Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ސްޕެޒިއާ އަތުން ބަލިވެ މިލާނުން ފުރުސަތު ނަގާލައިފި

ތާވަލުގެ ދެވަނައިގައި މިލާން އޮތީ 48 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 ޖެނުއަރީ 2022 | އަންގާރަ 06:49
މިލާނާއި ސްޕެޒިއާ ބައްދަލުކުރި މެޗުގެ ތެރެއިން

މިލާނާއި ސްޕެޒިއާ ބައްދަލުކުރި މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ފަހު ވަގުތު ސްޕެޒިއާ އަތުން ބަލިވެ، ތާވަލުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު އޭސީ މިލާނުން ނަގާލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މިލާން ބަލިވީ ސްޕެޒިއާ އަތުން 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި މިލާނުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މި ހާފުގެ ފަހު މިނެޓުގައި އެ ޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މިއީ އޭރިއާ ތެރެއިން މިލާނުގެ ރަފައެލް ލެއާއޯއަށް ސްޕެޒިއާގެ ގޯލްކީޕަރު އީވާން ޕްރޮވެޑެލް ފައުލްކުރުމުން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. އެކަމަކު މިލާނުގެ ތެއޯ ހެނާންޑޭޒް ފޮނުވާލި ޕެނަލްޓީ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މިލާނުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލެއާއޯއެވެ.

މި މެޗުގެ ދެވަނަ ހާފުގައި ސްޕެޒިއާއިން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 64 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ޑެނިއަލް ވާޑާ ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކެވިން އަގުއިޑެލެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ވިކްޓަ ކޮވަލެންކޯ ހުރަސްކޮށްދިން ބޯޅައަކުން އިމެނުއަލް ގިޔާޒީ ވަނީ ލަނޑެއް ޖަހައި، މި މެޗުން ސްޕެޒިއާ މޮޅުކޮށްދީފައެވެ.

މި މެޗުން ބަލިވުމާއެކު ތާވަލުގެ ދެވަނައިގައި މިލާން އޮތީ ކުޅުނު 22 މެޗުން ލިބުނު 48 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނަށް 21 މެޗުން ވަނީ 50 ޕޮއިންޓް ލިބިފައެވެ. އަދި މިލާން ބަލިކުރި ސްޕެޒިއާ އޮތީ ތާވަލުގެ 14 ވަނައިގައި 22 މެޗުން 22 ޕޮއިންޓާއެކުއެވެ.

އިޓާލިއަން ލީގުއޭސީ މިލާން

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
15 މެއި 2025

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
19 ފެބުރުއަރީ 2025

އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް

19 ފެބުރުއަރީ 2025
އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް
17 ފެބުރުއަރީ 2025

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި
16 ފެބުރުއަރީ 2025

ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ

16 ފެބުރުއަރީ 2025
ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ
03 ފެބުރުއަރީ 2025

ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި

03 ފެބުރުއަރީ 2025
ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި
27 ޖެނުއަރީ 2025

ލެއްޗޭ ބަލިކޮށް، އިންޓަރ ދެ ވަނައިގައި

27 ޖެނުއަރީ 2025
ލެއްޗޭ ބަލިކޮށް، އިންޓަރ ދެ ވަނައިގައި
24 ޑިސެމްބަރު 2024

އިންޓަ އިން ކޯމޯ ބަލިކޮށްފި

24 ޑިސެމްބަރު 2024
އިންޓަ އިން ކޯމޯ ބަލިކޮށްފި
23 ޑިސެމްބަރު 2024

އެމްޕޮލީ ބަލިކޮށް، އެޓަލަންޓާ އެއް ވަނައިގައި

23 ޑިސެމްބަރު 2024
އެމްޕޮލީ ބަލިކޮށް، އެޓަލަންޓާ އެއް ވަނައިގައި
23 ޑިސެމްބަރު 2024

ޕާމާ އަތުން ރޯމާ އަށް ފަސް ލަނޑުގެ މޮޅެއް

23 ޑިސެމްބަރު 2024
ޕާމާ އަތުން ރޯމާ އަށް ފަސް ލަނޑުގެ މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު