Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިއެމްސީޓީސީގެ އެސްޖީއާ ބައްދަލުކުރެއްވުން

އައިއެމްސީޓީސީގެ އެސްޖީއާ ޑިފެންސް މިނިސްޓަރ ބައްދަލު ކުރައްވައިފި

ކޯލިޝަންގައި 41 ގައުމުން ބައިވެރިވެފައިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 25 ޖެނުއަރީ 2022 | އަންގާރަ 09:46
"އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން"ގެ ސެކްރެޓަރީ ޖެނެރަލް މޭޖަރ ޖެނެރަލް މުޙައްމަދު ބިން ސައީދު އަލްމުޣައިދީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ބައްދަލުކުރެއްވުނ

"އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން"ގެ ސެކްރެޓަރީ ޖެނެރަލް މޭޖަރ ޖެނެރަލް މުޙައްމަދު ބިން ސައީދު އަލްމުޣައިދީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ބައްދަލުކުރެއްވުނ

"އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން" (އައި.އެމް.ސީ.ޓީ.ސީ)ގެ ސެކްރެޓަރީ ޖެނެރަލް މޭޖަރ ޖެނެރަލް މުޙައްމަދު ބިން ސައީދު އަލްމުޣައިދީއާ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ބައްދަލުކުރައްވައިފިއެވެ.

އައި.އެމް.ސީ.ޓީ.ސީ އަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށްޓަކައި ސައުދީ އަރަބިއްޔާއިން އުފައްދާފައިވާ ކޯލިޝަނެކެވެ.

Advertisement - newsAdvertisement

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ މާރިޔާ ވަނީ، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ރައީސް ޞާލިޙްގެ ސަރުކާރުން ގެންގުޅުއްވާ "ޒީރޯ ޓޮލަރެންސް" ސިޔާސަތުގެ ދަށުން، ޓެރަރިޒަމާއި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވަން ގައުމީ ފެންވަރުގަޔާއި ބައިނަލްއަގްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް، ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވަމުން ގެންދަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. މިގޮތުން، ސައުދީ އަރަބިއްޔާގެ ވެރިރަށް ރިއާދުގައި ގާއިމްކޮށްފައިވާ އައި.އެމް.ސީ.ޓީ.ސީގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި، 2020 ވަނަ އަހަރުގެ ޖަނަވަރީމަހުން ފެށިގެން، 1 އަހަރުގެ މުއްދަތަށް ޑިޕްލޯއިކޮށްފައިވާ ދިވެހި ގައުމީ ދިފާއީ ބާރުގެ ކޮންޓިންޖަންޓުން، އެމުއްދަތު އިތުރުކޮށް، މިހާރުވެސް އެސެންޓަރުގައި ހަރަކާތްތެރިވަމުންދާކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، އައި.އެމް.ސީ.ޓީ.ސީގެ ސެކްރެޓަރީ ޖެނެރަލްވަނީ، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ދިވެހިރާއްޖޭގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތުގައި، އައި.އެމް.ސީ.ޓީ ކޯލިޝަންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. މިގޮތުން، އިސްލާމްދީނުގައި ކަން އޮންނަ ގޮތް އާންމުންނަށް ރަނގަޅަށް އޮޅުންފިލުވައިދޭނެ ދީނީ ޢިލްމުވެރިންނާއި ޓެރަރިސްޓު ހަމަލާޔަކުން ރައްކާތެރިވުމަށް ބޭނުންވާ އާލާތްތައް ފޮނުވައިގެން، މިމަސައްކަތް އިތުރަށް ވަރުގަދަކުރުމާ ބެހޭގޮތުން ދެފަރާތުންވަނީ މަޝްވަރާކުރައްވާފައެވެ.

އިސްލާމީ ގައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި 2015 ވަނަ އަހަރު އުފެއްދި މި ކޯލިޝަންގައި 41 ގައުމަކުންވަނީ ބައިވެރިވެފައެވެ. މި ކޯލިޝަންގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އިސްލާމީ ޤައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، މެމްބަރު ގައުމުތަކުގެ މެދުގައި ޓެރަރިޒަމާ ގުޅުންހުރި މައުލޫމާތު ހިއްސާކުރުން ހިމެނެއެވެ.

މި ބައްދަލުވުމުގައި، މިނިސްޓަރ އޮފް ޑިފެންސްގެ އަރިހުގައި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު (އެން.ސީ.ޓީ.ސީ)ގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި، މިލިޓަރީ ސެކްރެޓަރީ ޓު ދަ މިނިސްޓަރ އޮފް ޑިފެންސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދާއި އައި.އެމް.ސީ.ޓީ.ސީގައި ޙަރަކާތްތެރިވަމުންދާ އެމްއެންޑީއެފް ކޮންޓިންޖަންޓުގެ ކޮމާންޑަރ ކާނަލް މުޙައްމަދު މުޚުތާރާއި އެމްއެންޑީއެފްގެ ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަންގެ ޕްރިންސިޕަލް ޑިރެކްޓަރ ލެފްޓިނަންޓް ކާނަލް އަޙްމަދު ޝަރީފުވަނީ ބައިވެރިވެވަޑައިގެންފައެވެ.

މޭޖަރ ޖެނެރަލް މުޙައްމަދު ބިން ސައީދު އަލްމުޣައިދީ ވަނީ މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލާއި ސިފައިންގެ އިސްވެރިންނާވެސް ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައިވެސް ވަނީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

މިނިސްޓަރ އޮފް ޑިފެންސް, މާރިޔާ އަހުމަދު ދީދީޓެރަރިޒަމް

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި

06 ޑިސެމްބަރު 2025
ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި
28 ނޮވެމްބަރު 2025

ތަކުރާރުކޮށް ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިން މީހަކަށް، 10 އަހަރުގެ ޖަލު ހުކުމެއް

28 ނޮވެމްބަރު 2025
ތަކުރާރުކޮށް ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިން މީހަކަށް، 10 އަހަރުގެ ޖަލު ހުކުމެއް
27 ނޮވެމްބަރު 2025

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި
25 ނޮވެމްބަރު 2025

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށަކަށް ހެދުމަށް އިސްލާހެއް

25 ނޮވެމްބަރު 2025
މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށަކަށް ހެދުމަށް އިސްލާހެއް
11 ނޮވެމްބަރު 2025

އިސްލާމްއާބާދު ގައި ގޮއްވާލި ބޮމުގެ ޒިންމާ އިންޑިއާ ގެ ބޮލުގައި ޕާކިސްތާނުން އަޅުވައިފި

11 ނޮވެމްބަރު 2025
އިސްލާމްއާބާދު ގައި ގޮއްވާލި ބޮމުގެ ޒިންމާ އިންޑިއާ ގެ ބޮލުގައި ޕާކިސްތާނުން އަޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު