Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

މުހިއްމު މުއައްސަސާއެއް އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައި

20 ޖެނުއަރީ 2022 | ބުރާސްފަތި 14:57

ކޮރަޕްޝަނުގެ މައްސަލަތަައް ފެންމަތިވިޔަސް އެމަައްސަލަތައް ބެލޭނެ ގޮތެއް ނެތް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 20 ޖެނުއަރީ 2022 | ބުރާސްފަތި 14:57
އޭސީސީގެމެމްބަރުން ވަކިކުރުމުގެ ވާހަކަ ދެކެވިގެން ދިޔައީވެސް އެމްއެމްޕީއާރްސީގެ މައްސަލަ ފަދަ ބޮޑެތި މައްސަލަތައް ނުނިމި ދިގުލައިގެން ދާތީ

އޭސީސީގެމެމްބަރުން ވަކިކުރުމުގެ ވާހަކަ ދެކެވިގެން ދިޔައީވެސް އެމްއެމްޕީއާރްސީގެ މައްސަލަ ފަދަ ބޮޑެތި މައްސަލަތައް ނުނިމި ދިގުލައިގެން ދާތީ

ކޮރަޕްޝަނުގެ މައްސަލަތައް ބެލުމުގެ ޒިންމާ އޮތް މުއައްސަސާ އޮތީ ހުއްޓުމަކަށް އައިސްފައެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން, އޭސީސީ އަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވޭ ކަމުގެ ތުހުމަތާ އެކު، އެ ކޮމިޝަނުގެ ހުރިހާ މެމްބަރުން މަގާމުން ވަކި ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކޮށް މެމްބަރުން ވަކި ކުރަން ނިންމި ހިސާބުން ހުރިހާ މެމްބަރުން އިސްތިއުފާ ދިނީއެވެ. އެހެންކަމުން މުއައްސަސާ ހުސްކޮށް އޮންނަތާ މަހެއްވާން މިވަނީ ގާތްވެފައެވެ.

މިއާއެކު ރައްޔިތުންގެ ކަންބޮޑުވުންތައް އޮތް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ ފަދަ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކުގެ ތަހުގީގު ވަނީ ހުއްޓިފައެވެ. އެ ކޮމިޝަނުގެ ގާނޫނު ބުނާ ގޮތުން އެއްވެސް ކަމެއް ނިންމޭނީ ކޮމިޝަނުގެ ޖަލްސާއެއްގައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންކަމުން މިހާރު ކޮމިޝަން އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ. ކޮރަޕްޝަނުގެ މައްސަލަތަައް ފެންމަތިވިޔަސް އެ މަައްސަލަތައް ބެލޭނެ ގޮތެއް ނެތެވެ.

މެމްބަރުން ހަމައަށް ތިބެ އޭސީސީގެ މަސައްކަތް އެކަށީގެންވާ ސްޕީޑެއްގައި ކުރިއަށް ނުގޮސް އޮތް ކަމީ ހަގީގަތެކެވެ. ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ އެތައް މައްސަލައެއް ބެލިއިރު ދައުވާ ކުރަން ފޮނުވީ މަދު މައްސަލަތަކެކެވެ. ދައުވާކުރަން ޕީޖީއަށް ފޮނުވާ މައްސަލަަތަކުގެ ތެރެއިންވެސް ގިނަ މައްސަލަތަކުގައި ދައުވާ ނުކުރެވެއެވެ. ތަހުގީގު ފުރިހަމަ ކުރުމަށް އަލުން އޭސީސީއަށް ފޮނުވަން ޖެހެއެވެ. އެންމެ ފަހުން އޭސީސީއާ ޕީޖީން ތަޅާފޮޅުމަކަށްދާހެންވެސް ހީވެއެވެ.

މެމްބަރުން ވަކިކުރުމުގެ ވާހަކަ ދެކެވިގެން ދިޔައީވެސް އެމްއެމްޕީއާރްސީގެ މައްސަލަ ފަދަ ބޮޑެތި މައްސަލަތައް ނުނިމި ދިގުލައިގެން ދާތީއެވެ. އެކަމަށް އެތައް މުއްދަތެއް ދިންނަމަވެސް މުއްދަތުތައް ފަހަނައަޅައި ދިޔައިރު އެއްވެސް ކުރިއެރުމެއް ނުލިބެއެވެ. އޭގެ ބަދަލުގައި ކޮމިޝަނުގެ މެމްބަރުން ދެއްކީ، އުޒުރު ތަކެކެވެ. ބަޖެޓުގެ ދަތިކަމާއި މުވައްޒަފުންގެ ދަތިކަމުގެ ވާހަކައެވެ. މިވާހަކަތައް އަޑުއެހުމަށްފަހު ބަޖެޓް ކޮމިޓީން ކޮމިޝަނުން ބޭނުންވި މިންވަރަށް މި އަހަރަށް ބަޖެޓް ދޭން ނިންމިއެވެ. އެހެންނަމަވެސް އަހަރު ފެށިގެން ދިޔައިރު، ކޮމިޝަން މިއޮތީ ހުސްކަމެއްގެ ތެރޭގައެވެ. އެއްވެސް މަަސައްކަތެއް ކުރިއަށް ގެންދެވޭ ހާލަތެއްގައެއް ނޫނެވެ. މިފަދަ މުހިއްމު މުއައްސަސާއެއްގެ މެމްބަރުން ނެތި ދުވަސްތައް ފާއިތުވެގެން ދިޔުމަކީ ރައްޔިތުންނަށާއި ދައުލަތަށްވެސް ގެއްލުން ހުރި ކަމެކެވެ.

މެމްބަރުން ވަކި ކުރުމަށް މަޖިލީހުގެ ކޮމިޓީން ނިންމި ހިސާބުން ވަރަށް ބާރު ސްޕީޑްގައި އެ މަސައްކަތް ކުރިއަށް ދިޔައެވެ. ދައުރުން ބޭރުގައި ކޮމިޓީތައް ބާއްވައި މި މައްސަލަ ކޮޅެއްގައި ޖެއްސިއެވެ. އެހެންނަމަވެސް މެމްބަރުން އަލުން އައްޔަން ކުރުމަށް އެހާ ފޯރިއެއް ނެތޭވެސް ދެންނެވިދާނެއެވެ. ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލުމަށްފަހު ދެވަނަ ފަހަރަށް އެ މުއްދަތު އިތުރު ކޮށްފައިވާއިރު، މިކަމުގައި އިތުރު މަސައްކަތެއް މިހާތަނަކަށް ނުކުރެއެވެ. 

އޭސީސީގެ އިތުރުންވެސް ދައުލަތުން ބޮޑު ޚަރަދުކޮށް އެއްވެސް ނަތީޖާއެއް ނުނެރެވޭ ކޮމިޝަންތައް މަދެއް ނޫނެވެ. އެތައް ބާރެއް ދީފައިވާ މަރު ކޮމިޝަނުންވެސް މާ ބޮޑު މަސައްކަތްތަކެއް ކުރާތަނެއް ނުފެނެއެވެ. މިނިވަން މުއައްސަސާތައް އުފައްދަނީ މުހިންމު ބޭނުންތަކުގައެވެ. އެހެންކަމުން މުއައްސަސާއެއް ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތުމަކީ މައްސަލައެކެވެ.

ރައްޔިތުންގެ މަޖިލިސްއޭސީސީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
20 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

20 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް
02 ނޮވެމްބަރު 2025

މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

02 ނޮވެމްބަރު 2025
މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި
28 އޮކްޓޯބަރު 2025

ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

28 އޮކްޓޯބަރު 2025
ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
26 އޮކްޓޯބަރު 2025

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް