Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހޮޖްސަން ވަޓްފޯޑާ ހަވާލުވުން

ރެލިގޭޝަނުގައި އޮތް ވަޓްފޯޑުގެ ކޯޗަކަށް ހޮޖްސަން

ހޮޖްސަން އަކީ މި ސީޒަނުގައި ވަޓްފޯޑަށް ކޯޗުކޮށްދޭނެ ތިންވަނަ ކޯޗު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 26 ޖެނުއަރީ 2022 | ބުދަ 14:11
ވަޓްފޯޑާ ހަވާލުވި ތަޖުރިބާކާރު ކޯޗު ރޯއީ ހޮޖްސަން

ވަޓްފޯޑާ ހަވާލުވި ތަޖުރިބާކާރު ކޯޗު ރޯއީ ހޮޖްސަން

އިނގިރޭސި ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނުގައި އޮތް ވަޓްފޯޑުގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު ރޯއީ ހޮޖްސަން ހަމަޖައްސައިފިއެވެ.

އުމުރުން މިހާރު 74 އަހަރުގެ ހޮޖްސަން އަކީ މި ސީޒަނުގައި ވަޓްފޯޑަށް ކޯޗުކޮށްދޭނެ ތިންވަނަ ކޯޗެވެ. އެގޮތުން މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުން ޕްރޮމޯޓްވެ، ވަޓްފޯޑަށް މި ސީޒަނުގެ ފުރަތަމަ މެޗުތަކުގައި ކޯޗުކޮށްދިނީ ސްޕެއިނުގެ ޒިސްކޯ މުނޯޒެވެ. އެކަމަކު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޒިސްކޯ ވަކިކޮށް ވަޓްފޯޑުން ދެން ގެނައީ ކުރިން ލެސްޓާ ސިޓީ އާއި ޗެލްސީއަށް ކޯޗުކޮށްދިން ތަޖުރިބާކާރު ކޯޗު ކްލައުޑިއޯ ރަނިއޭރީއެވެ.

އެކަމަކު ރަނިއޭރީގެ ކޯޗުކަމުގައި ވަޓްފޯޑުން ކުޅުނު 14 މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައިވަނީ އެންމެ ދެ މެޗުންނެވެ. އެއާއެކު ލީގުގައި އަމިއްލަ ދަނޑުގައި ނޮރިޗް ސިޓީ އަތުން 3-0 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު ރަނިއޭރީ ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި ރަނިއޭރީ މަގާމުން ވަކިކުރިތާ 24 ގަޑިއިރު ތެރޭގައި އެ ޓީމުގެ ކޯޗަކަށް ހޮޖްސަން މިހާރު ވަނީ ހަމަޖައްސާފައެވެ.

ހޮޖްސަން އަކީ އިޓަލީގެ ޕޯޒޯ ފެމިލީން 2012 ވަނަ އަހަރު ވަޓްފޯޑް ގަތް ފަހުން އެ ޓީމަށް ގެނައި 15 ވަނަ ކޯޗެވެ. ވަޓްފޯޑުގެ ކޯޗަކަށް ހޮޖްސަން ހަމަޖެއްސިއިރު، އޭނާ އެންމެ ފަހުން ޕްރިމިއާ ލީގުގައި އިރުޝާދުދީފައި ކްރިސްޓަލް ޕެލަސްއަށެވެ. އެގޮތުން 2017 ވަނަ އަހަރު ހޮޖްސަން ޕެލަސްއާ ހަވާލުވިއިރު، އޭނާ އެ ޓީމުގެ ކޯޗުކަން ދޫކޮށްލާފައިވަނީ މިދިޔަ ސީޒަން ނިމުމުންނެވެ. އަދި ހޮޖްސަން މީގެ ކުރިން ވަނީ ލިވަޕޫލާއި، އިންޓަ މިލާނާއި، ވެސްޓް ބްރޮމްވިޗް އެލްބިއަންގެ އިތުރުން އިނގިރޭސިވިލާތުގެ ގައުމީ ޓީމުގެ ކޯޗުކަންވެސް ކޮށްފައެވެ.

މި ވަގުތު ޕްރިމިއާ ލީގުގެ ތާވަލުގެ ފުލުން ދެވަނައިގައި ވަޓްފޯޑް އޮތްއިރު، އެ ޓީމަށް ކުޅުނު 20 މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ. ހިޖްސަންގެ އިރުޝާދުގެ ދަށުން ވަޓްފޯޑުން އެންމެ އަވަހަށް މެޗެއް ކުޅޭނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހެވެ. އެ ދުވަހު ރަށުން ބޭރުގައި ވަޓްފޯޑް ނުކުންނާނީ ބާންލީއާ ދެކޮޅަށެވެ.

ރޯއީ ހޮޖްސަންވަޓްފޯޑް

އިތުރަށް ކިޔާލަން

28 ޖޫން 2023

ކްރިސްޓަލް ޕެލެސްގެ ކޯޗުގެ މަގާމުގައި އަންނަ ސީޒަނުގައި ދެމިހުންނަން ރޯއީ ހޮޖްސަން ނިންމައިފި

28 ޖޫން 2023
ކްރިސްޓަލް ޕެލެސްގެ ކޯޗުގެ މަގާމުގައި އަންނަ ސީޒަނުގައި ދެމިހުންނަން ރޯއީ ހޮޖްސަން ނިންމައިފި
07 މާރިޗު 2022

ޔުނައިޓެޑް ބަލިކޮށް، އެއްވަނައިގައި ސިޓީ ހަމަޖެހިލައިފި

07 މާރިޗު 2022
ޔުނައިޓެޑް ބަލިކޮށް، އެއްވަނައިގައި ސިޓީ ހަމަޖެހިލައިފި
05 އޮކްޓޯބަރު 2021

ވަޓްފޯޑުގެ ކޯޗަކަށް ރަނިއޭރީ

05 އޮކްޓޯބަރު 2021
ވަޓްފޯޑުގެ ކޯޗަކަށް ރަނިއޭރީ
16 މާރިޗު 2017

ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

16 މާރިޗު 2017
ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ
14 މާރިޗު 2017

ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ

14 މާރިޗު 2017
ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު