Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައްޒާމް ކުޅެން ނިންމުން

ނިންމުން ބަދަލުކޮށް އައްޒާމް އެނބުރި ދަނޑަށް

22 ޖެނުއަރީ 2022 | ހޮނިހިރު 13:14

ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އައްޒާމް އިއުލާންކުރީ މިދިޔަ އަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 22 ޖެނުއަރީ 2022 | ހޮނިހިރު 13:14
ޓީސީ ސްޕޯޓްސް ކުލަބުގެ ކުރީގެ ކެޕްޓަން މުޙައްމަދު އައްޒާމް

ޓީސީ ސްޕޯޓްސް ކުލަބުގެ ކުރީގެ ކެޕްޓަން މުޙައްމަދު އައްޒާމް

ފުޓްބޯޅަ ކުޅުން ހުއްޓާލަން މީގެ ކުރިން ނިންމި ތަޖުރިބާކާރު މިޑްފީލްޑަރު މުޙައްމަދު އައްޒާމް، އަލުން ކުޅެން ފަށަން ނިންމައިފިއެވެ.

އުމުރުން މިހާރު 31 އަހަރުގެ އައްޒާމް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައިވަނީ މިދިޔަ އަހަރު ނ. ކެނދިކުޅުދޫގައި މިނިވަން ދުވަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ފުޓްސަލް މުބާރާތް ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ. އެކަމަކު ވަރަށް ގިނަ ސަޕޯޓަރުންގެ އެދުމުގެ މަތީން އަލުން ކުޅެން ފަށަން ނިންމާފައިވާކަން އައްޒާމް ދާދި ފަހުން ވަނީ ހާމަކޮށްފައެވެ. މީގެ ކުރިން ޓީސީ ސްޕޯޓްސް ކުލަބުގެ ކެޕްޓަނުގެ މަގާމުވެސް އަދާކުރި އައްޒާމް އެނބުރި ދަނޑަށް ނުކުންނަނ ނިންމާފައިވާއިރު، އޭނާ ދެން ފެނިގެންދާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިންނެވެ.

އައްޒާމް އަލުން ފުޓްބޯޅައާ ގުޅޭއިރު، އޭނާ އެންމެ ފުޓްބޯޅަ ކެރިއަރު ފެށީ ބީޖީ ސްޕޯޓްސް ކުލަބުންނެވެ. ބީޖީއަށް އައްޒާމް ވަނީ 2012 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ކުޅެދީފައެވެ. އޭގެ ފަހުން 2015 ވަނަ އަހަރު އައްޒާމް ޓީސީއަށް ބަދަލުވިއިރު، އޭނާ އެންމެ ބޮޑަށް ވިދާލީ އެ ކުލަބުންނެވެ.

އައްޒާމް ވަނީ ޓީސީއާއެކު 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކުލަބު ކަޕްގެ ޗެމްޕިއަންކަން ހޯދާފައެވެ. މިއީ ރާއްޖޭގެ ކުލަބަކުން ބައިނަލްއަގުވާމީ މައިދާނުގައި ހޯދި ފުރަތަމަ ކާމިޔާބީއެވެ. އޭގެ އައްޒާމް ވަނީ ޓީސީއާއެކު 2018 ވަނަ އަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ. މިއީ ޓީސީގެ ތާރީޚުގައި އެ ޓީމުން ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މީގެ އިތުރުން 2020 ވަނަ އަހަރުގެ އޭއެފްސީ ކަޕުގައި ޓީސީން ވާދަކުރިއިރު، އެ ޓީމުގައިވެސް އައްޒާމް ހިމެނުނެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން އައްޒާމް އެންމެ ފުރަތަމަ ޖާގަ ހޯދާފައިވަނީ 2017 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ކުޅެން އޮތް މެޗަށް އެކުލަވާލި ސްކޮޑުންނެވެ. އެކަމަކު އެ މެޗުގައި އައްޒާމް ކުޅެފައެއް ނުވެއެވެ. އެކަމަކު އެ އަހަރުގެ އޮކްޓޯބަރު މަހު އޭޝިއަން ކަޕް ކޮލިފައިންގައި އޮމާނާ ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗުގައި އައްޒާމް ވަނީ ކުޅެފައެވެ. އެ މެޗުގައި އައްޒާމް ކުޅެން އަރާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ފުރަތަަމަ ޑިވިޝަންގެ ފުޓްބޯޅައިގެ އިތުރުން އައްޒާމް ވަނީ ނ. އަތޮޅަށް ހާއްސަކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕް ޗެމްޕިއަންކަމާއި، ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ ފުޓްސަލް މުބާރާތް ކަމަށްވާ ކުލަބު މޯލްޑިވްސް ކަޕުގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.

މުޙައްމަދު އައްޒާމް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ތާރީހު ބަދަލުކޮށްފި، މަނަންގް ބަލިކޮށް ޓީސީ ފައިނަލަށް

27 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ތާރީހު ބަދަލުކޮށްފި، މަނަންގް ބަލިކޮށް ޓީސީ ފައިނަލަށް
27 ފެބުރުއަރީ 2017

ޓީސީ އަށް ތާރީހު ބަދަލުކޮށްލަން ރަނގަޅު ފުރުސަތެއް!

27 ފެބުރުއަރީ 2017
ޓީސީ އަށް ތާރީހު ބަދަލުކޮށްލަން ރަނގަޅު ފުރުސަތެއް!
19 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި
15 ފެބުރުއަރީ 2017

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ
13 ފެބުރުއަރީ 2017

އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް

13 ފެބުރުއަރީ 2017
އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
28 ޖެނުއަރީ 2017

ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް

28 ޖެނުއަރީ 2017
ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް