Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އޮމިކްރޯން ވޭރިއަންޓްގެ އަސަރު

އޮމިކްރޯން ވޭރިއަންޓް ޖެހިގެން އައިސީޔޫއަށް ލާންޖެހޭ މީހުންގެ އަދަދު މަދު: ދިރާސާ

އައިސީޔޫން ފަރުވާދޭ މީހުންގެ ނިސްބަތް އޮމިކްރޯން ވޭރިއަންޓްގައި ހުރީ ކުރީގެ ވޭރިއަންޓްތަކުގައި އައި ރާޅުތަކާއި އަޅާބަލާއިރު 29 އިންސައްތަ ދަށްކޮށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2022 | ބުދަ 01:23
ކޮވިޑް-19 ޖެހިފައިވާ މީހަކަށް ފަރުވާދެނީ

ކޮވިޑް-19 ޖެހިފައިވާ މީހަކަށް ފަރުވާދެނީ

ކޮވިޑް-19ގެ މީގެކުރީގެ ވޭރިއަންޓްތަކާއި އަޅާބަލާއިރު އޮމިކްރޯން ވޭރިއަންޓް ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަން ޖެހޭ މީހުންނާއި އައިސީޔޫން ފަރުވާދޭންޖެހޭ މީހުންގެ އަދަދު މަދުކަމަށް އެމެރިކާގައި ކުރިޔަށް ގެންދިޔަ ދިރާސާއެއްގައި ބުނެފިއެވެ.

މިދިރާސާގެ ނަތީޖާ އަންގާރަ ދުވަހު ވަނީ ޝާއިއުކޮށްފައެވެ. މިދިރާސާ ކޮށްފައިވަނީ އެމެރިކާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުންނެވެ. ދިރާސާއިން ހާމަވެފައިވާ ގޮތުގައި ކޮވިޑްގެ އެހެން ވޭރިއަންޓްތަކާއި އަޅާބަލާއިރު އޮމިކްރޯން ވޭރިއަންޓް ޖެހިގެން މީހާއަށް ވާ ވަރު ކުޑައެވެ. ނަމަވެސް އޮމިކްރޯން ވޭރިއަންޓަކީ ހަލުވި ކަމާއެކު ފެތުރެމުން އަންނަ ވޭރިއަންޓެކެވެ. އެއާއެކު ގިނަ ބަޔަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވެސްވެއެވެ.

ކޭސްތައް އިތުރުވި ނަމަވެސް އަދި ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހުނު ނަމަވެސް އައިސީޔޫއިން ފަރުވާދޭ މީހުންގެ ނިސްބަތް އޮމިކްރޯން ވޭރިއަންޓްގައި ހުރީ ކުރީގެ ވޭރިއަންޓްތަކުގައި އައި ރާޅުތަކާއި އަޅާބަލާއިރު 29 އިންސައްތަ ދަށްކޮށްކަމަށް ދިރާސާއިން ވަނީ ހާމަވެފައެވެ. ބައެއް ހިސާބުތަކުގައި އެއަދަދު ހުރީ ޑެލްޓާ ވޭރިއަންޓްގެ ދުވަސްވަރަށްވުރެ 26 އިންސައްތަ ދަށުގައެވެ.

އޮމިކްރޯން ވޭރިއަންޓުން ވާ ގެއްލުން ކުޑަވާ ސަބަބެއްގެ ގޮތުގައި ދިރާސާގައި ފާހަގަކޮށްފައިވަނީ ވެކްސިން ޖެހުމެވެ. އަދި އިތުރު ޑޯޒެއްގެ ގޮތުގައި ބޫސްޓަރ ޑޯޒް ޖެހުންވެސް ވަނީ ފާހަގަކޮށްފައެވެ. އަދި މީގެކުރިން ވައިރަސް ޖެހިގެން މީހުންގެ ހަށިގަނޑުގައި ވައިރަސް އިން ދިފާއުވުމުގެ ބައި ކުރިޔަށްވުރެ އިތުރުވެފައިވުންވެސް އޮމިކްރޯން ވޭރިއަންޓް ޖެހިގެން މީހުންނަށް ވާވަރު ކުޑަކޮށްދޭ ސަބަބުތަކުގެ ގޮތުގައި ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

އޮމިކްރޯން ވޭރިއަންޓާއެކު އެންމެ ޕީކުގައި އޮތްކަމަށް ބެލެވުނު ދުވަސްވަރު ކަމުގައިވާ ޑިސެމްބަރ މަހުގެ 19ން ޖެނުއަރީ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކޮންމެ 1000 ކޭހަކުން މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައިވަނީ 9 ކޭހެވެ. ނަމަވެސް އޭގެކުރިން ޑެލްޓާ ވޭރިއަންޓްގައި އެއަދަދު ހުރީ ކޮންމެ 1000ން 13 މީހެކެވެ. އަދި ފަހުން އައި ފިނިމޫސުމުގެ ޕީކުގައި އެއަދަދު ހުރީ ކޮންމެ ހާހަކުން 16 ގައި ކަމަށްވެސް ދިރާސާގައި ބުނެފައިވެއެވެ.

މިދިރާސާއިން ހާމަވެފައިވާ ކަންކަމާއި އޭގެކުރިން އޮމިކްރޯންގެ ޕީކު އައިސްފައިވާ ގައުމުތައް ކަމުގައިވާ ދެކުނު އެފްރިކާ، އިނގިރޭސިވިލާތް، ސްކޮޓްލެންޑް ފަދަ ގައުމުތަކުން ކުރިޔަށްގެންދިޔަ ދިރާސާތަކުން ހާމަވި ކަންކަމާއި އެއްގޮތްކަމެއް ހުރި ކަމަށް އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ސެންޓަރ (ސީޑީސީ) އިން ބުނެއެވެ.

އޮމިކްރޯން ވޭރިއަންޓް ޖެހިގެން އެޑްމިޓްކުރާ ކުޑަކުދިންގެ އަދަދު ގިނަވެފައިވަނީ ވެކްސިން ޖަހާފައިވާ ކުޑަކުދިންގެ އަދަދު ބޮޑެތި މީހުންނާއި އަޅާބަލާއިރު މަދުވުމުންކަމަށް ބެލެވޭކަމަށް ސީޑީސީން ބުނެއެވެ. އުމުރުން 5 އަހަރުން ދަށުގެ ކުޑަކުދިންނަށް އެމެރިކާގައި ކޮވިޑް-19 ވެކްސިން ދެމުންނުދެއެވެ.

މިދިރާސާ ކުރިޔަށް ގެންގޮސްފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހާ ހަމައަށް އެމެރިކާގެ ހެލްތުކެއަރ އިން ލިބެން ހުރި ޑާޓާތަކާއި ތިން ސަރވިއަލަންސް ނިޒާމެއްގެ ތެރެއިން ލިބެންހުރި ޑާޓާތައް އަޅާ ކިޔައިގެންނެވެ.

އޮމިކްރޯން ވޭރިއަންޓްކޮވިޑް-19

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު