Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ރާއްޖޭގެ ޙާލަތު

ޑަބްލިއުއެޗްއޯއިން ހުއްދަ ދީފައިވާ ރެޕިޑް ޓެސްޓް ކިޓަށް ކުރިއަށް އޮތް ތަނުގައި ހުއްދަ ދޭން ވިސްނަނީ

23 ޖެނުއަރީ 2022 | އާދީއްތަ 08:34

މިހާރަަކަށް އައިސް ފެންނަ ކޭސްތައް ވަނީ އިތުރުވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ޖެނުއަރީ 2022 | އާދީއްތަ 08:34
އެޗްޕީއޭގެ އެޕިޑެމޮލޮޖިސްޓް ޑރ އިބްރާހިމް އަފްޒަލް- ޑރ އިބްރާހިމް އަފްޒަލް ވިދާޅުވީ، ޑަބްލިއުއެޗްއޯއިން ހުއްދަ ދީފައިވާ ރެޕިޑް ޓެސްޓް ކިޓަށް ކުރިއަށް އޮތް ތަނުގައި ހުއްދަ ދެއްވާނެ ކަމަށް

އެޗްޕީއޭގެ އެޕިޑެމޮލޮޖިސްޓް ޑރ އިބްރާހިމް އަފްޒަލް- ޑރ އިބްރާހިމް އަފްޒަލް ވިދާޅުވީ، ޑަބްލިއުއެޗްއޯއިން ހުއްދަ ދީފައިވާ ރެޕިޑް ޓެސްޓް ކިޓަށް ކުރިއަށް އޮތް ތަނުގައި ހުއްދަ ދެއްވާނެ ކަމަށް

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހުއްދަ ދީފައިވާ ރެޕިޑް އެންޓިޖެން ޓެސްޓް ކިޓުން ޓެސްޓު ކުރުމުގެ ހުއްދަ ދިނުމަށް ވިސްނަމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އާދިއްތަ ދުވަހު ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑެމޮލޮޖިސްޓް ޑރ އިބްރާހިމް އަފްޒަލް ވިދާޅުވީ، ޑަބްލިއުއެޗްއޯއިން ހުއްދަ ދީފައިވާ ރެޕިޑް ޓެސްޓް ކިޓަށް ކުރިއަށް އޮތް ތަނުގައި ހުއްދަ ދިނުމަށް ވިސްނުން ގެންގުޅުއްވާކަމަށެވެ. ނަމަވެސް އެކަން ކުރައްވާނެ ވަކި ތާރީޚެއް ޑރ.އަފްޒަލް ހާމައެއް ނުކުރައްވައެވެ.

Advertisement - newsAdvertisement

ރެޕިޑް ޓެސްޓް ކިޓް އާންމުން އަމިއްލައަށް ޓެސްޓު ކުރުމަށް ހުއްދަ ދިނުމުގެ ވިސްނުމެއް ނެތްކަމަށް އެޗްޕީއޭން މީގެ ކުރިން ވަނީ ބުނެފައެވެ. ސަބަބެއްގެ ގޮތުން އެޗްޕީއޭއިން ފާހަގަކުރަނީ އަމިއްލައަށް ޓެސްޓު ކުރުމަށްފަހު ޕޮޒިޓިވް ނަތީޖާ ނިކުންނަ ފަހަރުތަކުގައިވެސް އެކަން އެޗްޕީއޭއަށް ނާންގައި އާންމު ފަރާތްތަކުން ދަތުރުކޮށްފާނެތީ ކަމަށެވެ.

މީގެއިތުރުން، މިހާތަނަށް ރެޕިޑް ޓެސްޓު ކިޓު ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ އައިޖީއެމްއެޗަށް ކަމަށާއި، އެއްވެސް ޕްރައިވެޓް ކްލިނިކް އަކަށްވެސް ރެޕިޑް ކިޓުން ޓެސްޓު ކުރުމުގެ ހުއްދަ ދީފައި ނުވާނެކަމަށް އެޗްޕީއޭއިން ބުނި ނަމަވެސް، އެއީ ތެދެއް ނޫންކަމަށް ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން ވަނީ ކަށަވަރު ކޮށްދީފައެވެ. އެގޮތުން ހެލްތް މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް އެންޑް ރެގިއުލޭޝަން ޑިވިޝަނުން 16 ފެބްރުއަރީ 2021 ގައި ވަނީ އަމިއްލަ ކްލިނިކެއްގެ ދަށުން ހިންގަމުން ގެންދާ ލެބޯޓަރީއަކަށް އެ ހުއްދަ ދޫކޮށްފައެވެ.

ރާއްޖެއެމްވީއަށް އެ ހުއްދައާ ގުޅޭ ލިޔެކިޔުންތައް ލިބިފައިވާއިރު، ކޮވިޑް-19 ގެ ރެޕިޑް އެންޓިޖެން ޓެސްޓިންގ އާއި، ރެޕިޑް އެންޓިބޮޑީ ޓެސްޓިންގ އަށް ހުއްދަދީ ދޫކޮށްފައިވާ ލިޔުމުގައި މިނިސްޓްރީގެ ތައްގަނޑުވެސް އޮތެވެ.  

އެންޓިޖެން ރެޕިޑް ޓެސްޓު ކިޓަކީ ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކެއްގައި މިހާރު ބޭނުން ކުރަމުން އަންނަ ކިޓެކެވެ. އެގޮތުން އިޓަލީ، ކްރޮއޭޝިޔާ، އޮސްޓްރިއާ، ޕޯޗުގަލް، ޕޮލެންޑް، ސްޕެއިން އަދި ޖާރުމަނުގެ އިތުރުން ބެލްޖިއަމްގައިވެސް މިހާރު އަންނަނީ މިކިޓު ބޭނުން ކުރަމުންނެވެ. ރާއްޖޭގައި މިހާރު ކޮވިޑަށް ޓެސްޓު ކުރުމަށް ބޭނުންކުރާ ޕީސީއާރު ޓެސްޓާ އަޅާބަލާއިރު، މިކިޓަކީ 97 އިންސައްތަ ސީދާ ނަތީޖާ ނެރޭ ކިޓެއް ކަމަށް މި ކިޓު ރާއްޖޭގެ ބާޒާރަށް ނެރެފައިވާ އެމްވީ މޮޓޯސްއިން މައުލޫމާތުދެއެވެ.

މިކިޓު ބޭނުން ކުރުމަށްޓަކައި އެންމެ ފުރަތަމަ ޖެހޭނީ ތިނެއް ނުވަތަ ފަސް ފަހަރު ގަދަޔަށް ކެއްސާލާށެވެ. އެއަށްފަހު އޭގައި އޮންނަ ޓިއުބަށް ކުޅު ޖަހައި 'ބަފަރ' އާއި އެއްކޮށްލުމަށްފަހު ކިޓަށް އޭގެން ދެތިކި ޖައްސާނީއެވެ.

މިޓެސްޓު ހެދުމަށްފަހު 15 މިނެޓު ތެރޭގައި ކިޓުން ދެރޮނގު ދައްކައިފި ނަމަ އޭގެ މާނައަކީ އެމީހާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ނަތީޖާ ނެގެޓިވްވެއްޖެ ނަމަ ކިޓުގައި އިންނަ 'ސީ' އަކުރާ ދިމާލުން ރޮނގެކެވެ. އަދި ނުބައިކޮށް ޓެސްޓު ހެދިއްޖެ ނަމަ ކިޓުގައި އިންނަ 'ޓީ' އަކުރާ ދިމާލުން ރޮނގެއް ފެންނާނެއެވެ.

ރެޕިޑް ޓެސްޓު ކިޓު ބޭނުންކޮށްގެން އާންމުން ހަދާ ޓެސްޓުތައް އެޗްޕީއޭން ގަބޫލުކުރާގޮތަށް ނިންމައިފިނަމަ ބޮޑު އަގުދީފައި ޕްރައިވެޓް ކްލިނިކްތަކުން ޕީސީއާރު ޓެސްޓު ހެދުމަށްދާ ޚަރަދު ސަލާމަތް ކުރެވޭނެކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

ކޮވިޑް-19އެޗްޕީއޭހެލްތު މިނިސްޓްރީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
17 ނޮވެމްބަރު 2025

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ
17 ނޮވެމްބަރު 2025

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި
15 ނޮވެމްބަރު 2025

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
08 އޮކްޓޯބަރު 2025

ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި

08 އޮކްޓޯބަރު 2025
ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް