Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ކެމްޕެއިން ޖަލްސާ

އިންތިޒާމްވެގެން ހިންގާ ސިޔާސީ ހަރަކާތް ހިންގަން ފެށުނީ އާންމު ހާލަތު ރަނގަޅު ކުރުމަށް - ރައީސް ނަޝީދު

ރާއްޖޭގެ ރައްކާތެރިކަމާއި ސަލާމަތަށް މަސައްކަތްކުރާ ހަމައެކަނި ބަޔަކީ އެމްޑީޕީ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 22 ޖެނުއަރީ 2022 | ހޮނިހިރު 18:37
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް

މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް

އެމްޑީޕީން އުންމީދުކުރާ ޖަމްޕު ޖެހޭނީ އެމްޑީޕީ ވެރިކަމުގައި 10 އަހަރު އޮވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން ޖަލްސާގައި ފޯކައިދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ, އުންމީދުކުރާ ޖަމްޕު އަދިވެސް ނުޖެހޭ ކަމަށާއި, މިއަދު ލާ އެންމެ ވޯޓަކުންވެސް އެކަން ވާން ނެތް ކަަމަށެވެ. އެކަން ކުރުމަށް އެމްޑީޕީން ވެރިކަމުގައި 10 އަހަރު އޮންނަން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

އިންތިޒާމް ވެގެން ހިންގާ ސިޔާސީ ހަރަކާތް ހިންގަން ފެށުނީ އާންމު ހާލަތު ރަނގަޅު ކުރުމަށް ކަމަށާއި, އަދިވެސް މިއެދެނީ އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ. ތަފާތު މަލުން ފޮނި ބޮވޭނެ ގޮތެއް ހޯދަން ވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އާމްދަނީ އިތުރުވެ ޖީބަށް ވަންނަ އެއްޗެއް މިއަދަށް ވުރެ ރަނގަޅުވުމަކީ އެދޭ އެދުމެއް ކަމަށާއި, އެކަމަށް އެންމެ ފަހުން ނިންމި ނިންމުމަކީ, އެންމެ ކުޑަ އުޖޫރަ ކަނޑައެޅިގން ދިޔުން ކަމަށެވެ. އެކަމުން ފޯކައިދޫގެވެސް ގިނަ ރައްޔިތުން ތަކަަކަށް ހެޔޮ ބަދަލު އައިސްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ސާލިހުގެ ސަރުކާރުގައި އެންމެ މުހިންމު ބަދަލަކީ މަތީ ތައުލީމު ހިލޭ ލިބިގެންދިޔުން ކަމަށާއި، މިއަދު ފޯކައިދޫގެ 54 ދަރިވަރުން މަތީ ތައުލީމު ހާސިލް ކުރަމުން ދާކަމަށް ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ, މަރުހޫމް ހުސައިން ވަހީދަކީ އެމަނިކުފާނުގެ ވެރިކަމުގައި ހެޔޮލަފާ ނަސޭހަތްދެއްވާ މަދު ބޭފުޅުންގެތެރެއިން ބޭފުޅެއް ކަމަށެވެ.

އިދިކޮޅަށް އަމާޒުކޮށް ރައީސް ނަޝީދު ވިދާޅުވީ, އުމްރާނީ ބިނާ ތަކަކުން ތަރައްގީ ވެދާނެ ކަމަށް ދެކެވޭ ވާހަކައަކީ ކުށް ހީއެއް ކަމަށެވެ. އެއީ ހަގީގީ ތަރައްގީއެއް ނޫން ކަމަށާއި, ތަރައްގީއަކީ މީހާއަށް އަންނަ ބަދަލު ކަމަށެވެ. ހާސް ކަމެއް ނެތި ދިރިއުޅެވޭނެ ގޮތެއް ވާންޖެހޭ ކަމަށާއި, އެދެނީ ޖީބަށް ވަންނަ ފައިސާ އިތުރުވާނެ ގޮތެއް ހޯދުން ކަމަށް ވިދާޅުވިއެވެ.

އެމްޑޕީ އުފެދި މަސައްކަތް ކުރަނީ ރައްޔިތުންގެ ގާތަށް އައިސް ބޭނުންވާނެ ކަންކަން އޮޅުފިލުވައި, އެކަންކަން ކުރާނެ ކަމަށް ވައުދުވުމުގެ އުސޫލާ އެކު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެއީ އެމްޑީޕީގެ އުސޫލު ކަމަށާއި, އެއީ އިދިކޮޅުން ދަންނަ އެއްޗެއް ނޫން ކަމަށެވެ. އެވާހަކަ އިދިކޮޅަށް ނުދެއްކޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވިދާޅު އެންމެން އެއްތަނަކަށް ޖަމާކޮށް ތޮއްޖެސުން އެއީ އިދިކޮޅުގެ ސިޔާސަތު ކަމަށެވެ. 

އިންޑިއާ އައުޓްގެ ނަމުގައި ރައީސް ޔާމީން އެކުރައްވަނީ ވަރަށް ނުރައްކާތެރިކަމެއް ކަމަށާއި, އެކުރައްވާ ކަމަކީ, އަވަށްޓެރި ގައުމުގެ ރައްޔިތުންނާ ރާއްޖޭގެ ރައްޔިިތުންނާ މޫނު ކެނޑޭ ގޮތް ހެދުން ކަަމަށެވެ. އޭގެ ތަޖުރިބާ، ގައުމުތަކުގެ ހަޔާތުން ފެންނަން އެބައޮތް ކަމަށާއި, ގައުމު ތަކުގެ އިސްތިގުލާލް ގެއްލެނީ އެފަދަ ކަންކަމުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެ ކަމަށް ރާއްޖޭގެ ރައްޔިތުން ވެއްޓިގެން ނުދާނެކަން އެމަނިކުފާނު ޔަގީން ކުރައްވާ ކަމަށް ވިދާޅުވިއެވެ. 

ރާއްޖޭގެ ރައްކާތެރިކަމާއި ސަލާމަތަށް މަސައްކަތްކުރާ ހަމައެކަނި ބަޔަކީ އެމްޑީޕީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އޮތީ އަންނަ ފެބްރުއަރީ މަހުގެ 5ވަނަ ދުވަހުއެވެ. މި ދާއިރާއަށް އެމްޑީޕީގެ ލީޑަރޝިޕުން ކުރައްވާ މި ދަތުރުފުޅުގައި ދެން ވަޑައިގަންނަވާނީ ކޮމަންޑޫއަށެވެ. 

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ށ ފޯކައިދޫކޮމަންޑޫ ދާއިރާ

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު