Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މޯލްޑިވިއަނުނ އައު ބޯޓުތަކެއް ގެންނަނީ

މޯލްޑިވިއަނުން އައު ބޯޓުތަކެއް ގެންނަނީ

އޭޓީއާރު އާއެކު ރާއްޖޭގެ ތަރައްގީ އިތުރު ހަރުފަތަކަށް ގެންދިއުމަށް ފުރުސަތު ފަހިވެގެންދާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 18 ޖެނުއަރީ 2022 | އަންގާރަ 09:00
މޯލްޑިވިއަންގެ ފްލީޓަށް ބޯޓުތައް އިތުރު ކުރުމުގެ މަސައްކަތް މި އަހަރު ކުރިއަށްދާނެ

މޯލްޑިވިއަންގެ ފްލީޓަށް ބޯޓުތައް އިތުރު ކުރުމުގެ މަސައްކަތް މި އަހަރު ކުރިއަށްދާނެ

މޯލްޑިވިއަނުން އިތުރު ތިން މަތިންދާ ބޯޓެއް ގަންނަން ފްރާންސް އަދި އިޓަލީގެ ހިއްސާ އޮންނަ އޭޓީއާރް ކުންފުންޏާއެކު އެއްބަސްވެއްޖެއެވެ.

އަލަން ގެންނަނީ އޭޓީއާރް 600-72 މަރުކާގެ ދެ ބޯޓާއި އޭޓިއާރް 600-42ގެ އެއް ބޯޓެވެ. މި އެއްބަސްވުމަށްފަހު މޯލްޑިވިއަނުން ބުނީ މި ބޯޓުތަކަކީ ތެލުގެ ޚަރަދުކުޑަ ބޯޓުތަކެއް ކަމަށެވެ. އެއީ މިވަގުތު މާކެޓުގައި ހުރި އޭޓީއާރުގެ ބޯޓުތަކާއި އަޅާ ބަލާއިރު ތިން އިންސައްތަ ތެލުގެ ހަރަދު ކުޑަ އަދި 20 އިންސައްތަ އިންޖީނު މަރާމާތުގެ ޚަރަދު ކުޑަ ބޯޓުތަކެއް ކަމަށެވެ.

މޯލްޑިވިއަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އޭޓީއާރު އާއެކު ރާއްޖޭގެ ތަރައްގީ އިތުރު ހަރުފަތަކަށް ގެންދިއުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ ވައިގެ ދަތުރުފަތުރުގެ ސިޔާސަތު ތަންފީޒުކޮށް ދިވެހިންނާއި ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ރާއްޖޭގެ އެކި ކަންކޮޅުތައް ގުޅާލާއި ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ އޭޓީއާރު އާއެކު މިވެވުނު އެއްބަސްވުމަކީ މިކުންފުނީގެ ކުރިއެރުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ, އޭ.ޓީ.އާރު އާއެކު މިވެވުނު އެއްބަސްވުމަކީ ކުންފުނީގެ ކުރިއެރުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އައު އިންޖީނާއެކު އޭ.ޓީ.އާރުން މިއުފައްދާ ބޯޓުތަކަކީ މޯލްޑިވިއަންގެ ފްލީޓް ބަދަލު ކުރުމަށް ވިސްނާއިރު މިވަގުތު މާކެޓުން ލިބޭނެ އެންމެ ރަނގަޅު ބޯޓު ކަމަށެވެ. މި ބޯޓުތަކަކީ ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި، ހިންގުމުގެ ޚަރަދުކުޑަ އަދި ފަސިންޖަރުންނަށް ރަނގަޅު ޚިދުމަތެއް ދެވޭނޭހެން ކެބިން އިތުރަށް ފުރިހަމަ ކޮށްފައިވާ ބޯޓުތަކެއް ކަމަށް މިހާދު ވިދާޅުވިއެވެ.

އޭ.ޓީ.އާރު ގެ ޗީފް އެގްޒެކްޓިވް އޮފިސަރ، ސްޓެފާނޯ ބޯރޓޮލީ ވިދާޅުވީ އޭ.ޓީ.އާރު އާއިލާއަށް އިތުރު މެންބަރެއް އިތުރުވެގެން ދިއުމަކީވަރަށް އުފާވެރި ކަމެއް ކަމަށެވެ. އެއްބަސްވުމުގައި ސޮއި ކުރެވިގެން ދިއުމަކީ، ކޮވިޑް-19 ގެ އާލަމީ ވަބާގެ ތެރޭގައިވެސް އެއާރލައިންތަކުން ކުރިމަގަށް މަސައްކަތްކުރަމުންދާ ކަމުގެ އަދި އޭވިއޭޝަން ދާއިރާގެ މުސްތަޤުބަލެއް އޮތްކަން ދައްކުވާދޭ ވަރުގަދަ ހެއްކެއް ކަަމަށެވެ. އޭ.ޓީ.އާރުގެ ބޯޓުތަކަކީ ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް އެންމެ އެކަށޭނެ ބޯޓުތަކެއްކަން ވޭތުވެދިޔަ ސާޅީހަކަށް އަހަރުތެރޭ ސާބިތުކޮށްދީފައިވާނެ ކަމަށެވެ.

މޯލްޑިވިއަން

ކޮމެންޓް

އިތުރަށް ކިޔާލަން

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

06 ޑިސެމްބަރު 2025
މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ

މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ

04 ނޮވެމްބަރު 2025
މޯލްޑިވިއަން އިން މެލޭޝިއާ ދަތުރުތަކަށް ޕްރޮމޯޝަނެއް ފަށައިފި

މޯލްޑިވިއަން އިން މެލޭޝިއާ ދަތުރުތަކަށް ޕްރޮމޯޝަނެއް ފަށައިފި

26 އޮކްޓޯބަރު 2025
މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތަށް މުއްދަތެއް ނެތްގޮތަށް ހުއްޓާލައިފި

މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތަށް މުއްދަތެއް ނެތްގޮތަށް ހުއްޓާލައިފި

23 ސެޕްޓެމްބަރު 2025
ގުބާ ހައްޖު އެންޑް އުމުރާ މޯލްޑިވްސްގެ ހަވާލުގައި އުމުރާއަށްދާ އުމުރާވެރިން ސަޢޫދީ އަރަބިއްޔާއަށް ގެންދިޔުމަށް މޯލްޑިވިއަންއާއެކު ސޮއިކޮށްފި

ގުބާ ހައްޖު އެންޑް އުމުރާ މޯލްޑިވްސްގެ ހަވާލުގައި އުމުރާއަށްދާ އުމުރާވެރިން ސަޢޫދީ އަރަބިއްޔާއަށް ގެންދިޔުމަށް މޯލްޑިވިއަންއާއެކު ސޮއިކޮށްފި

14 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖޫން
ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!
20251 އަހަރު ކުރިން
ރިޕޯޓު

ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
20242 އަހަރު ކުރިން
ރާއްޖެ

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ
20233 އަހަރު ކުރިން
ރިޕޯޓު

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން
20224 އަހަރު ކުރިން
ދުނިޔެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް
20215 އަހަރު ކުރިން
ދުނިޔެ

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް
20197 އަހަރު ކުރިން
ރާއްޖެ

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް
20188 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު