Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެކްސީ ދަތުރުތަކުގެ މައްސަލަ

މާލޭގެ އެތެރޭގެ ދަތުރުތައް ނަގަން ޓެކްސީ ޑްރައިވަރުން އިންކާރެއް ނުކުރޭ: ޑްރައިވަރުންގެ ޖަމްއިއްޔާ

25 ޖެނުއަރީ 2022 | އަންގާރަ 13:26

އަގުތައް އެންމެ އެކަށީގެންނެއް ނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 25 ޖެނުއަރީ 2022 | އަންގާރަ 13:26
މަޖީދީމަގު

މަޖީދީމަގު

މާލޭގެ އެތެރޭގެ ދަތުރުތައް ނަގަން ޓެކްސީ ޑްރައިވަރުން އިންކާރުނުކުރާ ކަމަށާއި، ދަތުރުގެ އަގުތަކުގައި ވަރަށް ބޮޑަށް މައްސަލަ އުޅޭ ކަމަށް ޓެކްސީ ޑްރައިވަރުންގެ ޖަމްއިއްޔާއިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް އެޖަމްއިއްޔާގެ މެންބަރު އަބްދުﷲ އިބްރާހިމް ވިދާޅުވީ، ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް މިސަރުކާރުން ހައްލު ހޯދައިނުދޭ ކަމަށާއި، ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށެވެ. މިހާތަނަށް މަޝްވަރާކޮށް މައްސަލައަށް ހައްލު ގެނައުމަށް ކުރި މަސައްކަތް ނާކާމިޔާބު ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޓެކްސީ ތަކުގެ އަގުތަކަށް އިޝާރާތް ކުރައްވައި އަބްދުﷲ ވިދާޅުވީ، އަގުތައް ކަނޑައަޅާފައިވަނީ ޓެކްސީ ސެންޓަރުތަކާއި އަދި ޑްރައިވަރުންނާ މަޝްވަރާ ކުރުމެއް ނެތި ކަމަށާއި، މަޝްވަރާ ކުރި ކަމަށް ޓްރާސްޕޯޓު މިނިސްޓްރީން ބުނި ނަމަވެސް އެއީ ދޮގެއް ކަމަށެވެ. މަޝްވަރާކޮށްފައިވަނީ ވެސް ކަމާނުގުޅޭ، މިނިސްޓްރީން ބޭނުންވާ ވަކި ބަޔަކާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުﷲ ވިދާޅުވީ ޕެޓްރޯލް އަގު އުފުލިގެންދާއިރު ވެސް ޓެކްސީތަކުގެ އަގު މަތި ނުކުރެވޭ ކަމަށާއި، ނަމަވެސް ހުރިހާ ވިޔަފާރިއެއްގެ އަގުތައް މައްޗަށް ދާ ކަމަށެވެ. ދިރިއުޅުމުގެ އެހެނިހެން ޚަރަދުތައް އިންތިހާއަށް މަތިވެފައިވާ ކަމަށް އަބްދުﷲ ވިދާޅުވިއެވެ.

މާލޭގެ އެތެރޭގެ ދަތުރުތައް ނަގަން ޓެކްސީ ޑްރައިވަރުން އިންކާރުކުރާ ވާހަކަތަކަށް ރައްދު ދެއްވައި އަބްދުﷲ ވިދާޅުވީ އެއީ ދޮގެއް ކަމަށާއި، މެޖޯރިޓީ ޑްރައިވަރުން އެގޮތަށް އެކަން ނުކުރާނެ ކަމަށެވެ. މާލޭއިން ހުޅުމާލެގެ ދެވަނަ ފިޔަވައްސަށް ދިއުމަށް އެތައް ވަގުތެއް ނަގާއިރު، ލިބެނީ 90 ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މާލޭގެ އެތެރެއިން 25 ރުފިޔާ ދަތުރަށް ނަގާއިރު ދެވަނަ ފިޔަވައްސަށް ދިއުމަށް ނަގާ ވަގުތާ އަޅާބަލާއިރު ނުބައްދަލު ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުﷲ ވިދާޅުވީ ޓެކްސީ ޑްރައިވަރުން މިއަދު އެމަސައްކަތް ކުރަނީ ގިނަ ތަކުލީފުތަކާއެކު ކަމަށާއި، އެމަސައްކަތުން ލިބެނީ ގެއްލުން ކަމަށެވެ. ވިޔަފާރީގައި ފައިދާ ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. މާލޭގެ މަގުތައް ހުންނަ ގޮތުން ވެސް ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ އެތެރޭގެ ދަތުރުތައް ނަގަން ޓެކްސީ ޑްރައިވަރުން އިންކާރުނުކުރާ ކަމަށް ޓެކްސީ ޑްރައިވަރުންގެ ޖަމްއިއްޔާއިން ބުނި ނަމަވެސް މި ފަހަކަށް އައިސް މާލޭގެ އެތެރޭގެ ދަތުރުތަށް ނެގުމަށް ޓެކްސީ ޑްރައިވަރުން އިންކާރުކުރާ މައްސަލަ ވަނީ ފެންމަތިވެފައެވެ. އޭގެ ބަދަލުގައި މާލެއިން ހުޅުމާލެއަށް ނުވަތަ އެއާޕޯޓަށް ކުރާ ދަތުރުތައް އެފަރާތްތަކުން އަންނަނީ ނަގަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޓެކްސީ ޑްރައިވަރުން މިގޮތަށް ކަންތައް ކުރަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ ފައިސާ ހޯދުމަށްޓަކައެވެ.

މިމައްސަލަ ބޮޑުވުމާ ގުޅިގެން ހަމައެކަނި ހުޅުމާލެއާއި އެއާޕޯޓަށް ދަތުރުކުރާ ޓެކްސީތައް ރިޕޯޓުކޮށްދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެދިފައެވެ. އާންމުން ޓެކްސީގެ ޚިދުމަތަށް އެދުމުން ބޭނުންވާ ޚިދުމަތް ފޯރުކޮށް ނުދޭ ފަރާތްތަކުގެ މައުލޫމާތު މިނިސްޓްރީގެ ފޯނު ނަންބަރު 7943434 މެދުވެރިކޮށް ވައިބަރ މެސެޖުން ހިއްސާކުރުމަށް ވަނީ އެދިފައެވެ. އާންމުންނަށް ޚިދުމަތް ދިނުމުގައި ޓެކްސީ ސެންޓަރުތަކުގެ މައްޗަށް ގާނޫނާއި ގަވާއިދުތަކުން ލާޒިމުކުރާ ކަންކަން ފުރިހަމަ ނުކުރާ ފަރާތްތަކާމެދު ކުރިއަށް އޮތްތަނުގައި ފިޔަވަޅު އަޅާނެކަމަށް މިނިސްޓްރީން ބުނެއެވެ.

މާލެ ތެރޭގައި އާންމުކޮށް ޓެކްސީ ދަތުރުތައް ކޮށްދެނީ 25 ރުފިޔާއަށެވެ. ނަމަވެސް މާލެއާ ހުޅުމާލޭގެ އެއްވަނަ ފިޔަވައްސާ ދެމެދުގެ ދަތުރުތައް ކުރަނީ 75 ރުފިޔާއަށެވެ. ދަންވަރު 12ގެ ފަހުން މި ދަތުރުތައް ކުރަނީ އިތުރަށް ފަސް ރުފިޔާ ޗާޖުކޮށްފައެވެ.

މާލެއާ ހުޅުމާލޭގެ ދެވަނަ ފިޔަވައްސާ ދެމެދު ކުރާ ދަތުރުތަކަށް އާންމުކޮށް ނަގަނީ 90 ރުފިޔާއެވެ. އަދި މާލެއާ އެއާޕޯޓާ ދެމެދު ދަތުރުކޮށްދޭ އާންމު އަގަކީ 65 ރުފިޔާއެވެ. ދަންވަރު 12ގެ ފަހުން މި ދަތުރުތައް ކުރާނަމަ އިތުރަށް 10 ރުފިޔާ ޗާޖުކުރެއެވެ.

ޓެކްސީ ޚިދުމަތް

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

5

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
18 ނޮވެމްބަރު 2025

'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

18 ނޮވެމްބަރު 2025
'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް
18 ނޮވެމްބަރު 2025

ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު

18 ނޮވެމްބަރު 2025
ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު
08 ސެޕްޓެމްބަރު 2025

ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!

08 ސެޕްޓެމްބަރު 2025
ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!
14 އެޕްރީލު 2025

ޓެކްސީ ޑްރައިވަރުންނަށް ދިން ޔަގީންކަން އަވާމެންދުރަށް

14 އެޕްރީލު 2025
ޓެކްސީ ޑްރައިވަރުންނަށް ދިން ޔަގީންކަން އަވާމެންދުރަށް
28 ފެބުރުއަރީ 2025

ސަރުކާރުން ފަށަން އުޅޭ ޓެކްސީ ޚިދުމަތައް ތާއީދެއް ނުކުރަން: އާޒިމް

28 ފެބުރުއަރީ 2025
ސަރުކާރުން ފަށަން އުޅޭ ޓެކްސީ ޚިދުމަތައް ތާއީދެއް ނުކުރަން: އާޒިމް
02 ފެބުރުއަރީ 2025

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

02 ފެބުރުއަރީ 2025
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
17 ޑިސެމްބަރު 2024

މި ސަރުކާރުން ހުރިހާ ސިނާއަތަކަށް ވެސް ދަތިތަކާއި ކުރިމަތިކުރުވާ - ޑީޑީ

17 ޑިސެމްބަރު 2024
މި ސަރުކާރުން ހުރިހާ ސިނާއަތަކަށް ވެސް ދަތިތަކާއި ކުރިމަތިކުރުވާ - ޑީޑީ
17 ޑިސެމްބަރު 2024

ހައްޔަރުކޮށްފައިވާ ޑްރައިވަރުންނާއި ޓޯކޮށްފައިވާ ޓެކްސީތައް ވަގުތުން ދޫކޮށްލަން ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ގޮވާލައިފި

17 ޑިސެމްބަރު 2024
ހައްޔަރުކޮށްފައިވާ ޑްރައިވަރުންނާއި ޓޯކޮށްފައިވާ ޓެކްސީތައް ވަގުތުން ދޫކޮށްލަން ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ގޮވާލައިފި
14 ޑިސެމްބަރު 2024

ހައްޔަރުކުރި ޑްރައިވަރުން ދޫކޮށްލަންދެން ހަމަހިމޭން މުޒާހަރާތަކެއް ކުރަނީ

14 ޑިސެމްބަރު 2024
ހައްޔަރުކުރި ޑްރައިވަރުން ދޫކޮށްލަންދެން ހަމަހިމޭން މުޒާހަރާތަކެއް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް