Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީ ކޮމަންޑޫ ދާއިރާ ކެމްޕެއިން ޖަލްސާ

މާލެއަށް މީހުން ތޮއްޖަންސަން ރައީސް ޔާމީން ބޭނުންފުޅުވަނީ ރަށްތައް ވިއްކުމަށް: ހަސަން ލަތީފް

ރައީސް ޔާމީން ވިދާޅުވަމުން ގެންދަވަނީ މާލެ ސަރަހައްދަށް މީހުން ޖަމާކޮށް ރަށްރަށް ފަޅުކުރާ ވާހަކަ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2022 | އާދީއްތަ 03:24
 އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް

އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް

މާލެއަށް މީހުން ތޮއްޖެއްސުމުގެ ސިޔާސަތެއް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވަނީ އެރަށްތައް ފަޅުކުރައްވާ އެރަށްތައް ވިއްކެވުމުގެ ބޭނުމުގައި ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން ޖަލްސާގައި ފޯކައިދޫގައި ވާހަކަފުޅު ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީން ވިދާޅުވަމުން ގެންދަވަނީ މާލެ ސަރަހައްދަށް މީހުން ޖަމާކޮށް ރަށްރަށް ފަޅުކުރާ ވާހަކަފުޅުކަމަށެވެ. މާލެ ސަރަހައްދަށް މީހުން ގެންގޮސް ކުޑަތަންކޮޅެއްގައި ގިނަ ބަޔަކު ތޮއްޖައްސައިގެން ގެންގުޅޭނެ ސިޔާސަތެއް ކަމަށެވެ. ނަމަވެސް އެމްޑީޕީގެ އޮތީ ޒަމާނާ އެއްގޮތަށް ރަށްރަށުގެ ތައުލީމާއި، ސިއްހަތާއި އެނޫންވެސް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ބަދަލުކޮށް ރަށްރަށް ތަރައްގީކުރުމުގެ ސިޔާސަތު ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެއިތުރުން ހަސަން ލަތީފް ވިދާޅުވީ މާލެ ސަރަހައްދަށް މީހުން ޖަމާކުރުމުގެ ސިޔާސަތު ރައީސް ޔާމީން ގެންގުޅުއްވާއިރު ރަށްރަށް ތަރައްގީކުރުމުގެ ވާހަކަވެސް ހަމަ ދައްކަވާކަމަށެވެ. އެއީ ދެކޮޅު ނުޖެހޭ ސިޔާސަތެއް ޕީޕީއެމްގައި އޮތުމުންކަމަށް ކަމަށް ފާޑުވިދާޅުވެ ހަސަން ލަތީފް ވިދާޅުވީ އޭގެފަހަތުގައި ފޮރުވިފައިވާ އެހެންކަމެއްވާކަމަށެވެ. އެކަމަކީ ރައީސް ޔާމީންގެ ވެރިކަމުގައި ފައިދާ ހޯއްދެވީ ރާއްޖޭގެ ފަޅުރަށްތައް ވިއްކައިގެން ކަމަށާއި އެހެންކަމުން ދެން އެވިސްނަވަނީ ރަށްތައް ފަޅުކުރުމަށްފަހު އެރަށްތައް ވިއްކުމަށްކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީން ދެކޮޅީ އެސިޔާސަތާއި ކަމަށެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރުމަށް އެމްޑީޕީގެ ފިކުރަށް ވޯޓަށް ހޯދުމަށްކަމަށެވެ. މީގެއިތުރުން އެމްޑީޕީގެ ސުޕަރ މެޖޯރިޓީއެއް މިހާރުވެސް ރައްޔިތުންގެ މަޖިލީހުގައި އޮތްއިރު އެވަރަކުން އެންމެ ގޮނޑިއެއް ހޯދަން އެމްޑީޕީން އެހާ މަސައްކަތްކުރަނީ ކީއްވެތޯ ގިނަ ބަޔަކު ސުވާލުކުރަމުންދާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އެސުވާލުގެ ޖަވާބު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ގޮނޑި ނުލިބުމުން އެމްޑީޕީން ކުރަމުން އައި މަސައްކަތް މަޖިލީސް ތެރޭގައި ނުކުރެވެނީކީ ނޫންކަމަށެވެ. ނަމަވެސް އެމަސައްކަތްތައް ކުރުމުގައި ދަތިތަކެއް ދިމާވާނެކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އެއީ އެމްޑީޕީން ކުރަމުން އަންނަނީ ވަރަށް ބޮޑު މަސައްކަތެއްކަމަށާއި އެމަސައްކަތަކީ ރާއްޖެ ލާމަރުކަޒުކުރުން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އެމަސައްކަތްކުރުމުގައި ކޮމަންޑޫ ދާއިރާ ވަކިވެފައި އޮތުމަކީ ބޭނުންވާ ގޮތެއް ނޫންކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ޕީޕީއެމްގެ ސިޔާސަތެއް ނެތްކަމަށެވެ. ރައްޔިތުންނަށް ފައިދާ ހުރި ސިޔާސަތެއް ގެންގުޅޭ ހަމައެކަނި ޕާޓީއަކީ އެމްޑީޕީކަމަށެވެ.

އެމްޑީޕީކޮމަންޑޫ ދާއިރާ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު