Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޚާރިޖީ ގުޅުން ވަރުގަދަކުރުން

ރާއްޖެއިން ބުރުންޑީއަށް ފުރަތަމަ ފަހަރަށް އޮނަރަރީ ކޮންސުލް އެއް

ބުރުންޑީއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރީ މީގެ އެއް ހަފްތާ ކުރިން، 20 ޖެނުއަރީ ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ޖެނުއަރީ 2022 | ބުރާސްފަތި 09:10
ދިވެހިރާއްޖެއިން ބުރުންޑީއަށް ފުރަތަމަ ފަހަރަށް އޮނަރަރީ ކޮންސުލް އެއް އައްޔަނު ކުރުން

ދިވެހިރާއްޖެއިން ބުރުންޑީއަށް ފުރަތަމަ ފަހަރަށް އޮނަރަރީ ކޮންސުލް އެއް އައްޔަނު ކުރުން

ބުރުންޑީގައި ހުންނަވާ ދިވެހިރާއްޖޭގެ ފުރަތަމަ އޮނަރަރީ ކޮންސުލް މރ. ސިލްވިއޭ ބަންކިންބާގާ އަށް އެމަގާމު ހަވާލުކުރިކަމުގެ ލިޔުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލު ހަވާލުކޮށްދެއްވައިފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އޮނަރަރީ ކޮންސުލްކަމަށް އައްޔަންކުރިކަމުގެ ލިޔުން ބަންކިންބާގާ އާ ހަވާލުކުރުމާ ގުޅިގެން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ވިދާޅުވީ، އޮނަރަރީ ކޮންސުލް އައްޔަންކުރެވުމާއެކު ދެޤައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް އަދި އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖެއާ ބުރުންޑީއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރީ މީގެ އެއް ހަފްތާ ކުރިން، 20 ޖެނުއަރީ ގައިކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

12 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ ބުރުންޑީއާ ދިވެހިރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ ނިއުޔޯކްގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ބުރުންޑީއާއެކު ޚާރިޖީ ގުޅުން ރަސްމީކޮށް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައިވަނީ އ.ދ އަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ޕާމަނެންޓް ރެޕްރެޒެންޓޭޓިވް ތިލްމީޒާ ހުސައިންއެވެ. ބުރުންޑީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެޤައުމުގެ ޕާމަނެންޓް ރެޕްރެޒެންޓޭޓިވް ޒެފެރިން މާނިރާ ޓާންގާއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ނިއުޔޯކުގައި ހުންނަ ރާއްޖޭގެ ޔޫއެން އޮފީހުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައެވެ.

ގިނަ ޤައުމުތަކަކާއެކު ޚާރިޖީ ގާތް ގުޅުމެއް ބޭއްވުމަކީ އަދުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވަރަށް މުހިންމު ސިޔާސަތެކެވެ.

ޚާރިޖީ ވުޒާރާޢަބްދުﷲ ޝާހިދު

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް
04 އޮކްޓޯބަރު 2025

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު
03 އޮކްޓޯބަރު 2025

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު
11 ސެޕްޓެމްބަރު 2025

"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"

11 ސެޕްޓެމްބަރު 2025
"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު