Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމީނުގެ ޝަރީއަތް

ސުޕްރީމް ކޯޓުން މި ކުރީ ކީއް؟

ދަށު ކޯޓުން ނިންމީ ސާބިތުވާ ކަމަށް

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2022 | އާދީއްތަ 13:51
ރައީސް ޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިއުން

ރައީސް ޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިއުން

"ވަރުހުންނާނީ ވަނާޖުބޭސާއަކު ނޫނެވެ، ފައިސާގައެވެ" މިހެން ކިޔާ އަޑު ވަރަށް ކުރިންސުރެ އަހަމެވެ. ބަސްފޮތުގައި މި ބަހުގެ މާނައަކަށް އޮންނަނީ ބާރު ހުންނާނީ ކިޔާ އަންބާގައެއް ނޫނެވެ. ފައިސާގައެވެ. މިހެންނެވެ.

ހީކުރެވިފައި އޮންނަނީ އެ ބުނާ އެއްޗެއްގެ މާނައަކީ މަސައްކަތުގެ މައިދާނުގައި މީހުން ލައްވައި މަސައްކަތް ކުރުވުމުގައި މީހުންނަށް ހިތްވަރުދޭން އަންބާ ކިޔައިގެން ހަމައެކަނި ނުފުދޭނެ ވާހަކަ ކަމުގައެވެ. ޚަރަދުވެސް ކުރަން ޖެހޭނެ ކަމުގައެވެ. ކޮންމެވެސް އެއްޗެއް ދީގެން ނޫން ގޮތަކަށް ކަންކަން ފުރިހަމަ ނުކުރެވޭނެ ވާހަކަ ކަމުގައެވެ.

ނަމަވެސް މި ބަސް ކޯޓުތަކުގެ ޝަރީއަތުގެ މަޖިލިސްތަކުގައި ކުރާ ވަކާލާތާއި ހުށައަޅާ ހެކި ޤަރީނާއާއި، ޤާއިމުކުރާ ހުއްޖަތާއި، ކުރާ ބަހުސްތަކާއި މީހުން ގުޅުވާލަފާނެ ކަމަކަށް މީގެ ކުރިން ދުވަހަކުވެސް ހިތަކަށް ނާރައެވެ. އަދި ގުޅުވޭނެ ގޮތެއް އޮންނާނެ ކަމަކަށްވެސް ޤަބޫލެއް ނުކުރެވެއެވެ. އެހެން ޤަބޫލު ނުކުރެވެނީ ކޯޓުތަކުގެ ފަނޑިޔާރުންނާއި ޝަރީއަތުގެ މަޖިލިސްތަކަކީ ފައިސާއާއި ރިޝްވަތާއި ދުރު، އަމާނަތްތެރިކަމާ ގާތް ތަންތަން ކަމުގައި އަބަދުވެސް ޤަބޫލު ކުރެވޭތީއެވެ.

މި ދޭތެރެއަކުން ސުޕްރީމް ކޯޓުގައި ނިމިގެން ދިޔަ ރައީސް ޔާމީނުގެ އިސްތިއުނާފީ ޝަރީއަތާއި މި ބަހާ މީހަކު ގުޅުވައިފިއެވެ. އެ ޝަރީއަތާ ގުޅޭގޮތުން އަޅުގަނޑުގެ ރައްޓެއްސަކު ލިޔެފައި އޮތް ލިއުމެއް އަޅުގަނޑު ދުށީމެވެ. އޭގައި އޮތީ މިހެންނެވެ.

"ނިކަން ދެކިބަލާށެވެ. މިހިރީވެސް ކޯޓުތަކުގައި ކަންކަން ހިނގާ ގޮތެވެ. ދަށު ކޯޓުން ނިންމީ ސާބިތުވާ ކަމަށެވެ. ހައިކޯޓުން ނިންމީ ސާބިތުވާ ކަމަށެވެ. އެވެސް އެއްވެސް ޝައްކެއް ނެތް މިންވަރަށެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ހިނގަމުންދިޔައިރު ފަރުވާތެރިކަމާއެކު ބެލީމެވެ. ފަނޑިޔާރުން ދައްކަވާ ވާހަކަތަކާއި ކުރައްވާ ސުވާލުތަކާއި، ނަންގަވާ ނުކުތާތައް އަޑުއިވިފައި ބައެއް ފަހަރު ހައިރާންވެސް ވެއެވެ. އެބޭފުޅުންގެ މޮޅުކަމާއި ކުޅަދާނަކަމުގެ މައްޗަށް ހިތާހިތުން ތައުރީފުވެސް ކުރެވެއެވެ. އެހާ މޮޅު ފަނޑިޔާރުން ތިއްބެވި ޤައުމަކަށް ލެއްވީތީ ޝުކުރުވެރިވެވޭލެއްވެސް މަދެއް ނޫނެވެ.

ބައެއް ފަހަރު ހިތަށް އަރައެވެ. ފަނޑިޔާރުންނަކީ މިއީ ހާދަހާ މޮޅު ބައެކެވެ. އެމީހުން ހަމަ ހަގީގަތުގައިވެސް އެތަންތާނގައި އެ ތިބެނީ މޮޅުވެގެންނެވެ. ދެ ފަރާތުން ދައްކަމުން ގެންދާ ވާހަކަތަކާއި ކުރައްވާ ސުވާލުތަކާއި، ނަންގަވާ ނުކުތާތައް ނަންގަވަނީ ހަމަ އެހެން ތިއްބަވާފައެއް ނޫނެވެ. އަޑުއެހުމަކަށް ފަހު އަޑުއެހުމެއް ކުރިއަށް ދަމުންގޮސް، ޝަރީއަތް ނިމުމަކާއި ގާތް ވެއްޖެއެވެ.  

އެންމެ އަޅައިގަތީ ބައެއް ބޭފުޅުން ފަނޑިޔާރު މަނިކުފާނު ޖަޒުބާތުގައި ޖެއްސެވުމަށް ދެއްކެވި އަސަރުގަދަ ވާހަކަތައް އަޑުއައްސަވަން އިންނަވާފައި ދެއްވި ޖަވާބެވެ. ވިދާޅުވާތީ އިވުނެވެ. ޝަރީއަތަކީ ޖަޒުބާތާއި ޝުއޫރުގެ މައްޗަށް ކުރާ އެއްޗެއް ނޫނެވެ. ޙުކުމަކީވެސް ޖަޒުބާތާއި ޝުއޫރުގެ މައްޗަށް ކުރާ އެއްޗެއް ނޫނެވެ. އަޅުގަނޑުމެން ބަލާނީ ޤާނޫނަށެވެ. ހުށައަޅާފައި ހުރި ލިއެކިއުމަށެވެ. ހެކި ޤަރީނާއަށެވެ. އޭގެ ބޭރުން ތިޔަ ދައްކަވާހާ ވާހަކަތަކަކީ އަޅުގަނޑުމެން ރިއާޔަތް ކުރާނެ އެއްޗެއް ނޫނެވެ.

ތަރުޚީބުގެ އަތްތިލަބަޑިއެއް ޖަހާލަން ހިތަށް އެރިއެވެ. މާފަތިތަކެއް ހަދައިގެން ގޮސް ފަނޑިޔާރުގެ ކަރުގައި މާފަތި އަޅުވަންވެސް ހިތަށް އެރިއެވެ. އެބޭފުޅުންގެ މޮޅުކަމާއި ކުޅަދާނަކަން ހިތަށް އަރާފައެވެ.

ކުރިމަތީގައި ހުރި މަސައްކަތްތަކާއި ދިރާސާ ކުރަން ހުރި ލިއެކިއުންތައް ގިނަކަމުން ޙުކުމް ކުރައްވާނެ ދުވަހެއް ފަހުން އިއުލާނު ކުރައްވާނެކަމަށް ވިދާޅުވެ ޝަރީއަތް ނިންމަވާލެއްވިއެވެ. ޙުކުމް ކުރާ މަޖިލީހަށް އިންތިޒާރު ކުރަމުން ދިޔައީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަޕޯޓަރުން އެކަންޏެއް ނޫނެވެ. ދައުލަތާއި ސަރުކާރު އެކަންޏެއްވެސް ނޫނެވެ. އަޅުގަނޑުވެސް ކެތްމަދުވެފައި ހުރީ އެކަމަށެވެ.

ޙުކުމް ކުރުމުގެ އަޑުއެހުން ބޭއްވިއްޖެއެވެ. އެކި ނުކުތާތަކަށް ވަކިވަކިން ފަނޑިޔާރުން އަލިއަޅުވާލައްވަމުން ގެންދެވިއެވެ. ފަނޑިޔާރު މަނިކުފާނު އަޅައިގަތީ 2 އަކުރެއްގައެވެ. ދައުލަތުން ބުނެފައި އޮތީ އެއީ ލިއުމުގެ ކުށެއް ކަމުގައެވެ. އެއީ އާންމުކޮށް ދިމާވާ ކަމެއް ކަމުގައެވެ. ބޭންކުގައި އިން ކުއްޖާއަށް ހެދިފައި އޮތް ގޯހެއް ކަމުގައެވެ. މިކަން ސާބިތު ނުކުރެވޭނެވަރު ކަމެއް ނޫންކަމުގައެވެ.

މިހާ ހިސާބަށް ދިޔައިރު އަޅުގަނޑުވެސް އިނީ ފިލްމެއްގެ ފަހު ތަޅާލުންގަނޑު ބަލަން އިންނަ މީހަކު އިންނަހެންނެވެ. ސަސްޕެންސް ވަރަށް ބޮޑުވެއްޖެއެވެ. މީހާވެސް ކުޑަކޮށް ފިނިވެއްޖެއެވެ. ބައެއް ފަހަރު ޙުކުމް އަންނަން އުޅެނީ އަޅުގަނޑުގެ މައްޗަށޭ ހީވާ ފަހަރުވެސް އާދެއެވެ. ވާނީވެސް އެހެން ނޫންތޯއެވެ؟ ގެއްލިގެން މި އުޅެނީ ދިވެހި ރައްޔިތުންގެ ފައިސާއެވެ. އެ ފައިސާއަށް ޙިޔާނަތްތެރިވިކަމުގެ ތުހުމަތު ކުރެވިގެން އުޅެނީ އެ ފައިސާ ބަލަހައްޓަން ޙަވާލުވި މީހާގެ މައްޗަށެވެ. އަޅުގަނޑުވެސް ހިމެނެނީ އެބުނާ ދިވެހި ރައްޔިތުންގެ ތެރޭގައެވެ. އެހެންވިއްޔާ އެއީ އަޅުގަނޑުގެވެސް ފައިސާ ނޫންތޯއެވެ؟

ފަނޑިޔާރު މަނިކުފާނު ޙުކުމް ކުރައްވައިފިއެވެ. ޙުކުމުގެ އަޑު އަހާފައި އަޅުގަނޑުވެސް ގަނޑުވީއެވެ. އަތްފައި ފިނިވީއެވެ. ދާ ހިތްލަން ފެށީއެވެ. މާބޮޑަށް މޭތެޅެން ފެށީއެވެ. ކުޑަކޮށް ހާސްވާހެންވެސް ހީވާންފެށީއެވެ. އެހެން ނުވާންވީ ކީއްވެތޯއެވެ؟ ފަނޑިޔާރު މަނިކުފާނު ނިންމެވީ ރައީސް ޔާމީނުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. ދަށު ކޯޓާއި ހައިކޯޓުގެ ޙުކުމް ބާތިލު ކަމަށެވެ. އެންމެ ބޮޑު ސަބަބެއް ކަމުގައި ފާހަގަ ކުރެއްވީ އެއްކަލަ ދެ އަކުރެވެ.

އަޅުގަނޑަށް ލިބިފައި އިން ހައިރާންކަން އިހުނަށްވުރެ ބޮޑުވީ ފަނޑިޔާރު މަނިކުފާނު ދެން ދެއްކެވި ވާހަކައިންނެވެ. ވިދާޅުވާތީ އިވޭހެން ހީވިއެވެ. ރައީސް ޔާމީނުގެ އެކައުންޓުގައި ހުރި ފައިސާއަކީ ކޮން ފައިސާއެއްކަން އެމަނިކުފާނަށް ބުނެ ނުދެވުނު ވާހަކައެެވެ. ވެރިކަމުގައި ހުންނަވައިގެން އަމަލު ކުރެއްވީ ރައީސަަކު އަމަލު ކުރައްވަން ޖެހިވަޑައިގަންނަވާ ގޮތަށް ނޫންކަމުގެ ވާހަކައެވެ. އެ ފައިސާއަކީ އޭގެ ހަގީގަތް ހޯދަން ޖެހޭނެ ފައިސާއެއްކަމުގެ ވާހަކައެވެ. ދައުލަތުން އެކަމަށް އުޅުއްވަންވެސް ޖެހޭނެކަމުގެ ވާހަކައެވެ.

އޭރު އަޅުގަނޑަށް އިނދެވުނީ އިނގިލީގައި ދަތް އަޅާލައިގެންނެވެ. އަޅުގަނޑު ހިތަށް އެރިއެވެ. ފަނޑިޔާރުންގެ ބެންޗުގައި އަޅުގަނޑަށް ނީނދެވުނުކަން އެއީ ނަސީބެކެވެ. އެެހެންނަމަ އަޅުގަނޑަށް އެ ވާހަކަ ދެއްކޭނީ މިހެންނެވެ.

އޭނާގެ މައްޗަށް ކުށެއް ސާބިތެއް ނުވެއެވެ. އެކަމަކު އޭނާއަކީ ވަގެކެވެ. އޭނާ ކުރީ ވައްކަމެވެ. އޭނާ ވައްކަން ކޮށްގެން ހޯދި ފައިސާ ކަލޭމެން ހޯދަން ޖެހޭނެއެވެ. އޭގެ ހަގީގަތްވެސް ހޯދަން ޖެހޭނެއެވެ. އޭނާ އުޅުނީކީ ރައީސަކު އުޅެގެންވާނެ ގޮތަށްވުރެ ހުތުރުކޮށެވެ. އެކަމަކު އެއީ އަޅުގަނޑުނަމަތާއެވެ. އެތަނުގައި ތިއްބެވީ ފަނޑިޔާރުން ނޫންތޯއެވެ. އެހެންކަމުން އެބޭފުޅުން މިފަދަ އިބާރާތަކުން ވާހަކައެއް ނުދައްކަވާނެ ނޫންތޯއެވެ.

އެހާ ހިސާބުން ދެން އަހަރެންގެ ހިތަށް އެރި އެއްޗެއް އެނގޭ ހެއްޔެވެ. ވަރު ހުންނާނީ ވަނާޖުބޭސާއަކު ނޫނޭ ފައިސާގައެވެ. "

މިއީ ސުޕްރީމް ކޯޓުގައި ހިނގާ ދިޔަ ޝަރީއަތާއި ގުޅޭގޮތުން އެމީހާ ލިޔެފައި އޮތް ލިޔުމުގައި ހުރި ވާހަކަތަކެވެ. އޭނާގެ މި ލިޔުން ފެނިފައި އަޅުގަނޑު ހިތަށް އެރިއެވެ. ސުޕްރީމް ކޯޓާއި އެ ކޯޓުން ކުރައްވާ ޝަރީއަތްތަކާއި ޙުކުމްތަކާމެދު އެކަހަލަ ވާހަކަ ދައްކާކަށް ނުވާނެއެވެ. އެބޭފުޅުން ޙުކުމް ކުރައްވާނީ އަދުލަށެވެ. އިންސާފަށެވެ. އަޅުގަނޑާއި އެބޭފުޅާ ކަހަލަ ޤާނޫނު ނުދަންނަ މީހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޙުކުމްތަކުގެ ވާހަކަ ދެއްކީމާ ވާނީ ގޯހެވެ. އެކަމަކު އެބޭފުޅާގެ ލިއުން ނިންމާލާފައި އޮތީ ސުވާލަކުންނެވެ. ސުޕްރީމް ކޯޓުން މި ކުރީ ކީއްހެއްޔެވެ؟

ރައީސް ޔާމީންޔާމީންދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

28 ޖޫން 2025
ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

04 ޖޫން 2025
މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި

މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި

05 މެއި 2025
މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ މާދަމާ ހެނދުނު 11:00ގައި

މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ މާދަމާ ހެނދުނު 11:00ގައި

16 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު