Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖިހާދުގެ ކޮރަޕްޝަން މައްސަލަ

ހައިކޯޓުން ބަލައި ނުގަތުމުން ޖިހާދުގެ މައްސަލަ އެންމެ ފަހުން ސުޕްރީމް ކޯޓަށް

ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުގެ ރައުޔަކީ ހައިކޯޓުގެ ރެޖިސްޓަރަރ މައްސަލަ ބަލައި ނުގަންނަން ނިންމީ ރަނގަޅަށް ކަމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 ޑިސެމްބަރު 2024 | އާދީއްތަ 11:26
ކުރީގެ ނައިބުރައީސް އަބްދުﷲ ޖިހާދު

ކުރީގެ ނައިބުރައީސް އަބްދުﷲ ޖިހާދު

ކުރީގެ ނައިބު ރައީސް އަދި ޑރ. މުއިއްޒުގެ ސަރުކާރުން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއަރޕާރސަން ކަމަށް އައްޔަން ކުރެއްވި އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލައުތުން ކޮށްފައިވާ ދަޢުވާގެ މައްސަލަ ހައިކޯޓުން ބަލައިނުގަތުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ޖިހާދުގެ މައްޗަށް ދައުވާކުރަނީ 2013 ވަނަ އަހަރު އޭނާ ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވުމުގައި ދައުލަތަށް ފައިދާނުވާ ގޮތަށް އަމަލުކުރެއްވި ކަމަށް ބުނެއެވެ. އެ މައްސަލާގައި ޖިހާދުގެ މައްޗަށް ކުރަނީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާއެވެ.

Advertisement - newsAdvertisement

ޖިހާދުގެ މައްސަލަ ހައިކޯޓަށް ހުށަހެޅީ، ކްރިމިނަލް ކޯޓުން އެ މައްސަލަ ނުބެލޭނެކަމަށް ބުނެ މައްސަލަ ބޭރުކޮށްލުމުންނެވެ. އަދި ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ޖިހާދަށް ޗިޓް ރައްދު ނުކުރެވިގެން އެ މައްސަލަ ކޯޓުން ބޭރުކޮށްލިއެވެ. އަދި ފަހުން އެ މައްސަލަ ހުށަހެޅުމުން ހައިކޯޓުން ޕީޖީ އަށް ދިން މުއްދަތު ހަމަވެފައިވާ ކަމަށް ބުނެ ކޯޓުން ދެވަނަ ފަހަރަށް މައްސަލަ ބޭރުކޮށްލިއެވެ. އަދި ފަހުން އެ ނިންމުން މުރާޖާ ކުރުމަށް ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ނިންމީ އެންމެ ފަނޑިޔާރެކެވެ.

ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލަ ކްރިމިނަލް ކޯޓުން ނުބެލޭނެ ކަމަށް ބުނެ ބޭރުކޮށްލުމުން ޕީޖީ އިން ހައިކޯޓަށް ހުށަހެޅީ އެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބަލަން އަމުރުކޮށް ދިނުމަށެވެ.

ޕީޖީ އޮފީހުން މައްސަލަ އިސްތިއުނާފް ކުރީ ކްރިމިނަލް ކޯޓުގެ ނިންމުން ބިނާކުރި އަސާސެއް ނެތުމާއި އެކަށީގެންވާ މިންވަރަށް ސަބަބު ބަޔާން ކޮށްފައި ނެތުމުން ކަމަށް ބުނެއެވެ. އިސްތިއުނާފް މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވުމާ ގުޅިގެން އެ ނިންމުން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން މައްސަލަ ބަލައިގަންނަން ޖެހޭނެ ކަމަށް ނިންމެވީ ފަނޑިޔާރު ހަސަން ޝަފީއު އެކަންޏެވެ.

ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުގެ ރައުޔަކީ ހައިކޯޓުގެ ރެޖިސްޓަރަރ މައްސަލަ ބަލައި ނުގަންނަން ނިންމީ ރަނގަޅަށް ކަމަށެވެ. އެ ގޮތުން ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ދީބާނާޒް ފަހުމީ ނިންމެވީ، މައްސަލަ ބަލައި ނުގަތުމަށް ނިންމީ ރަނގަޅަށް ކަމަށެވެ.

ކުރީގެ ނައިބުރައީސް އަބްދުﷲ ޖިހާދުހައި ކޯޓުކްރިމިނަލް ކޯޓްދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު