Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުށްކުރާ ކުޑަކުދިން

ޤާނޫނާ ޚިލާފު ޢަމަލުކުރާ 15 އަހަރުން ދަށުގެ ކުޑަކުދިންނާމެދު ފިޔަވަޅު އެޅުމަށް ހުރަހެއް ނެތް - ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި، ޤާނޫނާ ޚިލާފު ޢަމަލުކުރާ ކުޑަކުދިންނާމެދު ފިޔަވަޅު އެޅުމަށް ހުރަހެއް ނެތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 8 އެޕްރީލު 2024 | ހޯމަ 12:42
ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ޢުމުރަކީ އެކި ގައުމުތަކުގައި ތަފާތު އުމުރުތަކެއް

ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ޢުމުރަކީ އެކި ގައުމުތަކުގައި ތަފާތު އުމުރުތަކެއް

15 އަހަރަށްވުރެ ދަށުގެ ޢުމުރު ފުރާތަކުގެ ކުޑަކުދިން ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހުނުނަމަވެސް ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި، ޤާނޫނާ ޚިލާފު ޢަމަލުކުރާ 15 އަހަރުން ދަށުގެ ކުޑަކުދިންނާމެދު ފިޔަވަޅު އެޅެން ނެތް ކަމަށް ބުނެ ކަމާއި ބެހޭ އިދާރާތަކުން ދެއްކި ވާހަކަތަކަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ރައްދު ދީފިއެވެ.

އެޕްރީލް 04 ވީ ބުރާސްފަތި ދުވަހުގެރޭ އއ. ރަސްދޫގައި ކުޑަކުއްޖަކަށް އަނިޔާކޮށް، ބިރުދައްކާ މަންޒަރު ފެންނަ ވީޑިއޯ އާއި އެކަމާގުޅިގެން  ދައުރުކުރަމުންދާ ފޮޓޯތަކާއި ޚަބާރުތަކާއި، ބޭއްވުނު ނިއުސް ކޮންފަރެންސްއާގުޅިގެން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ކުޑަކުދިންނަކީ ޢާއިލާގެ ފަރާތުންނާއި، ޖަމާޢަތުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ޚާއްޞަ ރައްކާތެރިކަން ލިބެންޖެހޭ ބައެއްކަމަށް ކަނޑައަޅާފައިވާއިރު، ކުޑަކުއްޖަކާ ދެކޮޅަށް މިފަދަ ޢަމަލެއް ހިންގައި އަދި މި ޢަމަލު ހިންގުމުގައި ކުޑަކުދިން ބައިވެރިވުމަކީ ނުހަނު ހިތާމަވެރިކަމެއް ކަމަށެވެ.

އަދި މި ޙާދިސާއާ ގުޅިގެން ކުށްކުރާ ކުޑަކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުޑަކުދިންނާމެދު ޤާނޫނީ ނިޒާމުގެ ތެރެއިން އެޅޭނެ ފިޔަވަޅެއް ނެތްކަމަށް ބަޔާންކޮށް ޢާންމުންގެ ތެރޭގައި ކަންބޮޑުވުން އުފެދޭ ގޮތަށް ދެކެވެމުންދާ ވާހަކަތަކާއި، ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ޢުމުރާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން އެ އޮފީހުން ބުނެފައިވަނީ މިހާރުގެ ޙާލަތަށް ބަލާއިރު ކުށްކުރާކުދިންނާއި ކުށަށް އަރައިގަތުމުގެ އިހުތިމާލު އޮތް ކުދިންގެ ޢަދަދު 15 އަހަރުން ދަށުގެ ޢުމުރު ފުރާގައި ގިނަވާ އެއް ސަބަބެއްކަމުގައި ބެލެވެނީ، ކުށުގެ މާޙައުލުގައި އުޅޭ ފަރާތްތަކުން އެ ޢުމުރުގެ ކުދިންނަށް ޓާގެޓްކޮށް އެކްސްޕްލޮއިޓްކުރާތީ ކަމަށެވެ.

އަދި ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ޢުމުރު ހަގު ކުރުމަކީ، މިހާރު ފާހަގަކުރެވިފައިވާ ޢުމުރަށްވުރެ ހަގު ޢުމުރުގެ ކުދިން އެކްސްޕްލޮއިޓްކުރުމުގެ އިހުތިމާލު އޮތްކަމެއްކަމުގައި ދެކޭކަމަށް ބުނެފައިވެއެވެ. އެހެންކަމުން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ޢުމުރު މިހާރު ޤާނޫނުގައި ކަނޑައަޅާފައިވާ ވަރަށްވުރެ ހަގު ކުރުމަކީ މިހާރުގެ ޙާލަތަށް އޮތް ޙައްލެއްކަމުގައި ނުދެކޭ ކަމަށް ބުނެފައިވެއެވެ.

އަދި ދިވެހިރާއްޖޭގެ ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް ބަލާލާއިރު، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައި ކުޑަކުދިން ކުރާ ކުށްތަކުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ޢުމުރަކީ އުމުރުން 15 އަހަރު ކަމުގައި ކަނޑައަޅާފައިވީނަމަވެސް، 15 އަހަރަށްވުރެ ހަގު ޢުމުރުތަކުގެ ކުޑަކުދިންގެ ތެރެއިން ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ކުށް ކުރުމުން ދުރުހެލިކުރުމަށް އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އަޅައި، އެ ކުދިންނަށް ބޭނުންވާ އެހީތެރިކަމާއި، ރީހެބިލިޓޭޝަން އަދި އެ ނޫންވެސް ފަރުވާ ފޯރުކޮށްދެވޭނެ އިންތިޒާމްތައް ދައުލަތުން ހަމަޖައްސައި، ކުޑަކުދިންނާމެދު ޢަމަލުކުރުމަށް ޚާއްޞަ ނިޒާމެއް ދައުލަތުން ޤާއިމްކުރުމަށް ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ގައި މިހާރުވެސް ބަޔާންކޮށްފާ ކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ ބުނެފައެވެ.

އަދި 15 އަހަރަށްވުރެ ދަށުގެ ޢުމުރު ފުރާތަކުގެ ކުޑަކުދިން ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހުނުނަމަވެސް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ރިޢާޔަތްކުރާއިރު، ކުޑަކުދިންނަށް ޚާއްޞަކުރެވިގެން ޤާއިމްކުރެވޭ ނިޒާމެއްގެ ދަށުން، ޤާނޫނާ ޚިލާފު ޢަމަލުކުރާ ކުޑަކުދިންނާމެދު ފިޔަވަޅު އެޅުމަށް ހުރަހެއް ނެތެވެ.  

އަދި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، އެކުލަވާލެވިފައިވާ އުޞޫލުތަކާ އެއްގޮތަށް، އެ ކުދިންނަށް ބޭނުންވާ އެހީތެރިކަމާއި، ރީހެބިލިޓޭޝަން އަދި އެ ނޫންވެސް ފަރުވާ ފޯރުކޮށްދެވޭނެ ހަރުދަނާ އިންތިޒާމްތައް ދައުލަތުން ހަމަޖައްސައި އަވަސް ފިޔަވަޅުތަކެއް އެޅޭނޭ ގޮތްތަކެއް މިހާރުން މިހާރަށް ހަމަޖެއްސުމަކީ މުހިންމުކަމެއްކަން އެ އޮފީހުން ވަނީ ބުނެފައެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފައިވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ދައުލަތުގެ އިދާރާތަކުން ތަންފީޛުކުރާ މިންވަރު މޮނިޓަރކުރާ ފަރާތެއްގެ ޙައިސިއްޔަތުން، ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުދިން ކުށްކުރުމާ ދުރުހެލިކޮށް، އެ ކުދިން ރީހެބިލިޓޭޓްކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމާގުޅިގެން  ދައުލަތުގެ އިދާރާތައް ޒިންމާދާރުކުރުމުގެ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

އެގޮތުން ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށްކުރުމުގެ އިހުތިމާލު އޮތް ކުދިންނާ ގުޅޭގޮތުން އެއޮފީހުން ޑެސްކް ރިވިއުއެއް ތައްޔާރުކޮށް ގުޅުންހުރި އިދާރާތަކަށް ހިއްޞާކުރެވި، ހުށަހެޅުންތަކެއް ހުށަހެޅިފައިވާނެ ކަމަށް ވަނީ ބުނެފައެވެ. އަދި އެ އޮފީހުން ހިންގާފައިވާ ތަޙުޤީޤުތަކުންވެސް މިފަދަ ކުދިން ފާހަގަވެ، އޭގެ ކަންބޮޑުވުންތަކާއި މިފަދަ ކުދިންނަށް ހަރުދަނާ ނިޒާމެއްގެ ތެރެއިން ފަރުވާ އާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ތަކުރާރުކޮށް އިރުޝާދާއި ލަފާ ދީފައިވާނެކަމަށް ބުނެފައިވެއެވެ. އަދި މިކުދިންނަށް ހިންގަންޖެހޭ ޕްރޮގްރާމްތަކުގެ މުހިންމުކަން އެކިއެކި ބައްދަލުވުންތަކުގައި މި އޮފީހުން ފާހަގަކޮށް، ހުރިހާ މުއައްސާތައް އެކުގައި މަސައްކަތްކުރުމަށާއި، މިފަދަ ޙާދިސާތައް ހިނގިޔަ ނުދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ވަކާލާތު ކުރެވިފައިވާނެ ކަމަށް އެ އޮފީހުން ބުނެއެވެ.

ތުއްތު ކުދިންކުޑަކުދިންނަށް ކުރާ އަނިޔާޗިލްޑްރެންސް އޮމްބަޑްސްޕަރސަން

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

02 ޑިސެމްބަރު 2025
މުލަކުގައި މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއް ރަށު ތެރެއަށް ނުކުމެ، ކުޑަ ކުއްޖަކަށް އަނިޔާ ކޮށްފި

މުލަކުގައި މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއް ރަށު ތެރެއަށް ނުކުމެ، ކުޑަ ކުއްޖަކަށް އަނިޔާ ކޮށްފި

24 ނޮވެމްބަރު 2025
ފުލުހުންނާއި ގުޅުން ހުރި ގިނަ މައްސަލަތަކެއް: މިފަހަރު ފުޓުބޯޅަ ކުޅެން އުޅުނު ކުޑަ ކުއްޖަކަށް ފުލުހަކު ބިރުދައްކައި އަނިޔާކުރި މައްސަލައެއް

ފުލުހުންނާއި ގުޅުން ހުރި ގިނަ މައްސަލަތަކެއް: މިފަހަރު ފުޓުބޯޅަ ކުޅެން އުޅުނު ކުޑަ ކުއްޖަކަށް ފުލުހަކު ބިރުދައްކައި އަނިޔާކުރި މައްސަލައެއް

23 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
ދިރިއުޅޭ ގޭތެރެއަކީ ކުދިންނަށް ރައްކާތެރި ތަނަކަށް ހެދުން މުހިންމު!

ދިރިއުޅޭ ގޭތެރެއަކީ ކުދިންނަށް ރައްކާތެރި ތަނަކަށް ހެދުން މުހިންމު!

04 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު