Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވުން

ބޭރަށް ހިންގުމާއި ހޮޑުލުން: ފުރާނައަށް ނުރައްކާ ރޯގާއެއް

ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް ވަނީ އިތުރުވެފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2022 | ހުކުރު 06:42
ހެނދުނު މާލޭގެ މަގުމަތި

ހެނދުނު މާލޭގެ މަގުމަތި

މިދުވަސްވަރަކީ އެކި ކަހަލަ ބަލިތައް އާންމުވެފައިވާ ދުވަސްވަރެކެވެ. 2019 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިލާންޖެހުނު ކޮވިޑް-19ގެ ވަބާ އަދިވެސް ދެމިގެންދަނީއެވެ. ކޮވިޑްގެ ނުރައްކާތެރި ވަބާގެ ތެރެއިން އިތުރު ވޭރިއަންޓްތައް ދަނީ ފެންނަމުންނެވެ. ބަލިން ދިފާއުވެ ތިބުމަށް ވެކްސިނެއް ހޯދިފައިވީނަމަވެސް އަދިވެސް މި ބަލި އެއްކޮށް ކޮންޓްރޯލްކުރެވިގެންނެއް ނުދެއެވެ. ހަމަގައިމުވެސް ކޮވިޑްގެ ވަބާއާއެކު ހުރިހާ ގައުމެއްގެ ރައްޔިތުންވެސް ތަހައްމަލްކުރަމުންދަނީ ދަތި އުނދަގޫ ދުވަސްތަކެކެވެ.

ރާއްޖެއަށް ބަލާލާއިރު ރާއްޖެއިން ފެންނަ ކޮވިޑް ކޭސްތައްވެސް މިހާރު ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ. ކޮވިޑް ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ބޭރަށް ހިންގުމާއި ހޮޑުލުން ޖެހޭ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. ކޮވިޑް-19އެކޭ އެއްގޮތަށް މިއީވެސް ގައިން ގަޔަށް އަރާ ބައްޔެކެވެ. ރާއްޖޭގައި ބޭރަށް ހިންގުމާއި ހޮޑުލުން ފެތުރެންފެށިތާ އަދި މާ ގިނަ ދުވަސްތަކެއް ނުވެއެވެ. އެހެންނަމަވެސް ފާއިތުވި ހަފްތާތަކުގެ ތެރޭގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ކޮވިޑް-19އަށް ސަމާލުވާ މިންވަރަށް މިކަމަށްވެސް ސަމާލުވާން ވަނީ ޖެހިފައެވެ.

މިކަމާއި ގުޅިގެން އައިޖީއެމްއެޗްގެ ޑޮކްޓަރެއް ކަމަށްވާ ޑރ. މުހައްމަދު އަލީ ވިދާޅުވިގޮތުގައި ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިގެން ރިޕޯޓުކުރާ މީހުންގެ ތެރޭގައި ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ހިމެނެއެވެ. މިއީ ކަންބޮޑުވާންވީ ކަމެކެވެ. ބޭރަށް ހިންގުމާއި ހޮޑުލެވުމަކީ ހަށިގަނޑުން ލޮނާއި ފެން ހިންދާލާ ކަމެކެވެ. މިއީ ނުރައްކާތެރި އެތައް ކަމަކަށް މަގުފަހިކުރުވާ ކަމެއް ކަމަށް ޑޮކްޓަރުން ބުނަމުން ގެންދެއެވެ. ވަކިން ޚާއްސަކޮށް މިކަމުން ކުޑަކުދިންނަށް އޮތް ނުރައްކާ ބޮޑެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވިގޮތުގައި ބޭރަށް ހިންގުމާއި ހޮޑުލުން ގެއެއްގެ އެކަކަށް ޖެހުނަސް އެ ގެއެއްގެ އެންމެންނަށް އެ ބަލި ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން މި ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ އެހީ ހޯދުމަށް ޑރ. މުހައްމަދު އަލީ ވަނީ އިލްތިމާސްކުރައްވާފައެވެ. ބޭރަށް ހިންގުމާއި ހޮޑުލެވުމުގެ އިތުރުން އާދަޔާ ޚިލާފަށް ކަރު ހިއްކުމާއި، ބޮލަށް އެނބުރުން އެރުމާއި، މާބޮޑަށް ވަރު ދެރަވެ ދިޔާތަކެތި ބޭނުން ކުރެވޭގޮތް ނުވުމާއި، ކުޑަކަމުދެވޭ މިންވަރު މަދުވުމާއި، ގިނަގިނައިން ހޮޑުލެވުމާއި، ލެވޭ ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުމާއި، އާދަޔާ ޚިލާފަށް ބަނޑުގައި ރިއްސާނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރެއްގެ އިރުޝާދު ހޯދަންޖެހެއެވެ.

ބޭރަށް ހިންގައި ހޮޑުލެވޭނަމަ ގިނަގިނައިން ލޮނުޕެކެޓު، ފެން އަދި ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރުމަށާއި، ފާޚާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮންނަންޖެހެއެވެ. ޑރ. މުހައްމަދު އަލީ ވިދާޅުވީ މިކަންކަމަށް ސަމާލުވުމުގެ އިތުރުން ހަކުރު ބަލި ހުންނަ މީހެއް ނަމަ ގަވައިދުން ހަކުރު ޓެސްޓް ހަދަންޖެހޭނެ ކަމަށެވެ. އަދި ލޮނުޕެކެޓު ފިޔަވައި، ހަކުރު ހުންނަ ބާވަތްތައް ބޭނުންކުރުން ހުއްޓާލުމަށް ވަނީ އިރުޝާދުދެއްވާފައެވެ.

ބޭރަށް ހިންގަން ފަށާތަނުން އެކަމަށް ބޭނުންވާ އެންމެ ރަނގަޅު ފަރުވާ ލިބުން ވަރަށް މުހިންމެވެ. މި މުއްދަތުގައި ރަނގަޅު ފަރުވާއެއް ނުދެވިއްޖެނަމަ މިކަމުން އިތުރު މައްސަލަތައް ނިކުތުމަކީ އެކަށީގެންވާ ކަމެކެވެ. ހަށިގަނޑުގެ އެހެން ގުނަވަންތަކަށް އަސަރުކުރެއެވެ. މިކަމުގެ ނުރައްކާ އެންމެ ބޮޑީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ދިރާސާތަކުން ދައްކާއިރު، މިހާތަނަށް އައިއިރު މި ރޯގާގައި އެތައް ކުޑަކުދިންނެއް ވަނީ ދުނިޔެ ދޫކޮށް ގޮސްފައެވެ. އެހެންކަމުން ބޭރަށް ހިންގުމާއި ހޮޑުލުން އާންމުވެފައިވާ މި ދަވަސްވަރުގައި މިކަމަށް އިތުރަށް ސަމާލުވާން މިވަނީ ޖެހިފައެވެ.

ބޭރަށް ހިންގުމާއި ހޮޑުލުންއައިޖީއެމްއެޗް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

30 ނޮވެމްބަރު 2025
ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

29 ނޮވެމްބަރު 2025
ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު

ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު

05 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު