Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ވެރިކަން

ރައީސް ޔާމީނަކީ ވެރިކަމަށް ގެންނަން ހެޔޮވާވަރު ބޭފުޅެއް ނޫން - ނަސީމް

25 ޖެނުއަރީ 2022 | އަންގާރަ 08:51

އެމްޑީޕީގެ މާލިމީންނަކީ ޑިމޮކްރީސައި ރާއްޖެ ދުށް އެންމެ މޮޅު ދެ ބޭފުޅުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 25 ޖެނުއަރީ 2022 | އަންގާރަ 08:51
އަހުމަދު ނަސީމް - ހެލްތް މިނިސްޓަރ

އަހުމަދު ނަސީމް - ހެލްތް މިނިސްޓަރ

ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ރާއްޖޭގެ ވެރިކަމަށް ގެންނަން ހެޔޮވާވަރުގެ ބޭފުޅެއް ނޫން ކަމަށް ހެލްތް މިނިސްޓަރ އަހުުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަސީމް މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން ޖަލްސާއެއްގައި ށ.މަރޮށީގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނަސީމް ވިދާޅުވީ، ރަށްރަށުގެ އަމާންކަން ނައްތަލުމަށް ކުރާ މަސައްކަތަކީ ސީދާ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ހިންގާ އަމަލުތައް ކަމަށެވެ. ރަށެއްގެ ހެލްތް ސެންޓަރުގައި ޑޮކްޓަރެއް ނުވަތަ ނަރުހެއް މަދު ވުމުން ރައްޔިތުން ނުކުމެ އެތަނުގައި ތަޅު އެޅުވުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށެވެ. އެއީ ސީދާ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ހިންގާ ކަންކަން ކަމުގައި ނަސީމް ވިދާޅުވިއެވެ. އެފަދަ ގާނޫނާ ޚިލާފު ކަންކަން ނުކުރުމަށް ރައްޔިތުންނަށް ނަސީމް އިލްތިމާސް ކުރެއްވިއެވެ. އަސާސީ ޚިދުމަތް ދޭ އެފަދަ ތަންތަން ތަޅު އަޅުވައިގެން ތިބުމަށް އިދިކޮޅަށް ޖާގަ ނުދެއްވާނެ ކަމަށް ނަސީމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނަސީމް ވިދާޅުވީ، އިންޑިއާ އައުޓް ޖަހައިގެން ރައީސް ޔާމީން ކުރައްވަނީ ވަރަށް ލަތުވެތި ކަމެއް ކަމަށެވެ. އެއީ ސީރިއަސް މައްސަލައެއް ކަމަށާއި، އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ.

ގާތްގަނޑަކަށް 17 އަހަރުވަންދެން ރައީސް ޔާމީނާއެކު މަސައްކަތް ކުރެއްވި ކަމަށާއި، އެއީ އެއްގޮތަކަށްވެސް ވެރިކަމަށް ގެންނަން ހެޔޮވާވަރުގެ ބޭފުޅެއް ނޫން ކަމަށެވެ. މިހާރުވެސް ކެމްޕެއިން ކުރެއްވުމުގެ ނަމުގައި ރަށްރަށަށް ވަޑައިގެން އިންނަވަނީ ޑިގް ކުޅުއްވުމަށް ކަމަށެވެ. އަބަދުވެސް ރައީސް ޔާމީން ވިސްނުންފުޅު ގެންގުޅުއްވަނީ ކޮންމެވެސް މަކަރެއް ހައްދަވައިގެން ގޮނޑިއެއް ހޯއްދަވަން ކަމަށް ނަސީމް ވިދާޅުވިއެވެ. މިއީ 2013ގައިވެސް ފެނިފައި އޮތް މަންޒަރެއް ކަމަށެވެ.

ނަސީމް ވިދާޅުވީ އެމްޑީޕީގެ މާލިމީންނަކީ ޑިމޮކްރީސައި ރާއްޖެ ދުށް އެންމެ މޮޅު ދެ ބޭފުޅުން ކަމަށެވެ. އެ ދެބޭފުޅުންގެ މިންނެތް މަސައްކަތުން މުޅި ރާއްޖެ ބަދަލު ކުރައްވައިފި ކަމަށާއި، އެއީ ކުރިން ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމެއް ނޫން ކަމަށެވެ. ކޮވިޑް ކޮންޓްރޯލް ކުރުމާއި ވެކްސިން ޕްރޮގްރާމްގައިވެސް ރާއްޖެއަކީ، އެންމެ ކާމިޔާބު ގައުމުތަކުގެ ލިސްޓްގައި ގުނާލެވޭ ގައުމެއް ކަމަށެވެ. އެހެންކަމުން މިހާރުވެސް މަސައްކަތް ކުރަންވީ މި ސަރުކަރު ނަގަހައްޓައި ދެމެހެއްޓުމަށް ކަމަށެވެ.

ހެލްތު މިނިސްޓަރު، އަޙުމަދު ނަސީމްކޮމަންޑޫ ދާއިރާ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

25 އޮކްޓޯބަރު 2023

ގައުމީ އެމްބިއުލާންސްގެ ޚިދުމަތް ފަށައިފި، ގުޅޭނެ ނަންބަރަކީ 100!

25 އޮކްޓޯބަރު 2023
ގައުމީ އެމްބިއުލާންސްގެ ޚިދުމަތް ފަށައިފި، ގުޅޭނެ ނަންބަރަކީ 100!
07 އެޕްރީލު 2023

މިއަހަރު ރާއްޖެއިން ރުބެއްލާ ފޮހެލަން އަމާޒު ހިފައިފި

07 އެޕްރީލު 2023
މިއަހަރު ރާއްޖެއިން ރުބެއްލާ ފޮހެލަން އަމާޒު ހިފައިފި
18 ޑިސެމްބަރު 2022

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރ ރާއްޖެ ވަޑައިގެންފި

18 ޑިސެމްބަރު 2022
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރ ރާއްޖެ ވަޑައިގެންފި
06 ޑިސެމްބަރު 2022

ދެމެހެއްޓެނިވި ގޮތެއްގައި އޯގާތެރި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރަން އެންމެ މުހިންމު މަސައްކަތަކީ ނަފްސާނީ ދުޅަހެޔޮކަން ތަރައްގީ ކުރުން: ނަސީމް

06 ޑިސެމްބަރު 2022
ދެމެހެއްޓެނިވި ގޮތެއްގައި އޯގާތެރި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރަން އެންމެ މުހިންމު މަސައްކަތަކީ ނަފްސާނީ ދުޅަހެޔޮކަން ތަރައްގީ ކުރުން: ނަސީމް
08 ނޮވެމްބަރު 2022

އަމާޒަކީ 2030ގެ ކުރިން ގައިންގަޔަށް ނާރާ ބަލިތައް ބޮޑުތަނުން ދަށްކުރުން: ނަސީމް

08 ނޮވެމްބަރު 2022
އަމާޒަކީ 2030ގެ ކުރިން ގައިންގަޔަށް ނާރާ ބަލިތައް ބޮޑުތަނުން ދަށްކުރުން: ނަސީމް
02 ނޮވެމްބަރު 2022

މާމެންދޫ އަދި ނިލަންދޫ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ނިމޭނެ – ނަސީމް

02 ނޮވެމްބަރު 2022
މާމެންދޫ އަދި ނިލަންދޫ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ނިމޭނެ – ނަސީމް
26 އޮކްޓޯބަރު 2022

މިނިސްޓަރ ނަސީމަށް އެންމެ ބޮޑު އުފާވެރިކަމެއް ލިބިލައްވަނީ މަލަކަށް ބަލާލެއްވުމުން

26 އޮކްޓޯބަރު 2022
މިނިސްޓަރ ނަސީމަށް އެންމެ ބޮޑު އުފާވެރިކަމެއް ލިބިލައްވަނީ މަލަކަށް ބަލާލެއްވުމުން
25 އޮކްޓޯބަރު 2022

ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްގެ ގޮތުގައި އެއްވެސް އިރެއްގައި ދައުވާ ނުކުރޭ – ނަސީމް

25 އޮކްޓޯބަރު 2022
ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްގެ ގޮތުގައި އެއްވެސް އިރެއްގައި ދައުވާ ނުކުރޭ – ނަސީމް
25 އޮކްޓޯބަރު 2022

ހޮސްޕިޓަލުތައް ހިންގަން ޖެހޭނީ މިނިސްޓްރީ އާ ވަކިން، އަންނަ އަހަރު އިންގިލާބީ ބަދަލެއް އަންނާނެ – ނަސީމް

25 އޮކްޓޯބަރު 2022
ހޮސްޕިޓަލުތައް ހިންގަން ޖެހޭނީ މިނިސްޓްރީ އާ ވަކިން، އަންނަ އަހަރު އިންގިލާބީ ބަދަލެއް އަންނާނެ – ނަސީމް
10 އޮކްޓޯބަރު 2022

އަމާޒަކީ ސިއްޙީ ދާއިރާއާ ގުޅުންހުރި ދިރާސާތައް ކުރެވޭ މިންވަރު އިތުރުކޮށް އެކަމަށް މަގުފަހިވާ ވެއްޓެއް ގާއިމުކުރުން - ނަސީމް

10 އޮކްޓޯބަރު 2022
އަމާޒަކީ ސިއްޙީ ދާއިރާއާ ގުޅުންހުރި ދިރާސާތައް ކުރެވޭ މިންވަރު އިތުރުކޮށް އެކަމަށް މަގުފަހިވާ ވެއްޓެއް ގާއިމުކުރުން - ނަސީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް