Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19 ރާއްޖޭގެ ޙާލަތު

"މިހާރު ވިސްނުން ހުރީ ކޮވިޑް ބައްޔާއެކު ދިރިއުޅުން ކުރިއަށް ގެންދާ ގޮތަށް"

މިހާރު ހުރި ފިޔަވަޅުތަކަށް ބޯލެނބުން ނުހަނު މުހިއްމު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2022 | އާދީއްތަ 08:48
އެޗްޕީއޭގެ އެޕިޑެމޮލޮޖިސްޓް ޑރ އިބްރާހިމް އަފްޒަލް

އެޗްޕީއޭގެ އެޕިޑެމޮލޮޖިސްޓް ޑރ އިބްރާހިމް އަފްޒަލް

މިހާރު ވިސްނުން ހުރީ ކޮވިޑް ބައްޔާއެކު ދިރިއުޅުން ކުރިއަށް ގެންދާ ގޮތަށް ކަމަށް އެޗްޕީއޭގެ އެޕިޑެމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

އެޗްޕީއޭގެ އެޕިޑެމޮލިޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، އެނގޭ ގޮތުގައި އޮމިކްރޯންގެ ސަބަބުން އެނދުމަތި ކުރެވޭ މިންވަރު ނިސްބަތުން ދަށްކަމަށް ބޭރުގެ ދިރާސާތަކުންވެސް ދައްކާ ކަމަށެވެ. އެހެންނަމަވެސް، މިހާރުވެސް އިތުރު ތައްޔާރީ ފިޔަވަޅުތައް އެޗްޕީއޭއިން އަޅަމުންދާ ކަމަށާއި، ތައްޔާރީ ޙާލަތަށް ދިއުމަށް ކުރަން ޖެހޭ ކަންކަން ކުރިއަށްދާކަމަށް ޑރ އަފްޒަލް ވިދާޅުވިއެވެ. އަދި ޑެލްޓާ ވޭރިއަންޓާއި އަޅާބަލާއިރު މިހާރު އެނދުމަތި ކުރެވޭ މިންވަރު ނިސްބަތުން މަދު ނަމަވެސް، ކޭސްތައް މިހާރު ހުރި މިންވަރުގައި އިތުރުވާނަމަ، އެ އަދަދުތައްވެސް މައްޗަށް ދާނެކަމަށް ޑރ އަފްޒަލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޑރ އަފްޒަލް ވިދާޅުވީ، މިހާރު ވިސްނުން ހުރީ ބައްޔާއެކު ދިރިއުޅުން ކުރިއަށް ގެންދާ ގޮތަށް ކަމަށެވެ. އެގޮތުން ޤައުމުގެ އިޤްތިސާދުވެސް ހިނގަން ޖެހޭ ކަމަށާއި، އާންމު ދިރިއުޅުމުގެ ކަންކަންވެސް ހިނގަންޖެހޭކަމަށް ޑރ އަފްޒަލް ވިދާޅުވިއެވެ.

އެއާއެކު މިހާރު ހުރި ފިޔަވަޅުތަކަށް ބޯލެނބުން ނުހަނު މުހިއްމު ކަމަށް ޑރ އަފްޒަލް ވިދާޅުވިއެވެ. އަދި ޕޮޒިޓިވްވެގެން އެކަހެރިވާއިރު "ރިލީސް ޑޮކިއުމަންޓެއްގެ" ގޮތުގައި ވަކި ލިޔުމެއް ބޭނުން ނުކުރާނެކަން ފާހަގަ ކުރައްވައި ޑރ އަފްޒަލް ވިދާޅުވީ، ކޭސްތައް ގިނަ ކަމުގެ ސަބަބުން ނަތީޖާ ނުލިބިވާ ގިނަ ސާމްޕަލްތައް އެބަހުރި ކަމަށެވެ.

ޑރ އަފްޒަލް ވިދާޅުވީ، މި ކޭސްތައް އިތުރުވާއިރު އެންމެ ބޮޑަށް ނުރައްކަލަކަށް ހުށައެޅިގެންދަނީ ސިއްޙީ ޚިދުމަތްތެރިން ކަމަށެވެ. އެގޮތުން އެކަމުގެ ސަބަބުން ހޮސްޕިޓަލުތަކުގެ ޚިދުމަތްތަކަށްވެސް އޭގެ އަސަރުކުރާކަމަށް ވިދާޅުވިއެވެ. ޑރ އަފްޒަލް ވިދާޅުވީ، ކޭސްތައް މިހާރު ހުރި ރޭޓުގައި މަތިވަމުންދާނަމަ، ކޭސްތަކުގެ އަދަދު މިހާރަަށްވުރެ ދެގުނައަށް އިތުރުވެގެން ގޮސްދާނެކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

ސާމްޕަލް ނެގުމަށްފަހު ނަތީޖާ ލިބުން ލަސްވާ މައްސަލައަށް އަލިއަޅުވާލައްވާ ޑރ އަފްޒަލް ވިދާޅުވީ، އެންމެ އަވަހަށްވެސް ސާމްޕަލް ލިބުމަށް 48 ގަޑިއިރު ނަގާ ކަމަށެވެ. އެ މަސައްކަތުގައި ކޮންމެވެސް ވަރެއްގެ ލަސްތަކެއް ހުރި ނަމަވެސް ވީހާވެސް އަވަހަށް އެ ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާކަން ޑރ އަފްޒަލް ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތް ޕްރޮގްރާމް މެނޭޖަރ ނާޝިޔާ އަބްދުލް ޤަފޫރު ވިދާޅުވީ، ކޮވިޑް-19 ގެ ވެކްސިނެއް ޖަހައި ދެ ޑޯޒް ފުރިހަމަކޮށް އަދި ދެވަނަ ޑޯޒް ޖަހާފައިވާތާ 6 މަސް ވެފައިވާނަމަ، ބޫސްޓަރ ޑޯޒް ފައިޒަރ ވެކްސިންއިން ޖެހޭނެ ކަމަށެވެ. ނާޝިޔާ ވިދާޅުވީ ދެވަނަ ޑޯޒް ނުޖަހައި ތިބި ފަރާތްތަކަށްވެސް އަދިވެސް ޑޯޒް ފުރިހަމަ ކުރުމަށް ފުރުސަތު އެބައޮތް ކަމަށެވެ. އެގޮތުން ފައިޒަރ ވެކްސިން މިހާރު ހުރި ސެންޓަރުތަކުން ޖެހޭނެ ކަމަށާއި، އެސްޓްރަޒެނެކާ އާއި ސިނޮފަރމް ވެކްސިން ނަމަ ސެނަހިޔާއިން އެޕޮއިންޓްމަންޓަކާއި ނުލައި ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ފުރުސަތު އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19އެޗްޕީއޭހެލްތު މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު