Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޑަހުވަދޫ އެއަރޕޯޓް

ކުޑަހުވަދޫ އެއަރޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސައިފި

އެއާޕޯޓުގައި 1،800 މީޓަރުގެ ރަންވޭއެއް އޮވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 1 ޖޫން 2017 | ބުރާސްފަތި 10:26
ކުޑަހުވަދޫ އެއަރޕޯޓަށް ޓެސްޓް ފްލައިޓްތަކެއް ބޭއްވުން

ކުޑަހުވަދޫ އެއަރޕޯޓަށް ޓެސްޓް ފްލައިޓްތަކެއް ބޭއްވުން

ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ރިއޯލޯ ކުންފުނިން ކުޑަހުވަހޫގައި ތަރައްގީކުރި އެއާޕޯޓަށް ޓެސްޓް ފަލައިޓް ޖައްސައިފިއެވެ.

މިކަމަށްޓަކައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ސަރުކާރުގެ ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Advertisement - newsAdvertisement

ކުޑަހުވަދޫގައި ހަދާ އެއާޕޯޓު ތަރައްގީކުރަނީ ފެންވަރު ރަނގަޅު ވަސީލަތްތަކާއެކުގަ އެވެ. މި އެއާޕޯޓުގައި 1،800 މީޓަރުގެ ރަންވޭއެއް ވެސް ހުރެއެވެ.

މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް ސަރުކާރުން ފަށްޓަވާފައިވަނީ 2014 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ސަރުކާރުން މިމަސައްކަތް ޙަވާލުކުރައްވާފައިވަނީ ރިއޮލޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. އެއަރޕޯޓްގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައެވެ. ކުޑަހުވަދޫ އެއަރޕޯޓަކީ ޕްރައިވެޓް ޖެޓް ޖެއްސޭގޮތަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރާ އެއަރޕޯޓެކެވެ.

ކުޑަހުވަދޫ އެއަރޕޯޓް ހެދުމަށް ހިއްކާފައިވާ 62 ހެކްޓަރުގެ ބިމުގެ އިތުރުން، އެރަށުގައި އިތުރު 45 ހެކްޓަރުގެ ބިން ވެސް ވަނީ ހިއްކާފައެވެ.

އައިލެންޑް އޭވިއޭޝަނުގެ އަމާޒަކީ ދ. އަތޮޅު ކުޑަހުވަދޫ އެއަރޕޯޓަށް ދުވާލަކު ތިނެއް ނުވަތަ ހަތަރު ފްލައިޓް އޮޕަރޭޓްކުރުން ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. މޯލްޑިވިއަންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ކުރިއަށް އޮތް ތަނުގައި ޑޭޝް އަށެއް މަރުކާގެ އިތުރު ބޯޓުތައް ގެނައުމަށް އެކުންފުނިން ގެންދަނީ މަސައްކަތްކުރަމުންނެވެ.

ކުޑަހުވަދޫ އެއާޕޯޓް ކުރާ ރިއޯލޯ ކުންފުންޏަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މަގުބޫލުކަން ހޯދަމުން އަންނަ ކުންފުންޏެކެވެ. މި ކުންފުނިން އަންނަނީ އެންމެ މަތީ ފަންތީގެ ރިސޯޓެއް ވެސް ދ. އަތޮޅުގައި ތަރައްގީ ކުރަމުންނެވެ. ދ. ކަނޑިންމާގައި އެ ރިސޯޓް ހުޅުވާއިރު ރާއްޖޭގެ އެންމެ ބޮޑު ސުވިމިން ޕޫލް ވެސް އޮންނާނީ އެ ރަށުގަ އެވެ.

ކުޑަހުވަދޫއަކީ 3000 މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި

އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި

15 އެޕްރީލު 2017
ކުޅުދުއްފުށި ހޮސްޕިޓަލުން ފަރުވާދިން ކުއްޖަކު މާލެ ގެންނަނިކޮށް ފްލައިޓްގައި މަރުވި މައްސަލަ ބަލަނީ!

ކުޅުދުއްފުށި ހޮސްޕިޓަލުން ފަރުވާދިން ކުއްޖަކު މާލެ ގެންނަނިކޮށް ފްލައިޓްގައި މަރުވި މައްސަލަ ބަލަނީ!

08 އެޕްރީލު 2017
 ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

07 އެޕްރީލު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތެލެސީމިޔާއަށް ޓެސްޓްކޮށްދޭން ފަށައިފި

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތެލެސީމިޔާއަށް ޓެސްޓްކޮށްދޭން ފަށައިފި

03 މާރިޗު 2017

އަހަރުތަކުން މިއަދު

19 މެއި
"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"
20251 އަހަރު ކުރިން
ރާއްޖެ

"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން
20233 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް
20215 އަހަރު ކުރިން
ރިޕޯޓު

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް

މުރަނގަބަތުގެ ބޮޑު ސިއްރު
20197 އަހަރު ކުރިން
ރިޕޯޓު

މުރަނގަބަތުގެ ބޮޑު ސިއްރު

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި
20188 އަހަރު ކުރިން
ރާއްޖެ

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު