Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ސާލިހުގެ ސިޔާސަތު

ރައީސް ސާލިހުގެ ސިޔާސަތަކީ އެއްވެސް ތަފާތު ކުރުމެއް ނެތި ރައްޔިތުންނަށް ޚިދުމަތް ދިނުން - މާރިޔާ

އިމްޕޯޓް އެކްސްޕޯޓުގެ ދާއިރާ މިހާރަށްވުރެ ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 21 ޖެނުއަރީ 2022 | ހުކުރު 18:35
މާރިޔާ އަހުމަދު ދީދީ - ޑިފެންސް މިނިސްޓަރ

މާރިޔާ އަހުމަދު ދީދީ - ޑިފެންސް މިނިސްޓަރ

ރައީސް ސާލިހުގެ ތަސައްވުރަކީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން، އެއްވެސް ތަފާތުކުރުމެއް ނެތި، ޕްރޮފެޝަނަލްކޮށް އަދި ރައްޔިތުންނާ ވީހާވެސް ގާތުން އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އައްޑޫގައި ބިނާކުރާ ސައުތު ރީޖަނަލް ހެޑް އޮފީހުގެ ބިންގާ އެޅުމަށް ހުކުރު ދުވަހު ހަވީރު ހިތަދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިފާއީ ވަޒީރުގެ ހައިސިއްޔަތުން ކަސްޓަމްސްގެ ކަންކަން ބަލަހައްޓަވަމުން ގެންދަވާ ވަޒީރު ވިދާޅުވީ، ކޮވިޑް-19ގެ ދަތިއުނދަގޫ ހާލަތުގައިވެސް އައްޑޫގައި، ކަސްޓަމްސްގެ އޮފީހެއް ހުޅުވިގެންދާކަމީ، ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން އައްޑޫ ސިޓީއާމެދު ގެންގުޅުއްވާ ގާތްކަމާއި ވަރުގަދަ ތަސައްވުރު ހާމަވާ ކަމެއް ކަމަށެވެ.

ލާމަރުކަޒީ ނިޒާމެއްގެ ދަށުން ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުމަށްޓަކައި މާލެ ފިޔަވައި ރާއްޖޭގެ އެހެން ބަނދަރުތަކުގައި އިމްޕޯޓް އެކްސްޕޯޓުގެ މަސައްކަތް މިހާރަށްވުރެ ފުޅާކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު ޢަމާޒެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ އެކްސްޕޯޓް-އިމްޕޯޓް ގާނޫނަށް ސަރުކާރުން ހުށަހަޅުއްވައިގެން ގެނައި އިސްލާހާއެކު، އިމްޕޯޓަރުންގެ އަދަދު އިތުރުވެ، ރާއްޖޭގެ އެހެން ސަރަހައްދީ ބަނދަރުތަކަށް މުދާބާލާ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.

މުސްތަގުބަލުގައި ރީޖަނަލް ހެޑް އޮފީހުގެ ސަބަބުން އިމްޕޯޓް އެކްސްޕޯޓުގެ ޚިދުމަތް ލިބިގަންނަ އެންމެހާ ވިޔަފާރިވެރިންގެ އިތުރުން، ޚިދުމަތް ހޯދާ ރައްޔިތުންނަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެ އޮފީސް ހުޅުވިގެންދިޔުމާއެކު، ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައްވެސް ފަހިވެގެންދާނެކަން ފާހަގަކުރައްވާ، މިނިސްޓަރ ވިދާޅުވީ، އަނބިދަރިންގެ ކައިރީގައި ތިބެގެން، ވަޒީފާ އަދާކޮށް، ފުދުންތެރި "ޖަޒީރާ" ދިރިއުޅުމެއް އުޅެވޭނެ މަގުފަހިކުރުމަކީ، ރައީސް ސާލިހުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ. އަދި މިއޮފީހުގައި ބިނާކުރެވޭ ޓްރެއިނިން ފެސިލިޓީގެ ސަބަބުން މުވައްޒަފުން އެންމެ އެކަށޭނަގޮތުގައި ތަމްރީނުކުރެވިގެން ދާނެކަން ފާހަގަކުރެއްވިއެވެ. އަދި ކަސްޓަމްސްގެ އެންމެ މަތީ ފަންތި ހިމެނޭގޮތަށް، އެމުއައްސަސާގެ ހުރިހާ ފަންތިއެއްގެ ބޭފުޅުންނަކީވެސް ވަރަށް ޕްރޮފެޝަނަލްކޮށް މަސައްކަތްކުރައްވާ ބޭފުޅުންކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، މިނިސްޓަރ މާރިޔާގެ އިތުރުން، އައްޑޫ ސިޓީގެ ދާއިރާތައް ތަމްސީލުކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި އައްޑޫގެ މޭޔަރ އަލީ ނިޒާރާއި ކައުންސިލަރުންނާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފާއި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިނިސްޓަރ އޮފް ޑިފެންސް, މާރިޔާ އަހުމަދު ދީދީއެމްއެންޑީއެފް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
21 ނޮވެމްބަރު 2025

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް
14 ނޮވެމްބަރު 2025

ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ

14 ނޮވެމްބަރު 2025
ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ
13 ނޮވެމްބަރު 2025

355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު

13 ނޮވެމްބަރު 2025
355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
08 ނޮވެމްބަރު 2025

މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް

08 ނޮވެމްބަރު 2025
މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު