Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޑަކުދިންގެ ހިޔާގެ އަލިފާނުގެ ހާދިސާ

ކުޑަކުދިންގެ ހިޔާގައި ހިނގި އަލިފާނުގެ ހާދިސާތަކުގެ ޖިނާއީ ތަޙުޤީޤެއް ހިންގައިދިނުމަށް އެދިއްޖެ

އަލިފާނުގެ ހާދިސާތަކުގައި ބޭނުންކުރެވޭ ގޮތަށް ހުރި އެއްވެސް ވަޞީލަތެއް ކުޑަކުދިންގެ ހިޔާގަ ނެތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2022 | ހޯމަ 13:44
ވިލިމާލެ ކުޑަކުދިންގެ ހިޔާގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަނުގެ ރޫމަކަށް ގެއްލުންވެފައި

ވިލިމާލެ ކުޑަކުދިންގެ ހިޔާގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަނުގެ ރޫމަކަށް ގެއްލުންވެފައި

ކުޑަކުދިންގެ ހިޔާގައި ހިނގި އަލިފާނުގެ ހާދިސާތަކުގެ ޖިނާއީ ތަޙުޤީޤެއް ހިންގައިދިނުމަށް ޗިލްޑްރަންސް އޮމްބަޑްޕާސަންގެ އޮފީހުން މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެދިއްޖެއެވެ.

މިކަމާއި ގުޅިގެން އެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތަކުރާރުކޮށް ހިނގާފައިވާ އަލިފާނުގެ ހާދިސާތަކާ ގުޅިގެން، އެ އޮފީހުން އަމިއްލައަށް އިސްނަގައިގެން އެ ކަން ތަޙުޤީޤުކޮށް ބަލާފައިވާނެ ކަމަށެވެ. މި މައްސަލައިގައި ބެލިބެލުމުން، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުޑަކުދިން ބައިތިއްބާ އޯލްޓަރނޭޓިވް ކެއަރ ފެސިލިޓީތަކުގައި، އަލިފާނުގެ ހާދިސާއިން ކުދިންނާއި މުވައްޒަފުން އަދި ތަން ސަލާމަތްކުރުމަށް ބޭނުންވާނެ އާލަތްތައް ހުރުން ޤާނޫނުތަކާއި ގަވާއިދުތަކުން ލާޒިމްކުރި ނަމަވެސް، ކުޑަކުދިންގެ ހިޔާގައި ބޭނުންކުރެވޭ ގޮތަށް ހުރި އެފަދަ އެއްވެސް ވަޞީލަތެއް ނެތްކަމަށެވެ.

Advertisement - newsAdvertisement

އަދި، ކުދިންނާއި، އަލިފާނުގެ ހާދިސާތަކުން ސަލާމަތްކުރުމަށް ބޭނުންވާނެ އާލަތްތައް ނެތުމާއި އަދި އެހެނިހެން ގިނަ ސަބަބުތަކަކާ ހުރެ، ކުޑަކުދިންގެ ހިޔާއަކީ ކުޑަކުދިން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫންކަމަށް، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން، މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް 2021 މޭ 04 ވަނަ ދުވަހު އަންގާފައިވާކަމާއި، ނަމަވެސް، މި އެންގުމަށް ސަމާލުކަންނުދީ، އަލިފާނުން ރައްކާތެރިކުރުމަށް ބޭނުންވާނެ ސާމާނު ހޯދުމެއް ނެތި، ކުޑަކުދިންގެ ހިޔާގައި ކުޑަކުދިން ބޭތިއްބުން ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

އަދި، ތަކުރާރުކޮށް ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާތައް ހިނގަމުން ގޮސްފައިވާއިރުވެސް، އަލިފާނުގެ ހާދިސާތަކުން ކުދިންނާއި، މުވައްޒަފުން އަދި ތަން ސަލާމަތްކުރުމަށް ބޭނުންވާނެ އާލަތްތައް ހޯދާފައި ނުވާކަންވެސް ފާހަގަކުރެވިފައިވެއެވެ. އަދި މީގެ އިތުރުން، އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދަށް ޢަމަލުކުރަންފަށާތާ 3 މަސްދުވަހުގެ ތެރޭގައި، އޯލްޓަރނޭޓިވް ކެއަރ ފެސިލިޓީތަކުގެ ސޭފްޓީ މިންގަނޑާއި، އިމަރޖެންސީގެ ހާލަތުގައި ކަންތައް ކުރާނެ ގޮތުގެ އުސޫލުތައް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް އިން އެކުލަވާލަން ޖެހޭކަމަށް އެގަވާއިދުގެ 63 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވީ ނަމަވެސް، މިފަދަ އެއްވެސް އުޞޫލެއް އެކުލަވާލައި އާންމުކޮށް ތަންފީޒުކޮށްފައި ނުވާކަންވެސް މި އޮފީހުގެ ތަޙުޤީޤަށް ވަނީ ފާހަގަކުރެވިފައެވެ.

އެހެންކަމުން، ތަކުރާރުކޮށް ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާތައް ހިނގަމުން ގޮސްފައިވީ ނަމަވެސް، އަލިފާނުގެ ހާދިސާތަކުން ކުޑަކުދިންނާއި، ތަން ރައްކާތެރިކުރުމަށް ބޭނުންވާނެ ފިޔަވަޅުތައް އެޅުމެއްނެތި، އޯލްޓަރނޭޓިވް ކެއަރ ފެސިލިޓީއެއް ހިންގަމުން ދިޔުމަކީ، ކުޑަ ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 124 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުޑަކުއްޖަކާ މެދު އިހުމާލުވުމުގެ ކުށްކަމަށް އެއޮފީހުން ޤަބޫލުކުރާތީ، އަދި މި ޢަމަލަކީ ކުޑަ ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 7 ވަނަ މާއްދާއިން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ، ދިރިހުރުމުގެ ޙައްޤާއި، އެ ޤާނޫނުގެ 8 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ކުދިންގެ މަޞްލަޙަތަށް އިސްކަންދީ މަޞްލަޙަތު ޙިމާޔަތްކުރުމުގެ ޙައްޤާއި، އެ ޤާނޫނުގެ 10 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހެދިބޮޑުވުމަށް ބޭނުންވާ ރައްކާތެރިކަން ލިބުމުގެ ޙައްޤަށް އުނިކަން އަންނާނެ ފަދަ ޢަމަލަކަށްވާތީ، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި 2021 މޭ 4 ވީ އަންގާރަ ދުވަހާއި 2021 ޖޫން 06 ވީ އާދީއްތަ ދުވަހު ހިނގާފައިވާ އަލިފާނުގެ ހާދިސާތަކާ ގުޅިގެން، މަރުކަޒުގެ މަސްއޫލު މަޤާމުތަކުގައި ތިބި މުވައްޒަފުން ޖަވާބުދާރީކުރުވޭނެހެން ޖިނާއީ ތަޙުޤީޤެއް ހިންގައިދިނުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުގައި އެދިފައިވާނެ ކަމަށެވެ.

އަދި ހާދިސާތަކާ ގުޅިގެން، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ފަރާތުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް 9 އިރުޝާދާއި ލަފާ އަރުވާފައިވާނެ ކަމަށް އެ އޮފީހުން ބުނެއެވެ.

މި ފުރުސަތުގައި، ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގެ ޒިންމާ އަދާކުރުމުގެ މަސްއޫލިއްޔަތުތަކާ ޙަވާލުވެ މަސްއޫލު މަޤާމުތަކުގައި ތިއްބަވާ މުވައްޒަފުން، ޤާނޫނުތަކާއި ގަވާއިދުތަކުން އެ ފަރާތްތަކުގެ މައްޗަށް ލާޒިމުކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ޤާނޫނުތަކާއި ގަވާއިދުތަކުން ކަނޑައަޅާފައިވާ ގޮތުގެ މަތިން އަދާނުކުރާނަމަ، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ޤާނޫނުން ލިބިދީފައިވާ ދާއިރާގެ ތެރޭގައި ތަންދޭ އެންމެ ފުޅާ މިނެއްގައި އަޅަމުންގެންދާނެކަމުގެ ޔަޤީންކަން އަރުވާކަމަށް އެ އޮފީހުން ބުނެއެވެ.

މިނިސްޓްރީ އޮފް ޖެންޑަރވިލިމާލެ ކުޑަކުދިންގެ ހިޔާޗިލްޑްރެންސް އޮމްބަޑްސްޕަރސަން

ކޮމެންޓް

އިތުރަށް ކިޔާލަން

ބެލެނިވެރިންނަށް ނާންގާ އިސްކަންދަރު ސްކޫލުގެ 2 ޓީޗަރަކު ދަރިވަރުންތަކެއްގެ ބޮލާއި ތުނބުޅި މަތިމަސް ކޮށާލައިފި

ބެލެނިވެރިންނަށް ނާންގާ އިސްކަންދަރު ސްކޫލުގެ 2 ޓީޗަރަކު ދަރިވަރުންތަކެއްގެ ބޮލާއި ތުނބުޅި މަތިމަސް ކޮށާލައިފި

15 އެޕްރީލު 2025
ޤާނޫނާ ޚިލާފު ޢަމަލުކުރާ 15 އަހަރުން ދަށުގެ ކުޑަކުދިންނާމެދު ފިޔަވަޅު އެޅުމަށް ހުރަހެއް ނެތް - ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް

ޤާނޫނާ ޚިލާފު ޢަމަލުކުރާ 15 އަހަރުން ދަށުގެ ކުޑަކުދިންނާމެދު ފިޔަވަޅު އެޅުމަށް ހުރަހެއް ނެތް - ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް

08 އެޕްރީލު 2024
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

06 ނޮވެމްބަރު 2023
 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

06 ނޮވެމްބަރު 2023
ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ދިއްދޫގައި ކުރިއަށް ގެންގޮސްފި

ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ދިއްދޫގައި ކުރިއަށް ގެންގޮސްފި

31 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު