Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ސިޓީގެ ރިކޯޑަށް ނިމުން އައިރު، ޔުނައިޓެޑް ހަތަރުވަނައަށް

ވެސްޓް ހޭމް އަތުން ޔުނައިޓެޑް މޮޅުވީ 1-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2022 | އާދީއްތަ 05:42
ސައުތެމްޓަނާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން

ސައުތެމްޓަނާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ސައުތެމްޓަނާ އެއްވަރުވެ، މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ރިކޯޑަށް ނިމުން އައިރު، ވެސްޓް ހޭމް ޔުނައިޓެޑް އަތުން ފަހު ވަގުތު މޮޅުވެ ތާވަލުގެ ހަތަރުވަނައަށް މެންޗެސްޓާ ޔުނައިޓެޑް ޖެހިލައިފިއެވެ.

ސިޓީ އާއި ސައުތެމްޓަން ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. އެއާއެކު 12 މެޗަށްފަހު ސިޓީގެ މޮޅުވުމުގެ ރިކޯޑަށް ވަނީ ނިމުން އައިސްފައެވެ.

ސައުތެމްޓަނުގެ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީވެސް އެ ޓީމުންނެވެ. މެޗު ފަށައިގެން ހަތްވަނަ މިނެޓުގައި ނޭތަން ރެޑްމަންޑް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކައިލް ވޯކާ-ޕީޓާސްއެވެ. މި މެޗުގައި ސިޓީން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 65 ވަނަ މިނެޓުގައެވެ. ކެވިން ޑި ބްރޭނާ ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އައިމެރިކް ލަޕޯޓެވެ.

މި މެޗުން ސިޓީ އެއްވަރުވި ނަމަވެސް، ތާވަލުގެ އެއްވަނައިގައި އެ ޓީމު އޮތީ 12 ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެގޮތުން ކުޅުނު 23 މެޗުން ސިޓީއަށް 57 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ލިވަޕޫލަށް 21 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ޗެލްސީއަށް 23 މެޗުން ވަނީ 44 ޕޮއިންޓް ލިބިފައެވެ.

މީގެ އިތުރުން ތާވަލުގެ ހަތަރުވަނައަށް ޔުނައިޓެޑް ޖެހިލީ ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ވެސްޓް ހޭމް އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި ދެ ޓީމަށްވެސް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. އެކަމަކު މި މެޗުން ޔުނައިޓެޑް މޮޅުވީ އިތުރު ވަގުތުގެ ފަހު މިނެޓުގައި ކާމިޔާބުކުރި ލަނޑާއެކުއެވެ. އެޑިންސަން ކަވާނީ ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާކަސް ރެޝްފޯޑެވެ. މި މެޗުގައި ކަވާނީ އާއި ރެޝްފޯޑް ކުޅެން އަރާފައިވަނީ ދެވަނަ ހާފުގައެވެ.

މި މޮޅާއެކު ތާވަލުގެ ހަތަރުވަނައަށް ޔުނައިޓެޑް ޖެހިލިއިރު، އެ ޓީމަށް 22 މެޗުން ވަނީ 38 ޕޮއިންޓް ލިބިފައެވެ. ފަސްވަނައިގައި އޮތް ވެސްޓް ހޭމަށް 23 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، ހަވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއަށް ވަނީ 19 މެޗުން 36 ޕޮއިންޓް ލިބިފައެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ސިޓީމެންޗެސްޓަރ ޔުނައިޓެޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު