Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްރިކާ ކަޕް އޮފް ނޭޝަންސް

ސޫދާން ބަލިކޮށް މިސްރު ދެވަނަ ބުރަށް

މިސްރު މޮޅުވީ ސޫދާން އަތުން 1-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2022 | ބުރާސްފަތި 08:43
މިސްރާއި ސޫދާން ބައްދަލުކުރި މެޗުގެ ތެރެއިން

މިސްރާއި ސޫދާން ބައްދަލުކުރި މެޗުގެ ތެރެއިން

އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ސޫދާން ބަލިކޮށް، މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް މިސްރުން ހޯދައިފިއެވެ.

ކެމަރޫނުގައި ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް ޑީގައި ކުޅުނު މެޗުން މިސްރު މޮޅުވީ ސޫދާން އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި މިސްރުން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެ ޓީމުން ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. މެޗުގެ 35 ވަނަ މިނެޓުގައި އަބްދުﷲ އަލް ސައީދު ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އަބްދުލްމޯނެއިމެވެ. މި މެޗުގައި މިސްރުގެ ތަރި މުހައްމަދު ސަލާހަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، އޭނާ ހުއްޓުވުމުގައި ސޫދާނުގެ ޑިފެންޑަރުން ވަނީ ކާމިޔާބު ހޯދާފައެވެ.

މި ނަތީޖާއާއެކު ދެވަނަ ބުރަށް މިސްރު ދަތުރުކޮށްފައިވަނީ ގްރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެގޮތުން މިސްރަށް ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، އެއްވަނައިގައި އޮތް ނައިޖީރިއިން ވަނީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓް ހަމަކޮށްފައެވެ. މި ގްރޫޕުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ނައިޖީރިއާ މޮޅުވީ ގިނީ-ބިސާއު އަތުން 2-0 ގެ ނަތީޖާއަކުންނެވެ. އަދި މި ގްރޫޕުގެ ތިންވަނައިގައި އޮތް ސޫދާނާއި ފުލުގައި އޮތް ގިނީ-ބިސާއު އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ޖުމްލަ ހަ ގްރޫޕް ހިމެނޭއިރު، ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ދެ ޓީމު ދެވަނަ ބުރުގައި ވާދަކުރާނެއެވެ. ދެން ދެވަނަ ބުރުގެ ޖާގައެއް ލިބޭނީ ތިންވަނައިގައި ނިންމާ ހަ ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމަކަށެވެ. މިހާތަނަށް މި މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ހޯދާފައިވާ ޓީމުތަކަކީ މިސްރާއި ނައިޖީރިއާގެ އިތުރުން ބުރްކީނާ ފާސޯ، ގެބޮން، ސެނެގާލް، ގިނީ، ކެމަރޫން، މޮރޮކޯ، ކޭޕް ވާޑޭ އަދި މަލާވީއެވެ. ބާކީ ޖާގަތައް ކަށަވަރުވާނީ ބުރާސްފަތި ދުވަހުގެރޭ ކުޅޭ މެޗުތަކަށްފަހުއެވެ.

އެފްރިކާ ކަޕް އޮފް ނޭޝަންސް

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުންތެރިން މަރުވެދާނެހެން ހީވުމުން ކޯޗު އެދިގެން ބޯޓު ތިރިކޮށްފި

ކުޅުންތެރިން މަރުވެދާނެހެން ހީވުމުން ކޯޗު އެދިގެން ބޯޓު ތިރިކޮށްފި

12 ޖެނުއަރީ 2024
އެފްރިކާ – އޭޝިޔާ ކަޕް: ސިޓީ ނޫން ހުރިހާ ޓީމަކަށް ބޮޑު ގެއްލުމެއް

އެފްރިކާ – އޭޝިޔާ ކަޕް: ސިޓީ ނޫން ހުރިހާ ޓީމަކަށް ބޮޑު ގެއްލުމެއް

03 ޖެނުއަރީ 2024
އާސެނަލް މިޑްފީލްޑަރ ޕާޓޭ އަށް އެފްރިކަޕް ކަޕް ނުކުޅެވޭނެ

އާސެނަލް މިޑްފީލްޑަރ ޕާޓޭ އަށް އެފްރިކަޕް ކަޕް ނުކުޅެވޭނެ

03 ޖެނުއަރީ 2024
އެފްރިކާ ކަޕުގެ ފެޝަނާއި ކެމަރޫނުގެ އަތްކެނޑި ޖާޒީ

އެފްރިކާ ކަޕުގެ ފެޝަނާއި ކެމަރޫނުގެ އަތްކެނޑި ޖާޒީ

02 ޖެނުއަރީ 2024
ސަލާހް އެފްރިކާ ކަޕަށް، ލިވަޕޫލް ކަންބޮޑެއްނުވޭ!

ސަލާހް އެފްރިކާ ކަޕަށް، ލިވަޕޫލް ކަންބޮޑެއްނުވޭ!

31 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު