Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާ އައުޓް ހަރަކާތް

މޭމަތީގައި ލިޔެގެން ބަޔަކު ނުކުމެ އުޅެނީ އެޓެންޝަން ހޯދަން: އާޒިމް

22 ޖެނުއަރީ 2022 | ހޮނިހިރު 05:34

ކޮންމެ ރަށެއްގައި ބަޖެޓަށް ފެތޭ މިންވަރައި ބަލައި މަސައްކަތްތައް ކޮށްދެވޭތޯ އަބަދުވެސް ބަލާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 ޖެނުއަރީ 2022 | ހޮނިހިރު 05:34
ހޮނިހިރު ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި އާޒިމް ވާހަކަ ދައްކަވަނީ

ހޮނިހިރު ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި އާޒިމް ވާހަކަ ދައްކަވަނީ

އިންޑިއާ އައުޓްގެ ނަމުގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީން މިހާރު ކުރިއަށް ގެންދާ ހަރަކާތަކީ, ސަމާލުކަން ހޯދުމުގެ މަގުސަދުގައި ބަޔަކު ހިންގާ ހަރަކާތެއްކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ރަށްރަށުގައި މަޝްރޫއުތައް ހިންގާއިރު ރައްޔިތުންނާ ގުޅިގެން, ރައްޔިތުންގެ ލަފަޔާއި މަޝްވަރާގެ މަތިން އެކަންކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިރުޝާދު ދެއްވާ ކަމަށެވެ. އެގޮތުން ކުންފުނިން ކުރާ ސީއެސްއާރު މަސައްކަތްތަކަކީ ރައީސްގެ ނަސޭހަތްޕުޅާ އެއްގޮތަށް ހިންގާ މަސައްކަތްތަކެއް ކަމަށާއިި, ކޮންމެ ރަށެއްގައިވެސް ބަޖެޓަށް ފެތޭ މިންވަރައި ބަލައި މަސައްކަތްތައް ކޮށްދެވޭތޯ އަބަދުވެސް ބައްލަވާ ކަމަށެވެ. ސީއެސްއާރް ގޮތުގައިވެސް 350ށްވުރެ ގިނަ މަސައްކަތްތައް އެކި ރަށްރަށުގައި ކުރެވިފައިވާނެކަން އާޒިމް ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ، މި ސަރުކާރު އައިއިރު ރައްޔިތުން ތިބީ ބޭނުންވާ ގިނަ ކަންކަން ނުވެފައި ކަމަށެވެ. ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ކޮށްދިނުންކަމަށެވެ. އަދި ބައެއް ފަރާތްތަކުން ޓީޝާރޓުގައި އެކި އިބާރާތްތައް ލިއެގެން ނުކުމެ އުޅެނީ މި ސަރުކާރުން މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދާތީ ކަމަށެވެ. އެގޮތުން މިއަދު މަޝްރޫއުތައް ނުހިނގާކަމަށް އެ ފަރާތްތަކަށް ބުނެވެން ނެތް ކަމަށާއި، ރަށްރަށަށް ކޮށްދޭންޖެހޭ މަސައްކަތްތައް މި ސަރުކާރުން ކުރަމުންދާއިރު، ކޮށްދޭނެ އިތުރު މަސައްކަތެއް މިހާރު ނުހުންނަކަމަށް އާޒިމް ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތަކަކީ އެ ސަބަބާހުރެ ހިންގާ ހަރަކާތްތަކެއްގެ ގޮތުގައި އާޒިމް ސިފަ ކުރެއްވިއެވެ.

އާޒިމް ވަނީ އެއީ ސަމާލުކަން ހޯދުމުގެ ނިޔަތުގައި ހިންގާ ހަރަކާތްތަކެއްކަމަށް ވިދާޅުވެފައެވެ.

އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމުން މިނިވަންވެވަޑައިގަތުމާއެކު "އިންޑިއާ އައުޓް" ހަރަކާތް ގެންދަނީ ދުވަހެއް ދުވަހަކަށް ފުޅާ ކުރައްވަމުންނެވެ. އެގޮތުން އެކި ރަށްރަށަށް ވަޑައިގެން އެ ކެމްޕޭން ހިންގަމުން ގެންދާއިރު، އިންޑިއާ އަސްކަރިއްޔާ މި ގައުމުން ބޭރު ކުރުމުގެ ނަމުގައި ފެށި ހަރަކާތް މިހާރު ވަނީ ބަދަލުވާން ފަށާފައެވެ. އެގޮތުން އަމިއްލަ ގޭގޭގައިވެސް އިންޑިއާ އައުޓް ޖެހުމަށް ރައީސް ޔާމީން ގޮވާލައްވާފައިވާއިރު، މިއީ ސިޔާސީ ގޮތުން ވަކި މަގުސަދެއް ހާސިލު ކުރުމަށް ހިންގަމުން ގެންދާ ހަރަކާތެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ބޮޑު އިންވެސްޓްމަންޓެއް ކުރުމަށްފަހު މަހާޖައްރާފު ގެނައި ނަމަވެސް، އޭގެ ބޭނުން ހިފީ ކެމްޕޭން ކުރުމަށް ކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ. އެގޮތުން ކެމްޕޭންތަކާއި ދިމާކޮށް މަހާޖައްރާފު ގެންގޮސް ރަށްރަށުގައި ބޮޑެތި މަސައްކަތްތައް ފެށުމަށްފަހު، އެ މަސައްކަތްތައް ކުރިއަށް ނުގޮސް ހުއްޓިފައިވާކަމުގެ ޝަކުވާ ގިނަ ރައްޔިތުންތަކެއް އޭރުވެސް ދިޔައީ ކުރަމުންނެވެ.

އެކަމާ ގުޅޭގޮތުން އާޒިމް ވިދާޅުވީ، ހަމައެކަނި މަހާޖައްރާފެއް އޮތުމަކުން މަސައްކަތްތަކެއް ނުހިނގާނެ ކަމަށާއި، ކުންފުނީގެ ހިންގުންވެސް ހަރުދަނާވާންޖެހޭ ކަމަށެވެ. އެގޮތުން އެމްޓީސީސީގެ މިދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި އެކަނިވެސް މަހާޖައްރާފަށް ކުރި ޚަރަދަށްވުރެ ބޮޑު ޚަރަދެއް އިންވެސްޓްކޮށްފައިވާނެކަން ފާހަގަ ކުރައްވައި އާޒިމް ވިދާޅުވީ، މިއަދު އެމްޓީސީސީގެ މަސައްކަތްތައް ނުނިމިގެން ނުވަތަ ލަސްވެގެން އެކަމުގެ ޝަކުވާ ބަޔަކު ކުރާކަަށް ނުޖެހޭ ކަމަށެވެ.

އާޒިމް ވަނީ އެމްޓީސީސީން ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންނަށް ޚިދުމަތް ކޮށްދީ، ރައީސް ސޯލިހުގެ ވައުދުފުޅުތައް ފުއްދުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން ރައީސް ސޯލިހުގެ ވައުދުފުޅުތަކުގެ 70 އިންސައްތަ ގުޅެނީ އެމްޓީސީސީގެ މަސައްކަތްތަކާކަންވެސް އާޒިމްގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައިވެއެވެ.

އިންޑިއާ އައުޓްއެމްޓީސީސީއާދަމް ޢާޒިމްފަށާއިރު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
15 ނޮވެމްބަރު 2025

ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް

15 ނޮވެމްބަރު 2025
ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް
15 ނޮވެމްބަރު 2025

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް

15 ނޮވެމްބަރު 2025
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް