 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަަލާއިރު 33 އިންސައްތައިގެ ކުރިއެރުމެކެވެ.

ސްޓޭޓް ޓްރޭޑިންގް އޯރގަނައިޒޭޝަން (އެސް.ޓީ.އޯ)

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2025

އެސްޓީއޯ އަށް 2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައި 218 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިއްޖެ ކަމަށް ބުނެފި

01 ފެބުރުއަރީ 2025
އެސްޓީއޯ އަށް 2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައި 218 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިއްޖެ ކަމަށް ބުނެފި
19 ޑިސެމްބަރު 2023

އެސްޓީއޯގެ އަހަރީ ދުވަހާ ގުޅުވައިގެން، ދެ ދުވަހުގެ ސޭލެއް!

19 ޑިސެމްބަރު 2023
އެސްޓީއޯގެ އަހަރީ ދުވަހާ ގުޅުވައިގެން، ދެ ދުވަހުގެ ސޭލެއް!
27 ފެބުރުއަރީ 2023

އައްޑޫގެ ވިޔަފާރި ދަނީ ދަށަށް، ނާޒިލްގެ ފާޑުކިޔުން އަމްރު އަށް

27 ފެބުރުއަރީ 2023
އައްޑޫގެ ވިޔަފާރި ދަނީ ދަށަށް، ނާޒިލްގެ ފާޑުކިޔުން އަމްރު އަށް
25 ފެބުރުއަރީ 2023

ދިވެހިންގެ އުފެއްދުންތައް ބޭރުގައި ވިއްކޭނެ މަގު ހޯދިއްޖެ: އަމްރު

25 ފެބުރުއަރީ 2023
ދިވެހިންގެ އުފެއްދުންތައް ބޭރުގައި ވިއްކޭނެ މަގު ހޯދިއްޖެ: އަމްރު
11 ޖެނުއަރީ 2023

ވިލިނގިލި އެޖެންޓުންނަށް ކާޑު ނުވިއްކާ ކަމަށް ބުނާ ވާހަކަތައް އެސްޓީއޯއިން ދޮގުކޮށްފި

11 ޖެނުއަރީ 2023
ވިލިނގިލި އެޖެންޓުންނަށް ކާޑު ނުވިއްކާ ކަމަށް ބުނާ ވާހަކަތައް އެސްޓީއޯއިން ދޮގުކޮށްފި
19 ޑިސެމްބަރު 2022

ޖޮބް ސެންޓަރ މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި އެސްޓީއޯގެ ވަޒީފާތައް ހޯދޭނެ

19 ޑިސެމްބަރު 2022
ޖޮބް ސެންޓަރ މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި އެސްޓީއޯގެ ވަޒީފާތައް ހޯދޭނެ
16 ސެޕްޓެމްބަރު 2022

އެސްޓީއޯ ކާޑު ގުދަނުގައި ސޯލާ ޕީވީ ސިސްޓަމް ގާއިމްކޮށް، އިރުގެ ހަކަތައިން ކަރަންޓު އުފައްދަން ފަށައިފި

16 ސެޕްޓެމްބަރު 2022
އެސްޓީއޯ ކާޑު ގުދަނުގައި ސޯލާ ޕީވީ ސިސްޓަމް ގާއިމްކޮށް، އިރުގެ ހަކަތައިން ކަރަންޓު އުފައްދަން ފަށައިފި
13 ސެޕްޓެމްބަރު 2022

11 ރަށެއްގައި ފާމަސީ ހަދަން އެސްޓީއޯއާ ހަވާލުކޮށްފި

13 ސެޕްޓެމްބަރު 2022
11 ރަށެއްގައި ފާމަސީ ހަދަން އެސްޓީއޯއާ ހަވާލުކޮށްފި
16 ޖުލައި 2022

އާދީއްތަ ދުވަހުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކޮތަޅުން އަގު ނަގަނީ

16 ޖުލައި 2022
އާދީއްތަ ދުވަހުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކޮތަޅުން އަގު ނަގަނީ
04 ޖުލައި 2022

ސަބްސިޑީއާއެކު ރައްޔިތުންނަށް ވިއްކާ އަގުހެޔޮ ތެލުގެ ނާޖާއިޒް ފައިދާ ނަގާ މައްސަލަ ހުއްޓުވަނީ

04 ޖުލައި 2022
ސަބްސިޑީއާއެކު ރައްޔިތުންނަށް ވިއްކާ އަގުހެޔޮ ތެލުގެ ނާޖާއިޒް ފައިދާ ނަގާ މައްސަލަ ހުއްޓުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް