Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ކެމްޕެއިން ޖަލްސާ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

މަސައްކަތް ކުރަންވާނީ ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދޭން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 22 ޖެނުއަރީ 2022 | ހޮނިހިރު 17:12
މުހައްމަދު ރާޝިދު - ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް

މުހައްމަދު ރާޝިދު - ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް

ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު މަރުހޫމް ހުސައިން ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ދާއިރާގެ ގޮނޑި ނުދެވޭނެ ކަމަށް, ބައި އިލެކްޝަންގައި އެމްޑީޕީން ވާދަ ކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.

ރާޝިދު މިހެން ވިދާޅުވީ, ފޯކައިދޫގައި ކުރިއަށްދިޔަ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރާޝިދު ވިދާޅުވީ, ބޭނުންވަނީ ކުރިއަށް އޮތް ހުރިހާ އިންތިޚާބުތަކުގައި އިދިކޮޅު ބަލި ކުރަން ކަމަށެވެ. އެއީ ރައްޔިތުންނަށް ޚިދުމަތް ކޮށްދިން ބައެއް ނޫން ކަމަށާއި, އެފަދަ ވިސްނުމެއްވެސް އިދިކޮޅުގައި ނެތް ކަމަށެވެ.

ދާޝިދު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި އޮތް ރައްޔިތުންގެ އަޑުއަހާ ހަމައެކަނި ޕާޓީ ކަމަށެެވެ. އެމްޑީޕީން ބައި އިލެޝަންގައި މިކުރާ މަސައްކަތަކީ, ދާއިރާގެ ކުރީގެ މެމްބަރު ތާއީދު ކުރެއްވި ސިޔާސަތުތައް ކުރިއަށް ގެންދިޔުން ކަމަށެވެ. އަދި ދެމި ހުންނަވާނީ, މަރުހޫމް ވަހީދުގެ ނަސޭހަތްޕުޅުގައި ހިފައިގެން ކަމަށެވެ.

އަދި މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ ކަަމަށާއި, އިންތިޚާބަށް ނުކުމެވަޑައިގަތީ, ރައްޔިތުންނަށް މަންފާ ހޯދައި ދިނުމަށް އަތުކުރި އޮޅާލައިގެން ކަމަށް ރާޝިދު ވިދާޅުވިއެވެ.

ރައްޔިތުންގެ ބަސް މަޖިލީހުގައި އިއްވައި ދޭނެ ކަމަށާއި, މަރުހޫމް ހުސެއިން ވަހީދު ކަހަލަ ނަމޫނާ އެމްޕީއަކަށް ވެދޭނެ ކަމުގެ ޔަގީންކަން ރާޝިދު ދެއްވިއެވެ. އޭނާ ވިދާޅުވީ މަސައްކަތް ކުރަންވާނީ ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދޭން ކަމަށެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ށ.ކޮމަންޑޫކޮމަންޑޫ ދާއިރާށ ފޯކައިދޫ

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ރައީސް މުއިއްޒު ކޮމަންޑޫ ރައްޔިތުންނަށް: ރިޔާސީ ކެންޕޭންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މިއަހަރު ވެސް ދެއްވީ އެއަރޕޯޓު ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން

15 އޮކްޓޯބަރު 2025
ރައީސް މުއިއްޒު ކޮމަންޑޫ ރައްޔިތުންނަށް: ރިޔާސީ ކެންޕޭންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މިއަހަރު ވެސް ދެއްވީ އެއަރޕޯޓު ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު